Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮނާލްޑޯ

އަނެއްކާ ވެސް ރޮނާލްޑޯގެ ދީލަތި އެހީއެއް، މިފަހަރު ތުރުކީ އާއި ސީރިއާ އަށް

އެހީގެ ގޮތުގައި ރޮނާލްޑޯ ފޮނުވި ސާމާނުގެ އަގު ގާތް ގަނޑަކަށް 350,000 (ތިން ލައްކަ ފަންސާސް ހާސް) ޑޮލަރަށް ވުރެ މައްޗަށް އަރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 މާރިޗު 2023 | އަންގާރަ 02:26
އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ، ގާތްގަނޑަކަށް ތިން ލައްކަ ފަންސާސް ހާހެއްހާ ޑޮލަރުގެ އެހީ ވަނީ ތުރުކީ އާއި ސީރިއާ އަށް ފޮނުވާފައި

އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ، ގާތްގަނޑަކަށް ތިން ލައްކަ ފަންސާސް ހާހެއްހާ ޑޮލަރުގެ އެހީ ވަނީ ތުރުކީ އާއި ސީރިއާ އަށް ފޮނުވާފައި

ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަބަދު ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ. މޮޅު ކުޅިވަރު ޝަޚުސިއްޔަތެކެވެ. ލާމަސީލު އޯގާތެރި، އެހީތެރިއެކެވެ.

އަބަދު ވެސް ރޮނާލްޑޯ އަކީ ހާލުގައި ޖެހިފައިވާ އެކިއެކި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މިސާލެކެވެ. ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ކުޑަ ކުއްޖަކަށް ރޮނާލްޑޯ ވެދިން އެހީތެރިކަމާއި، އަމިއްލަ ޤައުމުގައި ކޯވިޑުގެ ދަތި ދުވަސްވަރު ޞިއްޙީ ދާއިރާ އަށް ވެދިން އެހީތެރިކަމުން ގޮސް، އެ ޤައުމުގެ ކެންސަރު ސެންޓަރަށް ވެދިން އެހީ އަކީ ކުޑަ މިންވަރެކެވެ. މިފަހަރު ރޮނާލްޑޯގެ އެހީތެރިކަން ފޯރީ ތުރުކީ އާއި ސީރިއާ އަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 51،000 ހާހަށްވުރެ މައްޗަށް ވަނީ އަރައިފަ އެވެ. އަދި އެކިވަރުގެ އަނިޔާތައް ލިބުނު މީހުންގެ އަދަދު އެއްލައްކައަށް ވުރެ ގިނަ އެވެ. ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ވަނީ އެހީގެ ބޮޑު ޝިޕްމަންޓެއް، ކާގޯ ބޯޓެއްގައި އެ ޤައުމުތަކަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ޓެންޓު، ކާނާ ޕާރުސަލް، ބާލީސް، ރަޖާ، ކުޑަ ކުދިންގެ ކާނާ، ކިރު އަދި ޞިއްޙީ އެހީތެރިކަމަށް ބޭނުންވާ ސާމާނު ހިމެނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެހީގެ ގޮތުގައި ރޮނާލްޑޯ ފޮނުވި ސާމާނުގެ އަގު ގާތް ގަނޑަކަށް 350,000 (ތިން ލައްކަ ފަންސާސް ހާސް) ޑޮލަރަށް ވުރެ މައްޗަށް އަރާނެ އެވެ. މީގެ އިތުރުން އެމީހުން ބުނި ގޮތުގައި ރޮނާލްޑޯ އަކީ އެހެން ކުޅިވަރު ޝަޚުސިއްޔަތުންނާއި، މުއްސަނދިންނަށް ވެސް ނަމޫނާ އެއް ކަމަށެވެ. އޭގެ ތެރެއިން މީހަކު ބުނި ގޮތުގައި ރޮނާލްޑޯ ސާބިތުކޮށްދިނީ ކޮންމެ މީހަކަށް ވެސް ހާލުގައި ޖެހިފައިވާ ބަޔަކަށް ކޮންމެ ވެސް މިންވަރެއްގެ އެހީއެއް ފޯރުކޮށްދެވިދާނެކަން ކަމަށެވެ.

އުމުރުން 38 އަހަރުގެ ކުޅުންތެރިޔާގެ އެހީ އެ ޤައުމުތަކަށް ފޮނުވުމާއެކު، ކުޅިވަރުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އަންނަނީ ރޮނާލްޑޯ އަށް ޝުކުރުގެ މެސެޖުތައް ފޮނުވަމުންނެވެ. އަބަދު ވެސް ރޮނާލްޑޯ ފާހަގަވެފައި ވަނީ މުސްލިމުންނަށް ވެސް އިހުތިރާމް ކުރާ، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އޯގާތެރި ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި މީހުން ވަނީ ރޮނާލްޑޯ އަށް އަބަދު ވެސް ހެޔޮ ގޮތް ވުމަށް އެދިފަ އެވެ. އެމީހުން ބުނީ ރޮނާލްޑޯ އަކީ ފުޓުބޯޅަ ކުޅުންތެރިޔެއްގެ އިތުރުން އިންސާނީ ނަމޫނާ އެއް ކަމަށެވެ. މީގެ އިތުރުން އަބަދު ވެސް ރޮނާލްޑޯ އަށް ތަނަވަސްކަމަށް އެދޭ ކަމަށް ވެސް އެމީހުން ވަނީ ބުނެފަ އެވެ.

ރޮނާލްޑޯގެ އިތުރުން ވެސް ފުޓުބޯޅައިގައި ހަރަކާތްތެރިވާ އެކި އެކި ކުޅުންތެރިންނާއި، ލެޖެންޑުން ވަނީ އެ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

ސެޕްޓެމްބަރު 19-20 ގެ ހާދިސާއަށް މިފަހަރު އެމްޑީޕީ ހަނުހިމޭން ވެފައި!

20 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު