Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯން ރީސްޓަރަކްޗަރ ކުރުން

ނަގާފައި ހުރި ލޯނުތައް އިތުރަށް ރީސްޓްރަކްޗަރ ކުރުމުގެ ވިސްނުމެއް ނެތް - އަމީރު

ކުރިން ނަގާފައި ހުރި ދަރަނި މިހާރުވެސް ދަނީ މާކެޓުގައި އެ ގަބޫލުކުރާނެ ގޮތަށް ރީސްޓްރަކްޗަރ ކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 މާރިޗު 2023 | ހޯމަ 09:54
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބެޖެޓު ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބެޖެޓު ހުށަހަޅުއްވަނީ

ރާއްޖެއިން ނަގާފައިވާ ލޯންތައް އިތުރަށް ރީސްޓްރަކްޗަރ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ހޯމަ ދުވަހުގެ ޖަލްސާގައި މެންބަރު ގާސިމް ކުރެއްވި ސުވާލަކީ ރައްޖެއިން ނަގާފައި ހުރި ދަރަނި ރީސްޓްރަކްޗަރ ކުރަން ވަރަށް ގިނަ ފަރާތްތަކުން އެބަ ގޮވާލާ ކަމަށެވެ. އަދި މަޖިލީހުގައިވެސް ގަރާރެއް އެބައުޅޭ ކަމަށާއި، މިއީ އެވަގުތުތޯއެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ރާއްޖެއަށް އެންމެ ރަނގަޅު އަދި އިގްތިސާދަށްވެސް އެންމެ ރަނގަޅުވާނެ ގޮތަށް ކުރިން ނަގާފައި ހުރި ދަރަނި މިހާރުވެސް ދަނީ މާކެޓުގައި އެ ގަބޫލުކުރާނެ ގޮތަށް ރީސްޓްރަކްޗަރ ކުރަމުން ކަމަށެވެ. އެހެންކަމުން، ލޯންތައް އިތުރަށް ރީސްޓްރަކްޗަރ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން މީގެ ކުރިން ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދުގެ ހާލަތު ދަށަށް ދިޔަނަމަވެސް ރާއްޖެއިން ނަގާފައިވާ ލޯނުތައް ނުދެއްކޭނެފަދަ ހާލަތެއް އޮތްކަމަށް ލަފާނުކުރެވޭ ކަމަށެވެ. އަމީރު ވިދާޅުވީ އައިއެމްއެފްއާއި ވޯލްޑް ބޭންކުފަދަ ތަންތަނުން ނެރެފައިވާ ރިޕޯޓްތަކުން، ރާއްޖެއިން ނަގާފައިވާ ލޯނުތަކުން ކުރު ރާސްތާގައި ގެއްލުމެއް ނުވާނެކަން އެނގެން އެބައޮތްކަަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު އިތުރަށް ބޮޑުވެގެން ދާނެކަމަށާއި، 2026ށް ދާއިރު އެ ފަންޑުގައި 600 މިލިއަން ޑޮލަރާ ކައިރިކުރާ އަދަދެއް ހުންނާނެކަމަށް ބެލެވޭކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލޯން ރިޕޭމެންޓާއި، ރާއްޖޭގެ ޑެބްޓް ސަރވިސަސްގައި ރިސްކެއް ނެތް ކަމަށެވެ. ޝޯޓް މީޑިއަމް ޓަރމްގައި ރާއްޖެއަށް ރިސްކެއް ނެތްކަން ރިޕޯޓްތަކުން ފާހަގަވާނެ ކަމަށާއި، އެންމެ ގާތުން ޑެބްޓް ސަރވިސްގެ ހައިކެއް އަންނަނީ 2026 ވަނަ އަހަރު ކަމަށެވެ. އޭގަވެސް 2021 ވަނަ އަހަރު ހިންގިހެން ލައިބަލިޓީ އެކްސަރސައިޒްއެއް ހިންގައިގެން ޕްރޯއެކްޓިވްކޮށް އެކަން ހައްލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރު އައުމަށްފަހު ސޮއިކޮށްފައިވާ ލޯނު އެއްބަސްވުންތަކަކީ ނިސްބަތުން ލުއި އެއްބަސްވުންތަކެއްކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓަރު އަމީރު ފާހަގަކުރެއްވިއެވެ. އަދި އެ ލޯނުތަކުގެ އިންޓްރަސްޓް ރޭޓުތައްވެސް ނިސްބަތުން ކުޑަކަމަށް އަމީރު ވިދާޅުވިއެވެ. ހަމައެހެންމެ މިހާރު ނަގާފައިވާ ލޯނުތަކުގައި ލޯނު ދައްކަންޖެހޭ މުއްދަތުވެސް ދިގުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު