Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް

ޕެނަލްޓީގައި ގުރައިދޫ ބަލިކޮށް، ސެމީ ފައިނަލްގެ ދެ ވަނަ ޖާގަ މަޖީދިއްޔާ އަށް

މަޖީދިއްޔާ އިން ފަސް ޕެނަލްޓީ ކާމިޔާބު ކުރިއިރު، ގުރައިދޫ އަށް ކުރެވުނީ ހަތަރު ޕެނަލްޓީ ކާމިޔާބު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2023 | އާދީއްތަ 06:34
އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ތެރެއިން

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ތެރެއިން

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ގުރައިދޫ ބަލިކޮށް، މަޖީދިއްޔާ އިން ސެމީ ފައިނަލްގެ ދެ ވަނަ ޖާގަ ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި މަޖީދިއްޔާ އިން ގުރައިދޫ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ގުރައިދޫންނެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ނައްވާފް އަބްދުއް ރަޝީދު ވަނީ ގުރައިދޫ އަށް ލީޑު ނަގައިދީފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ގުރައިދޫ އަށް ލީޑު ފުޅާކޮށްދިނީ ވެސް ނައްވާފް އެވެ. މެޗުގެ ފުރަތަހަ ހާފު ނިމުނީ 2-0 އިން ގުރައިދޫ ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފަށް ނިކުމެ މަޖީދިއްޔާ އިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި މަޖީދިއްޔާ އަށް ފަރަގު ކުޑަކޮށްދިނީ ތަމްހީދު އަލީ ޝަފީޤު އެވެ. އޭގެ ފަހުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޢަބްދުﷲ އާއިޝް އަލީ އެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މަޖީދިއްޔާ އިން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ މުޙައްމަދު މާއިން މުޖުތަބާ ، އާއިޝް، އިސްމާއީލް ނާޒިލް ނަޒީފް، މުޙައްމަދު ޔޫހު ރަޝީދު އަދި މުޙައްމަދު އައިދީން އަލީގެ ޕެނަލްޓީ އެވެ. ގުރައިދޫ އަށް ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. އެއީ ޒައުލް އަޙުމަދު ޝަޒީމް، އަޙުމަދު މަނާލް އިބްރާހީމް، ނައްވާފް އަދި މުޙައްމަދު ޖައިޝް ޖައުދުގެ ޕެނަލްޓީ އެވެ.

މުބާރާތުގެ ފުރަތަމަ ސެމީ ގައި މަޖީދިއްޔާ ނިކުންނާނީ ފުރަތަމަ ކުއާޓާ އިން މޮޅުވި ކަލާފާނާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު