Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބީބީސީ

ބީބީސީން ހޮވާ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިން އިއުލާންކޮށްފި

އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށްޓަކާ ވޯޓުލުން މިހާރު ވަނީ ހުޅުވާލާފަ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 2 މެއި 2017 | އަންގާރަ 23:02
ބީބީސީ އިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާއަށް ވާދަކުރާ ފަސް ކުޅުންތެރިން

ބީބީސީ އިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާއަށް ވާދަކުރާ ފަސް ކުޅުންތެރިން

ބީބީސީ ސްޕޯޓްސްއިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފަސް ކުޅުންތެރިންގެ ނަން އިއުލާން ކޮށްފިއެވެ.

މިފަހަރުގެ އެވޯޑަށް ވާދަކުރާ ފަސް ކުޅުންތެރިންނަކީ، ބަޔާން މިއުނިކަށް ކުޅޭ ޖަރުމަނުގެ ކުރީގެ މިޑްފިލްޑާ، މެލާނީ ބަހްރިންގާ އާއި، އޮލީމްޕިކް ލިއޯން އަށް ކުޅޭ ނޯވޭގެ ސްޓްރައިކަރު، އަޑާ ހެގާބާރގް އާއި، އިންގިރޭސި ކުލަބް ޗެލްސީއަށް ކުޅޭ ސްވިޑަންގެ ގޯލްކީޕަރު، ހެޑްވިގް ލިންޑާލް އާއި، އޮލާންޑާ ޕްރައިޑަށް ކުޅޭ ބްރެޒިލްގެ ފޯވާޑް، މާޓާގެ އިތުރުން ޕޯޓްލޭންޑް ތޯންސްއަށް ކުޅެމުން އަންނަ ކެނެޑާގެ ފޯވާޑް، ކްރިސްޓައިން ސިންކްލައަރ އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ޖަރުމަނުގެ ކުރީގެ މިޑްފިލްޑާ، މެލާނީ ބަހްރިންގާ

އެވޯޑަށް ނޮމިނޭޓްވި އުމުރުން 31 އަހަރުގެ މެލާނީ ބަހްރިންގާ ވަނީ ފާއިތުވި އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލީމްޕިކް ފުޓްބޯޅަ މުބާރާތް ޖަރުމަނަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ޖަރުމަނުގެ ގައުމީ ޓީމަށް 11 އަހަރު ކުޅެދިނުމަށްފަހު ފާއިތު އަހަރު ރިޓަޔާ ކޮށްފައިވާ މެލާނީ ވަނީ އެޓީމާއެކު 2007 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި، 2009 އަދި 2013 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްވެސް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުންވެސް ފާއިތުވި އަހަރު ބަޔާން މިއުނިކަށް ބުންޑެސް ލީގާ ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮއްދިން މެލާނީ ވަނީ ފާއިތުވި އަހަރު ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމަށްވެސް ނޮމިނޭޓް ވެފައެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ނޯވޭގެ ސްޓްރައިކަރު، އަޑާ ހެގާބާރގް

އެވޯޑަށް ނޮމިނޭޓް ވެފައިވާ 21 އަހަރުގެ އަޑާ ހެގާބާރގް ވަނީ ފާއިތުވި ސީޒަނުގައި އޭނާ ކުޅެމުން އަންނަ އޮލީމްޕިކް ލިއޯންސް އަށް ފްރާންސްގެ 1ވަނަ ޑިވިޝަން ލީގާއި ކަޕް ޑެ ފްރާންސް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ފާއިތުވި ސީޒަނުގައި ފްރެންޗް ލީގާއި އަންހެން ޗެމްޕިއަންސް ލީގުގެ ޓޮޕް ސްކޯރާގެ މަގާމް ހޯދުމުގެ އިތުރުން އޭނާވަނީ 2016 ވަނަ އަހަރު ޔޫއެފާގެ މުބާރާތް ތަކުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށްވުރެ ގިނަ ގޯލު ޖަހާފައެވެ. 2016 ވަނަ އަހަރު ޔޫއެފާއިން ހޮވި އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި އަޑާ އަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި ނޯވޭއިން ހޮވާ ގޯލްޑެން ބޯލް ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ސްވިޑަންގެ ގޯލްކީޕަރު، ހެޑްވިގް ލިންޑާލް

އެވޯޑަށް ނޮމިނޭޓު ވެފައިވާ އުމުރުން 34 އަހަރުގެ ގޯލްކީޕަރު ހެޑްވިން ލިންޑާލް ވަނީ ފާއިތުވި އަހަރު ބޭއްވި ރިއޯ އޮލީޕްކްސް ގައި ސްވިޑަން އަށް ރިހި މެޑަލް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. އެގޮތުން މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގައި އެޓީމުން ކުރިމަތިލި ދެ ޕެނަލްޓީ ޝޫޓް އައުޓްގައިވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. 2014 ވަނަ އަހަރު ޗެލްސީގެ އަންހެން ޓީމާއި ގުޅުމަށްފަހު އޭނާގެ ފުރަތަމަ ސީޒަނުގައި އޭނާވަނީ ވިމަންސް ސުޕާ ލީގް އަދި އެފްއޭ ވިމަންސް ކަޕް ކާމިޔާބުކޮއްފައެވެ. ލިންޑާލް ވަނީ ވަނީ 5 ފަހަރު ސްވިޑަންގެ އެންމެ މޮޅު ގޯލްކީޕަރު ކަމުގެ މަގާމުވެސް ހޯދާފައެވެ. މީގެ އިތުރުންވެސް ގައުމީ ޓީމާއި އެކު އޭނާވަނީ 3 ވޯލްޑް ކަޕާއި، 3 އޮލީމްޕިކް ގޭމްސް އާއި ޔޫރަޕިއަން ޗެމްޕިއަންޝިޕްވެސް ކުޅެފައެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ބްރެޒިލްގެ ފޯވާޑް، މާޓާގެ

އެވޯޑަށް ވާދަކުރާ 31 އަހަރުގެ ބްރެޒިލްގެ ފޯވާޑް މާޓާ އަކީ ފާއިތުވި 20 އަހަރުގެވެސް ދުނިޔޭގެ އެންމެ މަޝްހޫރު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2006 އިން 2010 އަށް، ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ވިދިވިދިގެން 6 ފަހަރު ހޯދާފައެވެ. އޭނާ ވަނީ ފާއިތުވި އަހަރި އަމިއްލަ ގައުމު ބްރެޒިލްގައި ބޭއްވި ރިއޯ އޮލީމްޕިކްސްގައި އެޓީމު މުބާރާތުގެ 4 ވަނައަށް ގެންދިއުމަށްޓަކާ ބުރަ މަސައްކަތްތަކެއް ކޮއްފައެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކެނެޑާގެ ފޯވާޑް، ކްރިސްޓައިން ސިންކްލައަރ

އެވޯޑަށް ވާދަކުރާ 33 އަހަރުގެ ކްރިސްޓައިން ސިންކްލެއާ އަކީ ފާއިތުވި އަހަރުގެ އޮލީމްޕިކްސްގައި ކެނެޑާއަށް ދެވަނަ ފަހަރަށް ބްރޯންސް މެޑަލް ހޯދައިދިން ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ އެވެ. ކެނެޑާއިން އެގައުމުގެ އަންހެން ފުޓުބޯޅާގައި މިހާތަނަށް ފީފާ ރޭންކިންގައި ހޯދި އެންމެ މަތީ މަގާމް ހޯދާފައިވަނީ ސިންކްލެއާގެ ކެޕްޓަން ކަމުގެ ދަށުގައެވެ. އޭނާ ވަނީ އޭނާގެ ކެޕްޓަން ކަމުގެ ދަށުގައި ކެނެޑާއަށް ފީފާ އަންހެން ރޭންގިންގެ 4 ވަނަ ހޯދައިދީފައެވެ. އަދި އޭނާ ވަނީ އޭނާ ކުޅޭ ކުލަބު ކަމަށްވާ ޕޯޓްލޭންޑް ތޯންސް އަށް ޔުނައިޓެޑް ސްޓޭޓްސްގެ އެން.ޑަބްލިއު.އެސް.އެލް ޝީލްޑް ހޯދައިދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮއްދީފައެވެ. އޭނާ އަކީ މިހާތަނަށް ދެވަނައަށް އެންމެ ގިނަ ބައިނަލްއަގްވާމީ ގޯލު ޖަހާފައިވާ އަންހެން ކުޅުންތެރިޔާއެވެ. ކްރިސްޓައިން ސިންކްލެއާ ވަނީ ބައިނަލްއަގްވާމީ 167 ލަނޑު ކާމިޔާބުކޮއްދީފައެވެ.

ބީބީސީ ސްޕޯޓްސްގެ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންނަށް ވޯޓް ދިނުމުގެ މުއްދަތު މިމަހުގެ 15 ވާ ހޯމަދުވަހު ހަމަވާއިރު، އެވޯޑް ލިބޭ ކުޅުންތެރިޔާ އިއުލާން ކުރާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު