Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ކަމަނަ އެވޯޑް"

ކުޅުދުއްފުށި އަންހެނުންގެ ކޮމެޓީގެ ކަމަނަ އެވޯޑް މިއަހަރު 5 ބޭފުޅަކަށް

9 މާރިޗު 2023 | ބުރާސްފަތި 09:02

ކަމަނަ އެވޯޑަކީ ކުޅުދުއްފުށީ އަންހެނުން ކޮމެޓީން އަންހެނުންގެ އަގުވަޒަން ކުރުމަށް މުޅިން އަލަށް ދޭންފެށި އެވޯޑެއް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 9 މާރިޗު 2023 | ބުރާސްފަތި 09:02
ކުޅުދުއްފުށި އަންހެނުންގެ ކޮމެޓީން ބޭއްވި ކަމަނަ އެވޯޑް ނައިޓުގެ ތެރެއިން

ކުޅުދުއްފުށި އަންހެނުންގެ ކޮމެޓީން ބޭއްވި ކަމަނަ އެވޯޑް ނައިޓުގެ ތެރެއިން

އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީން މުޅިން އަލަށް ތައާރަފްކޮށް ދޭން ފެށި "ކަމަނަ އެވޯޑް" މިއަހަރު 5 ބޭފުޅަކަށް ދެއްވައިފިއެވެ.

މިކަމަށްޓަކައި ބުދަ ދުވަހުގެ ރޭ އަފީފުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމު ހުސެއިންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އިފްހާމު ވިދާޅުވީ ކުޅުދުއްފުށީ އަންހެންގެ ކޮމެޓީއަކީ ފިސާރި ކެރޭ ކޮމެޓީއެއް ކަމަށެވެ. އަދި މިއަހަރު ކަމަނަ އެވޯޑް ލިބުނު ފަރާތްތަކުން ދެން މި އެވޯޑް ދޭ އަހަރަށް އިތުރު އަންހެނުންނަށް އެވޯޑް ހޯދައިދިނުމުގައި އެހީތެރިވެ ދިނުމަށެވެ. މި ސަރުކާރަކީ އަންހެނުން ކުރިއެރުވަން ވަރަށް ބޮޑަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށާއި މިސަރުކާރުގެ އެކި މަޤާމްތައް ވެސް 33 އިންސަަތަ އަންހެނުންނަށް ހާއްސަކޮށްފައިވާ ކަމަށެވެ. އަދި މިއަދު އެ އަދަދު އުފުލިގެންގޮސް ސަރުކާރުގައި 39.5 އިންސަތަ އަންހެނުން މަސައްކަތްކުރާކަމަށް އިފްހާމު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިއަހަރު ކަމަނަ އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަކީ

- އައިޝަތު ޝިމްލާ އަލީ / ސޭޑީގުރޯ. (ކުދި އަދި މެދުފަންތީގެ ދާއިރާއިން)

- އައިޝަތު ޔޫސުފް / އާފަހި. (ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާއިން)

- ޝިޔާމާ މުހައްމަދު / ރިހިވެލި. (ސަގާފަތާއި ތަރިކައިގެ ދާއިރާއިން)

- ހަދީޖާ މޫސާ / އާހި. (ސިއްހީ ދާއިރާއިން)

- އުއްމުކުލްސޫމް އިބުރާހިމް / ލަންދޫގެ. (ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން)

ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މުޅިން އަލަށް ދޭން ފެށި މިއެވޯޑަކީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ދޭން ފެށި އެވޯޑެކެވެ. މި އެވޯޑަކީ ޤައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ރަށުފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމައުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުން ކުރިއެރުމަށް ވަކިވަކި ފަރުދުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭން ފެށި ހާއްސަ އެވޯޑެކެވެ.

މިއެވޯޑް ދިނުމަށް ނިންމާފައިވަނީ ކޮންމެ 5 އަހަރަކުން 1 އަހަރުއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ

08 މާރިޗު 2017
ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް