Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެއްލިފައިވާ މީހުން ހޯދުމުގެ މައްސަލަ

2021-2022 އަށް 31 ކުދިން ގެއްލިގެން ހޯދާފައިވޭ، އެއް ކުއްޖަކު 11 ފަހަރު ގެއްލުނު

18 އަހަރު ނުފުރޭ 31 ކުދިން 63 ފަަހަރު ގެއްލިގެން ހޯދި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 މާރިޗު 2023 | އަންގާރަ 10:04
ފުލުހުންގެ މައި އިދާރާ --

ފުލުހުންގެ މައި އިދާރާ --

2021-2022 އާ ދެމެދު ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހޯދާފައިވާ ކުޑަ ކުދިންގެ އަދަދު 31އަށް އަރާ ކަމަށް ފުލުހުން ބުނެފިއެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން، ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވީ މީހުން ގެއްލިގެން ތަފާތު އެކި ގޮތަށް ފުލުހުންނަށް މައްސަލަ ހުށަހެޅޭ ކަމަށެވެ. 2021 ވަނަ އަހަރާއި 2022 ވަނަ އަހަރާއި ދެމެދު 18 އަހަރު ނުފުރޭ 31 ކުދިން ގެއްލިގެން ހޯދާފައިވާ ކަމަށާއި، އެ އެފަދަ 63 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް ކުދިންނަކީ ތަކުރާރުކޮށް ގެއްލިގެން ހޯދާފައިވާ ކުދިން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. މީގެ އިތުރުން ދޮށީ އުމުރުގެ މީހުން ގެއްލިގެން ހުށަހަޅާ މައްސަލަތައް ވެސް ހުރިކަމަށާއި އެފަދަ 30 މައްސަލަ ރެޖިސްޓަރ ކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު މާލެ ސަރަހައްދުގައި މުހައްމަދު އަޒްހާން ގެއްލުނު މައްސަލަ ފެންމަތިވި ފަހުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ގޮތަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަޒްހާން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލެއިންނެވެ. އެއީ ރައްޔިތުންވެސް ވަރަށް ބޮޑަށް ކަންބޮޑުވި ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

އެއަށް ފަހު މީހުން ގެއްލިގެން އަމަލުކުރާނެ އުސޫލު ރިވިއުކޮށް އެކުލަވާލާފައިވާ ކަމަށާއި، މާލެ އާއި އަތޮޅުތެރޭގައި ވެސް އެފަދަ މައްސަލަތަކާއި ގުޅިގެން އަމަލުކުރާނެ ޚާއްސަ ޕްރޮޓޮކޯލްއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތައް ކައިރިން ބަލާ މޮނިޓަރ ކުރާނެ ނިޒާމެއް އެކުލަވާލާފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު