Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސެންޓަރުތައް ހިންގުން

ދިއްދޫގައި ޖޫނިއަރ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރު ހިންގާނެ ފަރާތެއް ހޯދަން ހުޅުވާލައިފި

މި ޕްރޮޖެކްޓްތަކުގެ ކޮންކްރީޓް މަސައްކަތްތަކުގެ 90 އިންސައްތަ ނިމިއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 މާރިޗު 2023 | ބުރާސްފަތި 09:26
ޖޫނިއަރ ކޮލެޖްގެ ޑިޒައިން

ޖޫނިއަރ ކޮލެޖްގެ ޑިޒައިން

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހއ. ދިއްދޫގައި އިމާރާތްކުރާ ޖޫނިއަރ ކޮލެޖާއި ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރު ހިންގާނެ ފަރާތެއް ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައިިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދެ ޕްރޮޖެކްޓްގެ ވެސް ކޮންސްޓްރަކްޝަން މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު މި ޕްރޮޖެކްޓްތަކުގެ ކޮންކްރީޓް މަސައްކަތްތަކުގެ 90 އިންސައްތަ ނިމިފައިވާ ކަމަށެވެ. މި އިންސްޓިޓިއުޓުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށްފަހު އޮޕަރޭޓްކުރުމަށް ބިލްޑިންގް ހަވާލުކުރާއިރު މިތަންތަނަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އިކުއިޕްމެންޓްތަކާއި ފިޓިންގސް ހޯދާ އިންސްޓޯލުކުރުމުގެ އިތުރުން ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރާނީ އޮޕަރޭޓްކުރުމަށް ހަވާލުވާ ފަރާތުންނެވެ.

Advertisement - newsAdvertisement

ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އަދި އަލިފުށީ ޓިވެޓް ސެންޓަރު ޚާއްސަކުރެވިފައިވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގުމަށް މަގުފަހިވާނެއެވެ.

މި އިންސްޓިޓިއުޓްތަކުގައި ހިންގުމަށް ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުންނާނެއެވެ.

މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ. ދިއްދޫގައާއި ރ.އަލިފުށީގައި ހިންގާ ޕްރޮޖެކްޓްތަކެކެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި އަތޮޅު ތެރޭގައި ވޮކޭޝަނަލް އެޑިޔުކޭޝަން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށް އިތުރު އެހެން ޕްރޮޖެކްޓްތައްވެސް ކުރިއަށްގެންދާއިރު ޕަބްލިކް-ޕްރައިވެޓް ޕާޓަނަރޝިޕް އުސޫލުން ކ. ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ. ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަވާލުކުރެވިފައެވެ.

މި އިންސްޓިޓިއުޓްތައް އޮޕްރޭޓްކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލެވިފައިވާ ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓްއާ ގުޅޭ ޓެންޑަރ ޑޮކިޔުމެންޓްތައް މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ހުޅުވާލެވުނު ޓެންޑަރގެ ސުންގަޑިއަކީ 27 މާރޗް 2023 ވާ ހޯމަ ދުވަހުގެ މެންދުރު 1:00 އެވެ.

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2017

ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އަގުވަޒަން ކުރުން މިރޭ ދިއްދޫގައި

30 ނޮވެމްބަރު 2017
ތިލަ އުތުރު އުއްތަމަ އަރުތަވެރިންގެ އަގުވަޒަން ކުރުން މިރޭ ދިއްދޫގައި
02 ނޮވެމްބަރު 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ހއ އަށް، ދިއްދޫގައި ބޮޑު ޖަލްސާއެއް ބާއްވަނީ!

02 ނޮވެމްބަރު 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ހއ އަށް، ދިއްދޫގައި ބޮޑު ޖަލްސާއެއް ބާއްވަނީ!
29 ސެޕްޓެމްބަރު 2017

ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ

29 ސެޕްޓެމްބަރު 2017
ހާޝިމް ސަސްޕެންޑް ކުރީ ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީން ހިންގި ޖަރީމާ ދިއްދޫގައި ހިންގުމުގެ ފުރުސަތު ނުދިނުމުން: އެމްޑީޕީ
21 ސެޕްޓެމްބަރު 2017

ރައްޔިތުންގެ މަޖިލީސް ބައި-އިލެކްޝަން ބާއްވަން ދިއްދޫގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ: ކައުންސިލް

21 ސެޕްޓެމްބަރު 2017
ރައްޔިތުންގެ މަޖިލީސް ބައި-އިލެކްޝަން ބާއްވަން ދިއްދޫގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ: ކައުންސިލް
22 ޖުލައި 2017

މަދު އަދަދެއްގެ ބަޔަކާއެކު، ޕީޕީއެމުން ދިއްދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފި

22 ޖުލައި 2017
މަދު އަދަދެއްގެ ބަޔަކާއެކު، ޕީޕީއެމުން ދިއްދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު