Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސީހުގެ އިތުބާރުގެ މައްސަލަ

42 އިން ފެށިއްޖެތަ އެކަން ކާމިޔާބު ވާނެ: ގާސިމް

3 ޖުލައި 2017 | ހޯމަ 17:13

ކުރީގެ ރައީސް ނަޝީދަކީ އަލިގަދަ ތަރިއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ޖުލައި 2017 | ހޯމަ 17:13
 ގާސިމް

ގާސިމް

ރާއްޖޭގެ ސިޔާސީ ހަޔާތަށް ބަލާއިރު ސާޅީސް ދެޔަކުން ފެށިއްޖެ ނަމަ އެކަމެއް ކާމިޔާބު ވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ފަހު، ޕާޓީތަކުން ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުށަހެޅި ލިސްޓްގައި ވެސް ސޮއިކުރެއްވީ 42 މެމްބަރުން ކަމަށެވެ.

Advertisement - newsAdvertisement

"މިއީ ކޮން ކަހަލަ ފާލެއް ކަމެއް އަޅުގަނޑަކަށް ނޭނގެ. ނަމަވެސް ސާޅީސް ދެއަކުން ފެށިއްޖެތަ އެކަމެއް ކާމިޔާބު ވާނެ،" މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން 42 މެމްބަރުންގެ ސޮއި ބޭނުންވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަށް އިޝާރަތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް 45 މެމްބަރުން ސޮއިކުރައްވާފައިވާއިރު، މަޖިލީހުގެ މެމްބަރުންނަށް ގާސިމް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު، އެއީ ކިހާ މުއްދަތެއްކަން ނޭނގޭ ކަމަށާއި ކިތަންމެ ލަސްކުރިއަސް އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކުގައި ކަމަށެވެ.

ގާސިމް ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާފައިވަނީ އެ މަނިކުފާނު އެ މަގާމަށް ހޮވިވަޑައިގެންނެވި ވޯޓަށް ވުރެ އެއް ވޯޓް އިތުރަށް ކަމަށެވެ. މަސީހާ ދެކޮޅަށް ސޮއިކުރެއްވީ 45 މެމްބަރުން ތިއްބެވި ނަމަވެސް، ޖުމުލަ އަދަދަކީ އެ އަދަދެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ދޮން ދަނގަޑުން ބިރު ދެއްކިޔަސް، ދެން ބިރު ނުގަންނަނެ ކަމަށާއި ޖަލަށް ވެސް ދެން ނުގެންދެވޭނެ ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑެއް ނުގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު، އެއީ ކިހާ މުއްދަތަކަށް ނޭނގޭ ކަމަށާއި ކިތަންމެ ލަސްކުރިއަސް އަޅުގަނޑުމެން މިތިބީ ސާބިތުކަމާއެކުގައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމުގައި އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދުގެ ސޮއި ހިމަނާފައިވި ނަމަވެސް އެއީ ސައްހަ ސޮއެއް ނޫން ކަމަށް އަހްމަދު ރަޝީދު ވިދާޅުވެފައިވާއިރު، އެކަމަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ އެއީ އިތުރުފުޅެއް ކަމަށެވެ.

ގާސިމް ވިދާޅުވީ ސިޔާސީ މަސައްކަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރެއްވި މަސައްކަތް ފާހަގަ ކުރެއްވޭ ކަމަށެވެ. ނަޝީދު ކުރެއްވި މަސައްކަތް ވަރަށް ބޮޑު ކަމަށާއި އެއަށް ވުރެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުން ވެސް އެބަ ތިއްބެވި ކަމަށެވެ.

"ނަމަވެސް އެއީ އަޅުގަނޑު ކަމަށް އަޅުގަނޑު ދަންނަވަން ނެތިން،" ގާސިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދަކީ އަލިގަދަ ތަރިއެއް ކަމަށް ގާސިމް ވިދާޅުވިއިރު، މައުމޫނު ކައްވަޅުގައި އޮންނަ ދުވަހު ވެސް ދިވެހި ރައްޔިތުން ފަހުރުވެރި ވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން އެ މަނިކުފާނަކީ އިސްލާހީ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް