Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވިދާދް އަލް ޝްވިހްދީ

މީސް މީޑިއާ "އިންފްލުއެންސަރ" އަކަށްވުރެ ވިދާދްއަށް 'ލައިކް' ޙައްޤު ނޫންތޯއެވެ؟

9 މާރިޗު 2023 | ބުރާސްފަތި 04:44

ހާއްސަ އެހީއަށް ބޭނުންވާ އަންހެނުންނަށް ފަހާ ފޮއްޓާއި، ފެހުމާ ގުޅޭ އެނޫންވެސް ސަމާނުތައް ހޯދާ ދިނުމުގެ މަސައްކަތް ވިދާދް ފެށީ 2015 ވަނަ އަހަރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 9 މާރިޗު 2023 | ބުރާސްފަތި 04:44
ވިދާދް އަލް ޝްވިހްދީ؛ ތަޙާދީ އެންޖީއޯގެ ފައުންޑަރ

ވިދާދް އަލް ޝްވިހްދީ؛ ތަޙާދީ އެންޖީއޯގެ ފައުންޑަރ

ދެމީހަކީ އެއްގޮތް މީހެއް ނޫނެވެ. އެއްމާބަނޑު ދެންގެ މެދުގައި ކަމަށް ވީ ނަމަވެސްއެވެ. ހަމަ އެ ފަދައިން، އެކި މީހުން ދެކެމުންދާ ހުވަފެންތައްވެސް ވަރަށް ތަފާތެވެ. ލީބިޔާއަށް ނިސްބަތްވާ ވިދާދް އަލް ޝްވިހްދީއަކީވެސް، އެފަދަ ތަފާތު ހުވަފެންތަކެއް، ދެކި، އެ ހުވަފެންތަކުގައި މިއަދު ޙަޤީޤީ ކުލަތައް ޖައްސަމުންދާ ލާމަސީލު ކަނބަލެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމާއި ދުޅަހެޔި ކަމަށް މަސައްކަތް ކުރުމަކީ ވިދާދް ދެކެމުން ދިޔަ ހުވަފެނެކެވެ. އަދި މިއަދު އޭނާ އެކަމެއް ކުރުމަށް އެންމެ ލޯބި ކުރާ ކަންތައްވެސްމެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ އަންހެނުންނަށް ޢަބުރުވެރި ދިރިއުޅުމެއް ހޯދާދީ، އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން، ހާއްސަ އެހީއަށް ބޭނުންވާ އަންހެނުންނަށް ފަހާ ފޮއްޓާއި، ފެހުމާ ގުޅޭ އެނޫންވެސް ސަމާނުތައް ހޯދާ ދިނުމުގެ މަސައްކަތް ވިދާދް ފެށީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އޭނާ ދެކެމުން ދިޔަ އެއް ހުވަފެނަކީ ހާއްސަ އެހީއަށް ބޭނުންވާ އަންހެނުން އެއްތަނަކަށް ޖަމާވެ، މަސައްކަތުގެ މާޙައުލުގެ ތެރެއިން އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް އިޖުތިމާޢީ ގުޅުން ވަރުގަދަ ވެގެންދާނެ ފަދަ ތަނެއް ހޯދާދިނުމެވެ.

އޭގެ އަހަރުތަކެއް ފަހެވެ. ލީބިޔާގައި ކުރަމުން ދިޔަ ހަނގުރާމައިގެ ތެރޭގައި ވިދާދްގެ ފިރިހެން ދަރިފުޅު މަރުވިއެވެ. ދަރިފުޅު މަރުވުމާއެކު، އެ ދަރިފުޅު ވޯކްޝޮޕް ހިންގި ތަން، ވިދާދްގެ އެންޖީއޯގެ މަރުކަޒަކަށް ބަދަލު ކުރަން އޭނާ ނިންމިއެވެ. ވިދާދްގެ އެންޖީއޯއަށް އޭނާ ދިން ނަމަކީ "ތަޙާދީ" ނުވަތަ "ގޮންޖެހުން" އެވެ.

މިއަދު އެ ވޯކްޝޮޕްއަކީ ފެހުމާއި މާޖެހުމާއި އެނޫންވެސް އަތްތެރި މަސައްކަތްތައް ކުރުމުގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ އަންހެނުން އެއްތަނަކަށް ޖަމާވެ، އެކަކު އަނެކަކު ދަސްކޮށް، އެކަކު އަނެކަކަށް އެއްބާރުލުމާއި، އޯގާތެރިކަމާއި އެހީ ފޯރުކޮށްދޭ ހިތްގައިމު މަންޒިލެކެވެ.

"ތަޙާދީ"ގެ މެންބަރުން އެކުގައި ދަތުރުގޮސް ހަދައެވެ. އާ ކަންކަން ދަސްކުރެއެވެ. ތަފާތު އެކި ކަހަލަ ގޮންޖެހުންތައް ގިރާ ކުރަނީ ސާބިތުކަމާ އެކީގައެވެ.

ވިދާދްގެ އެންޖީއޯގެ މެންބަރުން މިއަދު ތިބީ، ލިބެމުންދާ ޚިދުމަތްތަކާ މެދު ހިތްހަމަ ޖެހިފައެވެ.

ވިދާދްގެ ފަރާތުން ޚިދުމަތް ލިބޭ އަންހެނުންގެ ޢަދަދު 46 އަށް އަރައެވެ. އޭނާ އަމާޒު ހިފާފައި ހުރީ އަދިވެސް މި ޚިދުމަތް އިތުރަށް ފުޅާ ކުރުމަށެވެ. އެގޮތުން ޖިމްއާއި ކެފޭގެ ޚިދުމަތްތަކުގެ އިތުރުން، ދޮށީ ޢުމުރުގެ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދޭ ކުލާސް ހިންގުމަކީ މިއަދު ވިދާދް ދެކެމުންދާ، ޢުއްމީދީ ހުވަފެންތަކެކެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި އަންހެނުންގެ ދުވަހެއް ފާހަގަ ކުރަމުން ދާ އިރު، މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާސް ހާހުން ލައިކް ހޯދަން މޮޅު ޕޯސްޓެއް ޖަހާލާ މީހަކަށް ވުރެ، އެންމެ ބޮޑަށް ބޭނުން ޖެހިފައި ވާ އަންހެނުންގެ ދިރިއުޅުން ކޮޅަށް ޖަހައިދިނުމަށް މަސައްކަތް ކުރާ ވިދާދް ފަދަ، ޙަޤީޤީ ޝަޚްސުންނަށް ސެލިއުޓް ޙައްޤު ނޫންތޯއެވެ!

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2019

ގްރެމީސް 2019: މިއުޒިކްގެ އެންމެ ޝަރަފުވެރި އެޥޯޑް ހަފްލާގައި މިޝޭލް އޮބާމާގެ ހާއްސަ ފެނިލުމެއް

11 ފެބުރުއަރީ 2019
ގްރެމީސް 2019: މިއުޒިކްގެ އެންމެ ޝަރަފުވެރި އެޥޯޑް ހަފްލާގައި މިޝޭލް އޮބާމާގެ ހާއްސަ ފެނިލުމެއް
03 ފެބުރުއަރީ 2019

އޭކްތާގެ ދަރިފުޅުގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކޮށްފި

03 ފެބުރުއަރީ 2019
އޭކްތާގެ ދަރިފުޅުގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކޮށްފި
07 އޮކްޓޯބަރު 2018

ކާންޔޭ ވެސްޓް ސޯޝަލް މީޑިއާއިން އަނެއްކާވެސް ގެއްލިއްޖެ

07 އޮކްޓޯބަރު 2018
ކާންޔޭ ވެސްޓް ސޯޝަލް މީޑިއާއިން އަނެއްކާވެސް ގެއްލިއްޖެ
29 ޖޫން 2018

އެންމެ ފަހުން ޖޫލިއާ ރޮބަޓްސް ވެސް ސޯޝަލް މީޑިއާގައި އެކްޓިވް ވެއްޖެ

29 ޖޫން 2018
އެންމެ ފަހުން ޖޫލިއާ ރޮބަޓްސް ވެސް ސޯޝަލް މީޑިއާގައި އެކްޓިވް ވެއްޖެ
08 މެއި 2018

އީޝާ ޑިއޯލް އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި އާންމުކޮށްފި

08 މެއި 2018
އީޝާ ޑިއޯލް އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި އާންމުކޮށްފި
11 ޖެނުއަރީ 2018

މިފަހަރު ރިތިކްގެ އުފަންދުވަސް ފާހަގަ ކުރީ މީޑިއާ އާއި އެކީގައި

11 ޖެނުއަރީ 2018
މިފަހަރު ރިތިކްގެ އުފަންދުވަސް ފާހަގަ ކުރީ މީޑިއާ އާއި އެކީގައި
10 ޖެނުއަރީ 2018

މޭގަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި

10 ޖެނުއަރީ 2018
މޭގަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
20 ސެޕްޓެމްބަރު 2017

"އޯލްޑް އިޒް ގޯލްޑް" ގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޕްލަސް

20 ސެޕްޓެމްބަރު 2017
"އޯލްޑް އިޒް ގޯލްޑް" ގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޕްލަސް
26 ޖެނުއަރީ 2017

މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން

26 ޖެނުއަރީ 2017
މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން
07 ޖެނުއަރީ 2017

ކާޑޭޝިއަން އަނބުރާ ސޯޝަލް މީޑިއާއަށް!

07 ޖެނުއަރީ 2017
ކާޑޭޝިއަން އަނބުރާ ސޯޝަލް މީޑިއާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް