Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންހެނުންގެ ދުވަހުގެ ހަރަކާތްތައް

އަންހެނުންގެ ދުވަހު އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ޚާއްސަ ހަރަކާތެއް ބާއްވަނީ

6 މާރިޗު 2023 | ހޯމަ 14:51

މިހަރަކާތް ކުރިޔަށްދާނީ 8 މަރޗް ވާ ބުދަ ދުވަހުގެ ހަވީރު 4ން 6ށް އެމްޑީޕީ ހަރުގޭގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 މާރިޗު 2023 | ހޯމަ 14:51
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މިއަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ.

މިހަރަކާތް ކުރިޔަށްދާނީ 8 މަރޗް ވާ ބުދަ ދުވަހުގެ ހަވީރު 4ން 6ށް އެމްޑީޕީ ހަރުގޭގައިކަމަށެވެ. މިހަރަކާތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވިދާޅުވީ މާލޭގައި އެދުވަހު މިހަރަކާތް ކުރިޔަށްދާއިރު ހަމައެވަގުތު ރަށްރަށުގައިވެސް މިހަރަކާތް ކުރިޔަށްދާނެކަމަށެވެ.

މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު އެންމެ މުހިންމު ބޭނުމަކަށްވަނީ އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކަން އިތުރުކުރުންކަމަށެވެ. މިއަހަރުގެ އދ ގެ ތީމަކަށް ކަނޑައަޅާފައިވަނީ "ޑިޖިޓަލް އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އިކުއަލިޓީ" އެވެ.

ރޮޒައިނާ ވިދާޅުވީ އޭގެތެރޭގައި ޓެކްނޮލޮޖީގެ ސަބަބުން އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި ކުރިއެރުންތަކާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން އިތުރަށް ހޭލުންތެރިކުރުވުން ހިމެނޭކަމަށެވެ. މީގެއިތުރުންވެސް އިތުރު އެހެން ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އެމްބްރޭސް އިކިޔުޓީ" އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުވުމަށް ބޭނުންވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ހަމަހަމަކަން ގެނެސްދިނުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް އިސްކަންދޭންޖެހޭކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެންމެން ފަށަނީ އެއް ހިސާބަކުން ނޫންކަން ދެނެގަނެ ހަމަހަމަކަން ގެނައުމަށް އެކި މީހުންނަށް އެކިވަރުގެ އެހީތެރިކަން ބޭނުންވާކަން މީހުންނަށް ވިސްނައިދިނުމަށް ހޭލުންތެރިކުރުވަންޖެހޭކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މިހަރަކާތަކީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންނަށް އެކަނި އަދި އަންހެނުންނަށް އެކަނި ޚާއްސަކޮށްފައިވާ ހަރަކާތެއް ނޫންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މިހަރަކާތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާކަމަށާއި ބޭނުމަކީ މިކަންކަމާއި ގުޅޭގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކުރުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް