Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބީބީ ރަނާސް

ބީބީ ރަނާސް އިން މިއަހަރަށް ބޭނުންކުރާނެ ޖާޒީ ލޯންޗުކޮށްފި

ބީބީ ރަނާސް އިން މިއަހަރަށް ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރޭގައި އެ ގްރޫޕުން ބައިވެރިވާ ކޮންމެ ދުވުމެއްގައި މަދުވެގެން 50 ދުވުންތެރިން ބައިވެރި ކުރުމަށް ވަނީ ނިންމައިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2023 | އަންގާރަ 02:22
ބީބީ ރަނާސްގެ ޖާޒީ ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން

ބީބީ ރަނާސްގެ ޖާޒީ ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން

ބީބީ ރަނާސް އިން މިއަހަރަށް ބޭނުން ކުރާނެ ރަސްމީ ޖާޒީ ލޯންޗުކޮށްފި އެވެ.

މި ޖާޒީ ލޯންޗުކޮށްފައި ވަނީ އެކަމަށްޓަކައި ހޯމަ ދުވަހުގެ ހަވީރު ސިންތެޓިކް ޓްރެކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ވަނީ އެ ގްރޫޕުން މިއަހަރަށް ބޭނުން ކުރަން ނިންމާފައިވާ ރަސްމީ އޮފިޝަލް އަދި ދުވުންތެރިންގެ ޖާޒީ ލޯންޗުކޮށްފަ އެވެ. ބީބީ ރަނާސް އިން މައުލޫމާތު ދޭ ގޮތުގައި މި ޖާޒީ އަކީ މިއަހަރު އޮންނަ މޯލްޑިވްސް ހާފް މެރަތަންގައި އެ ގްރޫޕުން ބޭނުން ކުރާނެ ޖާޒީ އެވެ. މީގެ އިތުރުން އަހަރުގެ ބާކީ ބައިގައި ވެސް ޖާޒީ ބޭނުން ކުރަން ނިންމާފައިވާއިރު، ކުލަ އަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ގްރޫޕުން ބުނެ އެވެ. ނަމަވެސް ޖާޒީގެ ޑިސައިން އަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ. ބީބީ ރަނާސްގެ ފަރާތުން މޯލްޑިވްސް ހާފް މެރަތަންގައި 54 ދުވުންތެރިން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް އެ ގްރޫޕުން މައުލޫމާތު ދެ އެވެ.

ބީބީ ރަނާސް އަކީ މީގެ ހަތް އަހަރު ކުރިން ފެށިގެން ދުވުންތެރިންނަށް ފުރުސަތު ދެމުން އަންނަ ގްރޫޕް އެކެވެ. އެގޮތުން އެ ގްރޫޕުން އެއްވެސް ދުވުންތެރިޔެއްގެ އަތުން ފައިސާއެއް ނުނަގަ އެވެ. ހިލޭ ސާބަހަށް ކުރިއަށް ގެންދާ މި ގްރޫޕުން ވަނީ މަޖީދިއްޔާ ދުވުން، އޭޑީކޭ ދުވުން، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ބޭއްވި ދުވުން އަދި ޓީއެފްޖީގައި 50 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިކޮށްފަ އެވެ. މީގެ އިތުރުން ބީބީ ރަނާސް އިން މިއަހަރަށް ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރޭގައި އެ ގްރޫޕުން ބައިވެރިވާ ކޮންމެ ދުވުމެއްގައި މަދުވެގެން 50 ދުވުންތެރިން ބައިވެރި ކުރުމަށް ވަނީ ނިންމައިފަ އެވެ.

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2017

އާސެނަލްގެ ޖާޒީގައި އަބަދުވެސް އެންމެ މޮޅު ކުޅުން ދައްކަން: އޮޒިލް

28 އޮކްޓޯބަރު 2017
އާސެނަލްގެ ޖާޒީގައި އަބަދުވެސް އެންމެ މޮޅު ކުޅުން ދައްކަން: އޮޒިލް
13 ސެޕްޓެމްބަރު 2017

ކޯބީ ބްރަޔަންޓްގެ ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާކުރަނީ!

13 ސެޕްޓެމްބަރު 2017
ކޯބީ ބްރަޔަންޓްގެ ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާކުރަނީ!
11 އޯގަސްޓު 2017

ޔުވެންޓަސްގެ މަޝްހޫރު 10 ނަމްބަރ ޖާޒީ ޑިބާލާއަށް

11 އޯގަސްޓު 2017
ޔުވެންޓަސްގެ މަޝްހޫރު 10 ނަމްބަރ ޖާޒީ ޑިބާލާއަށް
02 މެއި 2017

ބީބީސީން ހޮވާ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިން އިއުލާންކޮށްފި

02 މެއި 2017
ބީބީސީން ހޮވާ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިން އިއުލާންކޮށްފި
30 އެޕްރީލު 2017

ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

30 އެޕްރީލު 2017
ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު