Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ތުރުކީއަށް އައި ބާރުގަދަ ބިންހެލުން

ގިނަ ކަސްޓަމަރުން މިއަދު ދުނިޔެއަކު ނެތެވެ. ވިޔަފާރި ކުރާނެ ފިހާރައެއްވެސް ނެތެވެ. ނަމަވެސް ޝަކުވާއެއް ނެތެވެ!

އިލީފް ގާތުން ޤަވައިދުން ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރެއިން ގިނަ މީހުން ވަނީ، ރެކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމުގައި މި ދުނިޔެ ދޫކޮށްފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2024 | ބުރާސްފަތި 04:26
އިލީފް މުތުލޫ؛ ތުރުކީ ބިންހެލުމުގައި ފުރާނަ ސަލާމަތްވި ވިޔަފާރިވެރިއެއް

އިލީފް މުތުލޫ؛ ތުރުކީ ބިންހެލުމުގައި ފުރާނަ ސަލާމަތްވި ވިޔަފާރިވެރިއެއް

އެއީ ފެބުރުއަރީ މަހުން 6 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެވެ. މެންދަމުން އަލިވަމުން ދިޔައިރު އެންމެންހެން ތިބީ އަރާމު ނިންޖެއްގައި ނިދާފައެވެ. ނަމަވެސް، ހިނދުކޮޅެއްގެ ތެރޭގައި އެތައް މިލިއަން ބައެއްގެ ދިރިއުޅުން އެ ފުށް މި ފުށަށް ޖެހިގެން ދިޔައެވެ. މި ފަހުގެ ތާރީޚުގައި ތުރުކީވިލާތުގެ ތާރީޚު ދުށް އެންމެ ބާރުގަދަ ބިންހެލުމުގެ ކާރިޘާގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބުނު އެއް ރަށަކީ ކަހްރަމަންމަރާސްއެވެ.

ބިންހެލުމުގެ އެޕިސެންޓަރަށްވެސް ވި ކަހްރަމަންމަރާސްއަކީ، އިލީފް މުތުލޫގެ އުފަން ރަށެވެ. ބިންހެލުމުގައި، އިލީފްއާއި އޭނާގެ ޢާއިލާގެ ހުރިހާ މުދަލަކާއި މިލްކިއްޔާތެއް ސުންނާފަތިވިއެވެ. މުޅިން ހުސް އަތާހެން އުފަން ރަށުން ފައިބައިގެން ދިޔުން ނޫން ގޮތެއް އެދުވަހަކު ނެތެވެ. އެ ނާމާން ކާރިޘާއަށް އަހަރެއް ފަހެވެ. ފެހުމުގެ މަސައްކަތުގައި އުޅޭ އިލީފް އަނބުރާ ކަހްރަމަންމަރާސްއަށް ބަދަލުވެ، ދިރިއުޅުން ކޮޅަށް ޖަހަން މަސައްކަތް ފެށިއެވެ. މި ފަހަރު، އޭނާގެ ވިޔަފާރި ކޮޅަށް ޖަހަމުން ދިޔައީ ކޮންޓޭނަރެއްގެ ތެރޭގައެވެ.

ފެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާއިން އިލީފްގެ ހުނަރުތައް އެންމެ ޚާއްޞަ ވަނީ މާޖެހުމާއި، އަލަށް ކައިވެނި ކުރާ އަންހެނުންނަށް މެހްރު ފަރުމާކޮށް ތައްޔާރުކޮށް ދިނުމުގެ ރޮނގުންނެވެ. ކަހްރަމަންމަރާސްގައި އިލީފް ހިންގި ފަހާ ފިހާރަ، ބިންހެލުމުގައި ހަފުސްވިއެއް ކަމަކު، 2 ފަހާ ފޮއްޓެއް ސަލާމަތް ކުރެވުނެވެ. ބިންހެލުމުގައި ބިމަހަމަކޮށްލި ރަށުގައި އިނދެގެން ޢާމްދަނީއެއް ހޯދުމުގެ އުންމީދުގައި، އެ 2 ފަހާ ފޮއްޓާއެކު، އިލީފް ދިޔައީ ކުރިއަށެވެ. 2 ދަރިންގެ މަންމަ، އިލީފްގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ.

އިލީފް ގާތުން ޤަވައިދުން ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރެއިން ގިނަ މީހުން ވަނީ، ރެކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމުގައި މި ދުނިޔެ ދޫކޮށްފައެވެ. ދިރިތިބި މީހުންނަށްވެސް މަޖުބޫރުވީ ކަހްރަމަންމަރާސް ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލުވާށެވެ.

އިޤްތިޞާދީ ގޮތުން ކުރިމަތިލާން ޖެހިފައި އޮތް ތަކުލީފުތަކުގެ ސަބަބުން، ކޮންމެ މީހަކަށްވެސް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ތަކުލީފުތަކެއް ހުރެއެވެ. ވިޔަފާރިތައް ކޮޅަށް ޖަހަން ޖެހެނީ، ސުންނާފަތިވެފައި އޮތް ސިޓީތަކުގައެވެ. ޢިމާރާތްތައްވެސް ބިމާ ހަމަވެފައި ވާ އިރު، ވިޔަފާރި ހިންގޭނެ އިތުރު ގޮތްތައް ހޯދާ، ބަލާ، ތަޖުރިބާ ކުރުން ނޫން ގޮތެއް ވިޔަފާރިވެރިންނަކަށް ނެތެވެ.

ބިންހެލުމުގެ ބޮޑެތި ގެއްލުންތަކެއް ލިބުނު ހަތޭގައި އުޅޭ ފިކްރީތު ގެޒީޖެއަކީ ފޮޓޯ ނެގުމުގެ މަސައްކަތް ކުރާ މީހެކެވެ. ފިކުރީތުވެސް އޭނާގެ ވިޔަފާރި ކޮޅަށް ޖަހަން މަސައްކަތް ފެށިއެވެ. ހަމަ ކޮންޓޭނަރެއްގެ ތެރޭގައެވެ. އަމިއްލަ ސައިކަލު ވިއްކާލައިގެން ލިބުނު ފައިސާކޮޅާ، ރައްކާ ކުރެވިފައި ހުރި އެއްޗެއްގެ ބޭނުންކޮށްގެން އޭނާގެ ސްޓޫޑިއޯ ތަރައްޤީ ކުރިއެވެ. އުފަން ރަށުގައި މަޑުކޮށްގެން ތިބި މީހުންނަށް ބޭނުންވާ ލިޔެކިޔުމުގެ ކަންކަމުގެ ޚިދުމަތްވެސް އޭނާ ފޯރުކޮށްދެމުން ދަނީ އެ ކޮންޓޭނަރުގައެވެ.

ފިކްރީތު ފަދައިން ކޮންޓޭނަރުތަކުގައި ދިރިއުޅެމުންދާ އޭނާގެ އަޚުންނާއި އުޚުތުންވެސް މިއަދު އިންތިޒާރު ކުރަމުން ދަނީ ދާޢިމީ ޢިމާރާތްތައް މަރާމާތުކޮށް، އެތަންތަނަށް ބަދަލު ވެވޭނެ ދުވަހަކަށެވެ.

ތުރުކީވިލާތުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބިންހެލުން އައި ސަރަޙައްދުން 680000 އެއްހާ ގެ ވަނީ ހަލާކުވެފައެވެ. ގެދޮރު ހޯދުމަށް އެދި 390000 ޢާއިލާއަކުން ވަނީ ދަފުތަރު ކޮށްފައެވެ. ފެބުރުއަރީ 6، 2023 ވަނަ ދުވަހުގެ ބިންހެލުމުގައި ތުރުކީވިލާތުގެ 11 ޕްރޮވިންސަކުން ބައި ލައްކައަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު

ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު

15 އެޕްރީލު 2017
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

21 މާރިޗު 2017
ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު