Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވިލާގެ ރިސޯޓްތަކަށް އެރުން

މިއީ ނިމުމުގެ ފެށުން؟

ރިސޯޓުތަކަށް އަރައިގެން ސަރުކާރަށް ލިބުނު ފައިދާއެއް ނެތް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2018 | ހުކުރު 13:54
ޤާސިމްގެ ރިސޯޓުތަކަށް ފުލުހުން އެރުމާއިއެކު އިދިކޮޅު ޙަރަކާތްތައް ވަނީ އިތުރުވެފައި

ޤާސިމްގެ ރިސޯޓުތަކަށް ފުލުހުން އެރުމާއިއެކު އިދިކޮޅު ޙަރަކާތްތައް ވަނީ އިތުރުވެފައި

ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާއިމެދު ދެކެނީ ކިހިނެއްތޯ މިއަދު ރައްޓެއްސެއް ކައިރީ އަހާލީމެވެ. ޖަވާބަކަށްވީ، "މިއީ ނިމުމުގެ ފެށުން" ކަމުގައެވެ.

އޭނާ އެދެއްކީ މިއަދުގެ ސަރުކާރުގެ ވާހަކައެވެ. ގަދަބާރުގައި ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލައްވައިގެން ރައީސް ޔާމީން ކުރައްވާ ވެރިކަން އޭގެ އަޖަލު ޖެހުމުން ނިމިގެންދާނެއޭ އޭނާ އަބަދުވެސް ބުނެއެވެ. މިހާރު މިފެންނަނީ އޭނާ ބުނާ ގޮތުން އެ މަންޒަރެވެ.

ޖަނަވާރެއްވެސް އޭތި ކަނަކަށް ލައި، ބަންދުކޮށްލުމުން، ދެން ފުންމައިގަންނާނީ ހަމައެއް ލަމައެއް ނެތިއެވެ. ހެދޭ ނެހެދޭއެއް ނޭނގޭނެއެވެ. ބަލާނީ ސަލާމަތް ވެވުނު ގޮތަކުން ސަލާމަތް ވާށެވެ. ސަލާމަތްވާން ފުންމައިގަންނަ ބޮނޑީގައި އަތު ޖެހުނު މީހެއް ލޭކޮށާލާނެއެވެ. އެއީ ޤުދުރަތުގައި އެކަން ވާން ނިންމަވާފައިވާ ގޮތެވެ.

ދިވެހި ސަރުކާރަށް، ޚާއްސަކޮށް ވެރިކަންކުރާ ޕީޕީއެމްއަށް ޖެހިފައިވާ ޙާލު ބައެއް މީހުން ސިފަކުރަނީ ކަނެއްގައި ތާށިވެފައިވާ ޖަނަވާރެއްގެ ސިފައިގައެވެ. ވެރިކަން ނިމެން ދަނީކަން ކަށަވަރުވެއްޖެއެވެ. ދެން އޮންނާނީ ވެރިކަން ދިފާޢުކުރަން ކުރެވުނު ކަމެއް ކުރުމެވެ. ޤާނޫނެއް، ޤަވާޢިދެއް، އުޞޫލެއް، ހަމައެއް، ލަމައެއް ނޯންނާނެއެވެ. ކައިރިވެގަތް ކޮންމެ މީހެއްގެ ގަޔާއި ދިމާއަށް ފުންމައިގަންނާނެއެވެ. މިފަހަރުވެސް މިފެނުނީ އެފަދަ މަންޒަރެކެވެ. ޤާސިމް އިބްރާހިމްގެ ފަރާތުން ވެރިކަން ދިފާޢުކުރަން ކުރާ މަސައްކަތަށް ހުރަސްތަކެއް އޮތްކަން އެނގުނުމުން އެމަނިކުފާނާއި އެދިމާކޮށްލީއެވެ. މީގެ ކުރިންވެސް ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ޤާސިމް އިބްރާހީމްއަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިވިއެވެ. އެހެން ނަމަވެސް މިފަހަރު ރައީސް ޔާމީންގެ އަމާޒުހުރީ ސީދާ ޤާސިމް އިބްރާހިމް އާއި އެމަނިކުފާނުގެ ވިޔަފާރި އެއްކޮށް ފުނޑާލުމަށެވެ. ކުޑަކޮށްވެސް ދުލެއް ދިނުމަށް ރައީސް ޔާމީންގެ ވިސްނުން ހުރިހެނެއް ފެންނަ ފެނުމަކުން ހިއެއް ނުވެއެވެ.

ޤާސިމް އިބްރާހިމްގެ ރިސޯޓުތަކަށް އަރާ ފުލުހުންނާއި ކަސްޓަމްސްއާއި މީރާއިން އެހިންގި ޢަމަލުތަކަކީ ސީދާ ރިޔާސީ އިންތިޚާބާއި ދިމާކޮށް އެމަނިކުފާނުގެ ވިޔަފާރި ފުނޑާލަން ކުރި ކަމެއްކަން ނުދަންނަ ދިވެއްސަކު ނުހުންނާނެއެވެ. ވިލާގެ ރިސޯޓުތަކުން ޤާނޫނާއި ޚިލާފުކަމެއް ކުރިކަމަށްވާނަމަ މީގެ ކުރިން ފިޔަވަޅު ނޭޅެންވީ ކީއްވެތޯއެވެ؟ ރިޔާސީ އިންތިޚާބު ބޯމަތިވަންދެން މަޑުކުރީ ކީއްވެތޯއެވެ؟ ޤާނޫނާއި ޚިލާފަށް އެތައް ކަމެއް ކުރަމުންދާ އެހެން ރިސޯޓުތައް ކޮބައިތޯއެވެ؟ ޓެކްސް ނުދައްކާ އެހެން ކުންފުނިތައް ކޮބައިތޯއެވެ؟ ދައުލަތުގެ މާލިއްޔާއަށް ވަންނަން ޖެހޭ، އެކަމަކު ގެއްލިފައިވާ ހުރިހާ ފައިސާއެއް ކޮބައިތޯއެވެ؟ އެއަށްވީއެއް ނޭނގެއެވެ. ކިރިޔާވެސް ވަންތަނެއް އެނގުނު ފައިސާއެއް ވަނީ ރައީސް ޔާމީންގެ އެކައުންޓަށެވެ. އެފައިސާއަށްވެސް މިހާރު ވީގޮތެއް ނޭނގެއެވެ. ހިލާލީގެއަށް ވަދެ ބަލާފާސްކޮށް، އެފައިސާ ވީތަނެއް ހޯދަން ފުލުހުން އުޅުނިއްޔާ މާ ރަނގަޅުވާނެއެވެ.

މިއީ ނިމުމުގެ ފެށުންކަމަށް ބުނެވޭނެ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ޖަނާވަރެއްވެސް ފަހަމުން ފަހަމުން ގޮސް ވަރުބަލިވެ، ކަނަކަށް ވަންނަ ވަގުތަކު އެއެއްޗެއް ހިފަން ފަސޭހަވާނެއެވެ. ސަރުކާރުން މިދޭހެން ކަނަކަށްލުމުން ޙަމަލާވެސް ދޭނެއެވެ. އެހެން ނަމަވެސް އެހަމަލާދިނަސް އެއޮތީ ކަނަކަށްލެވިފައެވެ. ދެން ޖެހޭނީ ހިފާށެވެ. މިހާރު ފެންނަނީ އެމަންޒަރެވެ. ސަރުކާރު ފެންނަނީ ވަރުބަލިވެފައިވާތަނެވެ. ކިޔޭ ނުކިޔޭ އެއްޗެއް، ކުރެވޭ ނުކުރެވޭ ކަމެއް ނޭނެގެއެވެ. އަތުން ފައިން ހަދަނީ ގޯހެވެ.

އިދިކޮޅު ޙަރަކާތްތައްވެސް ހަޤީޤަތުގައި މިހާރު އެންމެ ބޮޑަށް ވަރުގަދަވެފައިވާ އެއް ސަބަބަކީ ސަރުކާރުގެ އަނިޔާވެރިކަމެވެ. އަނިޔާވެރިކަން އިންތިހާއަށް ގޮސް، އަނިޔާ ލިބޭ މީހުން ގިނަވެ، އަނިޔާ ލިބޭ ކޮންމެ މީހަކު އިންސާފު ހޯދަން ނިކުތުމުން، އެނިކުމެވެނީ ސަރުކާރާއި ދެކޮޅަށެވެ. އިންސާފަށް މަސައްކަތްކުރާ ކޮންމެ މީހަކީ ކޮންމެހެން ރައީސް ނަޝީދަށް، ރައީސް މައުމޫނަށް، ޤާސިމް އިބްރާހިމަށް ނުވަތަ ޝެއިޚް އިމްރާނަށް ތާޢީދުކޮށްގެން ނިކުންނަ މީހެއް ނޫނެވެ. އިންސާފަށް އޮތް ހުރަހަކީ ޕީޕީއެމްކަމަށްވާނަމަ، އަނިޔާގެ އަސްލަކީ ޕީޕީއެމް ކަމަށްވާނަމަ ސަރުކާރާއި އަދި ރައީސް ޔާމީނާއި ދެކޮޅަށް މީހުން ތެދުވާނެއެވެ.

މިއަދު ޤާސިމް އިބްރާހިމްގެ ރިސޯޓުތަކުގައި ބަންދު ބޯޑު އަޅުވަން ޖެހުނަސް، ސަރުކާރަށް އެއިންކުރާނެ ފައިދާއެއް ނެތެވެ. ވަގަށް ނަގާނެ ފައިސާވެސް ވާނީ މަދެވެ. ސަބަބަކީ ވިލާގެ ކުންފުނިތަކުން ދައުލަތަށް ދައްކާ ޓެކްސް ފައިސާ މިހާރު މިވީ ގޮތުން ވާނީ މަދެވެ. ޤާސިމް އިބްރާހިމް ސަރުކާރާއި ދެކޮޅަށް ކުރާ މަސައްކަތް މަދެއް ނުވާނެއެވެ. ސަން އައިލެންޑްގް ރެސްޓޯރަންޓެއްގައި މަސައްކަތްކުރާ ރައީސް ޔާމީނަށް ތާޢީދުކުރި މީހާގެ ވޯޓުވެސް އެގެއްލުނީއެވެ. އޭނާއަށް ލިބެން އޮތް އާމްދަނީ ހުއްޓުވަން އެމަސައްކަތްކުރެއްވީ ސީދާ ރައީސް ޔާމީންކަން އޭނާއަށްވެސް އެނގޭނެއެވެ.

ރަހުމަތްތެރިޔާ އެބުނީ ތެދެއްކަމަށް ޤަބޫލުކުރަން ޖެހެއެވެ. މިއީ ނިމުމުގެ ފެށުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

މިއީ ހަމަ ރަނގަޅަށްވެސް "ޕްލާސްޓިކް" ސަރުކާރެއް!؟

02 ސެޕްޓެމްބަރު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު