Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް

ޕެނަލްޓީ ޖަހައިގެން ތާޖުއްދީން ބަލިކޮށް، ސެމީ ފައިނަލްގެ ފަހު ޖާގަ ރެހެންދި އަށް

ރެހެންދިން ފަސް ޕެނަލްޓީ ކާމިޔާބު ކުރިއިރު، ތާޖުއްދީނަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މާރިޗު 2023 | ހޯމަ 04:44
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ތެރެއިން

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ރެހެންދި ސްކޫލް އިން ހޯދައިފި އެވެ.

ރެހެންދިން ސެމީގެ ފަހު ޖާގަ ހޯދީ އާދިއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ޕެނަލްޓީ ޖަހައިގެން ތާޖުއްދީން ސްކޫލް ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ތާޖުއްދީނުންނެވެ. އެއީ މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމުގެ ލޫތް ބިން ސައުދު ޖެހި ލަނޑުންނެވެ. އޭގެ ފަހުން ރެހެންދި އަށް މެޗުގެ ނަތީޖާ ހަމަހަމަވީ ތާޖުއްދީންގެ ގޯލް ކީޕަރު މުޙައްމަދު ޝައިބާން ޢަބްދުއް ޝުކޫރުގެ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ދެ ވަނަ ހާފަށް ނުކުމެ ތާޖުއްދީނަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ 43 ވަނަ މިނެޓުގައި އަޙުމަދު އަމަން އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ރެހެންދި އަށް ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ ހައިޒޫމް ޙަސަން އެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ރެހެންދިން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ މުޙައްމަދު މައީޝް، އަޔާން ޙަސަން ޝަރީފް، އާދަމް މައިޝަން މުޙައްމަދު، މުޙައްމަދު ރަފާހް އަޝްރަފް އަދި އިބްރާހީމް އަރުޝާން ނަޝާދުގެ ޕެނަލްޓީ އެވެ. ތާޖުއްދީނަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެއީ އަމަން، ސަމާޙު މުޙައްމަދު އަދި އަލީ އަފްލާހް އަނީލްގެ ޕެނަލްޓީ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގައު ރެހެންދިން ކުޅެން ޖެހޭނީ އިސްކަންދަރު ސްކޫލާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު