Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓޭޒަރ ބޭނުންކުރުން

ޓޭޒަރ ބޭނުންކުރަން ފެށުން - ހާލަތު ނިޔާކުރާގޮތުން ފައިގެ ކޮންމެ ތަނަކަށްވެސް އަމާޒުކުރެވިދާނެ

ބޮޑީވޯން ކެމެރާ އަކީވެސް އެގްޒޯންގެ އުފެއްދުމެއް ކަމުން، ޓޭޒަރ ބޭނުންކުރެވޭ ހުރިހާ ހާލަތެއްގައި، އެހިސާބުގައި ހުރި ހުރިހާ ބޮޑީވޯން ކެމެރާތައް އަމިއްލައަށް ރެކޯޑުކުވާން ފަށާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 މާރިޗު 2023 | ބުދަ 02:43
ފުލުހުން ބޭނުން ކުރާ ޓޭޒަރ ގަން ދައްކާލަނީ

ފުލުހުން ބޭނުން ކުރާ ޓޭޒަރ ގަން ދައްކާލަނީ

ފުލުހުންގެ ތެރޭގައި ގާއިމުކުރެވިފައިވާ ހައިވިޒިބިލިޓީ ޕޮލިސިން ޑިޕާޓްމަންޓުގެ ފުލުހުން ހަރަކާތްތެރިވާއިރު ކޮންޑަކްޓިވް އެނާޖީ ޑިވައިސް މިހާރު ބޭނުންކުރަމުންގެންދާނެއެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކާއި ބޭނުންކުރާނެ ހާލަތްތައްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.  

ފުލުހުންގެ ވާޖިބުއަދާކުރުމުގައި ގާނޫނީގޮތުން ލިބިފައިވާ ބާރާއި އިހުތިޔާރުގެ ތެރެއިން ކަނޑައެޅޭ ހާއްސަ ހާލަތްތަކެއްގައި، ލެސް ލީތަލް ހަތިޔާރެއްގެ ގޮތުގައި ކޮންޑަކްޓިވް އެނާޖީ ޑިވައިސް (ސީ.އީ.ޑީ) ނުވަތަ ޓޭޒަރ، ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރުމާއި ގެންގުޅުމަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، ޓޭޒަރ ގެންގުޅުމުގެ ހުއްދަ ދޫކޮށްފައިވަނީ މި ޑިވައިސް ގެންގުޅުމާއި ބޭނުންކުރުމުގެ އުސޫލު (ކޮންޑަކްޓިވް އެނާޖީ ޑިވައިސް ގެންގުޅުމާއި ބޭނުންކުރުމުގެ އުސޫލު) ގައި ބަޔާންކުރާ މިންގަނޑަށް ތަމްރީނުވެފައިވާ ފުލުހުންނަށެވެ. އަދި ޓޭޒަރ ހަވާލުކުރެވޭ ފުލުހަކު އެ ޑިވައިސްއާއެކު ޑިއުޓީކުރާނަމަ ޑިއުޓީގައި ހަރަކާތްތެރިވާނީ ބޮޑީވޯން ކެމެރާއާ އެކުގައެވެ. ޓޭޒަރ ބޭނުންކުރުމުގެ ހުއްދަދީފައިވަނީ އަމިއްލަ ނަފުސަށް ޓޭޒަރ ބޭނުންކޮށް ތަޖުރިބާކޮށްފައިވާ ފުލުހުންނަށެވެ.

އޭގެ އިތުރުން، ޓޭޒަރ ބޭނުންކުރާނީ މި ޑިވައިސް ގެންގުޅެ ބޭނުންކުރުމަށް ކަނޑައަޅާފައިވާ ތަމްރީނު ފުރިހަމަކޮށް އެ ތަމްރީނުން ފާސްވެފައިވާ ފުލުހުންނެވެ. މި ތަމްރީނަކީ އަހަރަކު އެއްފަހަރު ރިފްރެޝަރ ތަމްރީނުގެ ގޮތުގައި ފުރިހަމަކުރާ ތަމްރީނެކެވެ.

ޓޭޒަރ ބޭނުންކުރުމުގެ ކުރިން، ގާނޫނީގޮތުން ފުލުހުން އަންގާ ކަމަކަށް އެއްބާރުލުން ދިނުމަށް ނަސޭހަތްދީ އިންޒާރުކުރުމާއި ޓޭޒަރ ބޭނުންކުރާނެކަމާ އަދި އެއްބާރުލުން ނުދިނުމުގެ ސަބަބުން ލިބޭ ގެއްލުމެއްގެ ޒިންމާ އެ މީހަކު އުފުލަންޖެހޭނެކަން އެންގުމާއެކު "ޓޭޒަރ ކުރަނީ'' މިހެން މަދުވެގެން 3 (ތިނެއް) ފަހަރަށް ސާފުކޮށް އަޑުއިވޭވަރަށް ބުނާނެއެވެ.

ޓޭޒަރ ބޭނުންކުރުމުގައި މީހެއްގެ ފުރާނައަށް ނުރައްކާވެދާފަދަ ގުނަވަނަކަށް އަމާޒުކޮށް ބޭނުންނުކުރުމާއި ހާލަތު ނިޔާކުރާގޮތުން ފައިގެ ކޮންމެ ތަނަކަށްވެސް އަމާޒުކުރެވިދާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ޓޭޒަރ ބޭނުންކުރުމަށްފަހު، އެ މީހަކާ ދެކޮޅަށް ޓޭޒަރ ބޭނުންކުރެވޭ މީހާއަށް އެވަގުތު ބޭނުންވާނެ އެހީތެރިކަން ނުވަތަ އާފްޓަރ ކެއަރ ދެވޭނެއެވެ. ޓޭޒަރ ބޭނުންކުރުމުން އެވަގުތު އެމީހެއްގެ ހަށިގަނޑަށް އެ ލިބޭ ޝޮކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަނގަޅުވެގެންދާނެއެވެ. އެއީ މީހާގެ ހަށިގަނޑަށްލިބޭ ދާއިމީ ގެއްލުމެއް ނޫނެއެވެ.

މި ޑިވައިސްއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރުވެސް ބޭނުންކުރަމުންގެންދާ ޑިވައިސްއެކެވެ. އެގޮތުން 130 ގައުމުގައި ފުލުހުންގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިތުރު އިދާރާތަކާއި އަސްކަރިއްޔާތަކުގައި ވެސް ޓޭޒަރ ބޭނުންކުރަމުން ގެންދެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރަމުންގެންދާނީ އެމެރިކާގެ ސްކޮޓް ޑައިލް އެރިޒޯނާގެ ކުންފުންޏެއް ކަމަށްވާ އެކްޒޯން އެންޓަރޕްރައިޒް އިންކޯޕަރޭޓަޑުން އުފައްދާފައިވާ ޓޭޒަރގެ އެންމެ ފަހުގެ ޑުއަލް ޝޮޓް ސްމާޓް ކޮންޑަކްޓިވް އެނާޖީ ޑިވައިސް ޓޭޒަރ 7 އެވެ. ޓޭޒަރއަކީ އެގްޒޮންގެ ޓްރޭޑްމާކެކެވެ. ކޮންޑަކްޓިވް އެނާޖީ ޑިވައިސް (ސީ.އީ.ޑީ) ތަކުގެ ތެރެއިން ޓޭޒަރއަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޑިވައިސްއެވެ. ޓޭޒަރގެ މި ޓެކްނޮލޮޖީއަކީ އެގްޒޮންގެ ޕޭޓެންޑެޑް ޓެކްނޮލޮޖީއެކެވެ.

ޓޭޒަރ ސުމާޓް އެނާޖީ ޑިވައިސްއަކީ ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ދިރާސާ ކުރެވިފައިވާ ލެސްލީތަލް ހަތިޔާރެވެ. އެގޮތުން 850 އަށްވުރެ ގިނަ މިނިވަން ދިރާސާ ކޮށްފައިވެއެވެ. ޓޭޒަރ އަކީ އެހެން ލެސްލީތަލް ފޯސްތަކާ އަޅައިބަލާއިރު އެންމެ ރައްކާތެރި އާލާތެވެ. އެގޮތުން ޕެޕަރ ސްޕްރޭ ބޭނުން ކުރެވޭ މީހަކަށް އޭގެ އަސަރު ފިލައިގެންދާން ދެތިން ގަޑިއިރުން ފެށިގެން އެއް ދުވަހާ ހަމަޔަށް ވަގުތު ނަގާއިރު ޓޭޒަރ ބޭނުންކުރެވޭ މީހަކަށް އޭގެ އަސަރު ފިލައިގެންދާން ނަގާނީ މިނެޓެއް ހާއިރެވެ.

ޓޭޒަރ ސްމާޓް އެނަޖީ ޑިވައިސްތަކަކީ އެއިން ކުރެވޭ ހުރިހާ އަމަލެއް ޑިޖިޓަލީ ލޮގް ކުރެވެމުންދާ ޑިވައިސްއެކެވެ. މި ލޮގަކީ އިންޓަނޭޝަނަލް ސްޓޭންޑަޑަށް އެންކްރިޕްޓް ކުރެވިފައިވާ އަދި އެއްވެސް ފަރާތަކަށް އިތުރު ބަދަލެއް ނުގެނެވޭ ލޮގެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުން ކުރަމުންދާ ބޮޑީވޯން ކެމެރާ އަކީވެސް އެގްޒޯންގެ އުފެއްދުމެއް ކަމުން، ޓޭޒަރ ބޭނުންކުރެވޭ ހުރިހާ ހާލަތެއްގައި، އެހިސާބުގައި ހުރި ހުރިހާ ބޮޑީވޯން ކެމެރާތައް އަމިއްލައަށް ރެކޯޑުވާން ފަށާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

ކުއްލި ހާލަތު އިއުލާނުކުރީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ޖަވާބުދާރީ ނުކުރެވިގެން: ރައީސް ޔާމީން

06 ފެބުރުއަރީ 2018
ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުއްލި ހާލަތުގެ ގަރާރު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

05 ފެބުރުއަރީ 2018
ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

ޕާޓީގެ ރައީސް އަތުން ޕާޓީ ޖަހައިގަނެ، ހިންގަން ދިމާކުރި މީހުންނަށް ޖެހުނު ހާލަތު!

28 ޖެނުއަރީ 2018
މިއީ ނިމުމުގެ ފެށުން؟

މިއީ ނިމުމުގެ ފެށުން؟

19 ޖެނުއަރީ 2018
ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

13 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު