Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާނާއި ސައުދީން ސިޔާސީ ގުޅުން ގާއިމުކުރުން

އިރާނާއި ސައުދީގެ ގުޅުން އަލުން ގާއިމުވެގެން ދިޔުމަކީ މުހިންމު ކުރިއެރުމެއްކަމަށް ހިޒްބުﷲއިން ބުނެފި

އޭގެޒާތުގައި ދެ ގައުމުގެ ގުޅުން ރަނގަޅަށްދާނަމަ އެކަމުގެ ރަނގަޅު އަސަރު މުޅި ސަރަހައްދަށްކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 މާރިޗު 2023 | ހޮނިހިރު 02:21
ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ

ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ

ހަތް އަހަރު ފަހުން ސައުދީ އަރަބިއްޔާ އާއި އިރާނުގެ ގުޅުން އަލުން ގާއިމުވެގެންދިޔުމަކީ ރަނގަޅު ކުރިއެރުމެއްކަމަށް ލުބުނާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއްކަމުގައިވާ ހިޒްބުﷲ އިން ބުނެފިއެވެ.

ގަލްފުގައި ފިތުނަތައް އިތުރުވެ، ޔަމަނުން ފެށިގެން ސީރިއާއާ ދެމެދުގެ ހަމަނުޖެހުންތައް ފެތުރިފައިވާ ހަތް އަހަރު ޑިޕްލޮމެޓިކް ގުޅުން ކެނޑިފަ އޮތުމަށްމަށް ފަހު އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން އަލުން ގާއިމް ކުރުމަށް ހުކުރު ދުވަހު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މިފަދަ އެއްބަސްވުމަކާ ހަމައަށް އާދެވުނީ މެދުއިރުމަތީގެ ވާދަވެރި ދެ ބާރުގެ ސަލާމަތީ އިސް އޮފިޝަލުންގެ މެދުގައި ބެއިޖިންގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެވެ.

ސައުދީ އާއި އިރާނުގެ ގުޅުން ގޯސްވުމުގެ ސަބަބުން ލުބުނާނުގެ ސިޔާސީ ހަމަޖެހުމަށްވެސް ވަނީ ފާއިތުވި ދުވަސްތަކުގައި ލޮޅުންތައް އަރާފައެވެ. އިރާނުގެ ފުރިހަމަ އެހީތެރިކަމާއެކު ލުބުނާނުގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ ޖަމާއަތުގެ ލީޑަރ ހަސަން ނަސްރުﷲ ޓީވީ މެދުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިރާނާއި ސައުދީގެ ގުޅުން އަލުން ގާއިމުވެގެންދިޔުމުގެ ސަބަބުން އެޖަމާއަތަށް ގެއްލުމެއްނުވާނެކަމުގެ އިތުބާރު އެބައޮތްކަމަށެވެ.

ދެ ގައުމުގެ ގުޅުން އަލުން ގާއިމުވެގެންދާއިރު އަޅާނެ ފިޔަވަޅުތައް އަދި ސާފުނުވިނަމަވެސް ގުޅުން ގާއިމުވެގެންދިޔުމަކީ އުފާކުރައްވާ ކަމެއްކަމަށް ނަސްރުﷲ ވިދާޅުވިއެވެ. އަދި އެއީ މުހިންމު ކުރިއެރުމެއްކަމަށާއި އޭގެޒާތުގައި ދެ ގައުމުގެ ގުޅުން ރަނގަޅަށްދާނަމަ އެކަމުގެ ރަނގަޅު އަސަރު މުޅި ސަރަހައްދަށްކުރާނެކަމަށާއި ލުބުނާނަށްވެސް އޭގެ ރަނގަޅު އަސަރުކުރާނެކަމަށް ވިދާޅުވިއެވެ.

1982 ވަނަ އަހަރު އިރާނުގެ ރިވޮލިޔުޝަނަރީ ގާޑްސް އިން އުފެއްދި ހިޒްބުﷲ އަކީ ގަލްފު ސަރަހައްދުގައި އިރާނުގެ މުހިންމު ބައިވެރިއެކެވެ.

މިދިޔަ އަހަރު ނަސްރުﷲ ވަނީ ސައުދީ ސަރުކާރަކީ ޓެރަރިޒަމަށް ހިތްވަރުދޭ ބައެއްކަމަށް ވިދާޅުވެ ސައުދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ސައުދީންވެސް ވަނީ ލުބުނާންގައި އޮތް ހިޒްބުﷲގެ ބާރު ނިމުމަކަށް ގެނައުމަށް ލުބުނާން ސަރުކާރަށް ގޮވާލާފައެވެ.

ލުބުނާންގައި ހިޒްބުﷲގެ ބާރު ގަދަވުމަކީ ސައުދީ އިން ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ފަހުކޮޅު ސައުދީ އާއި ގަލްފުގެ އެހެން ގައުމުތަކުން ވަނީ ލުބުނާންގައި ތިބި އެގައުމުތަކުގެ ސަފީރުން ގައުމަށް ގެންގޮސްފައެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި އަލުން ވަނީ ސަފީރުންތައް ލުބުނާނަށް އަނބުރާ ފޮނުވާފައެވެ. ނަމަވެސް ލުބުނާނާއި ގަލްފު ގައުމުތަކާއި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

މިހަފްތާ ކުރީކޮޅު ނަސްރުﷲ ވަނީ ލުބުނާންގެ ރައީސްކަމަށް ސުލައިމާން އައްޔަނުކުރުމަށް ތާއީދުކުރައްވާފައެވެ. ލުބުނާންގައި ރައީސަކު ނެތްތާ ފަސް މަސް ވަނީ ވެފައެވެ.

ލުބުނާންގެ ސިޔާސީ ފަރާތްތަކާއި ޔޫރަޕުގެ ޑިޕްލޮމެޓިކް ފަރާތްތަކާއި ހަވާލާދީ ރޮއިޓަސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުލައިމާން ލުބުނާންގެ ރައީސްކަމަށް އައްޔަނުކުރުމަށް ސައުދީ އިން އެއްބަހެއް ނުވެއެވެ. އެއީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު އާއި ހިޒްބުﷲ އާއި ސުލައިމާން ބާއްވަވާ ގާތްގުޅުމުގެ ސަބަބުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު