Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތުރުކީ ސޫރިޔާ ބިންހެލުން

ގައުކުނޑިތަކުގެ ދަށުން ނެގި ތުއްތުތުއްތު އަފްރާ މިހާރު ކޮބާ؟

10 ފެބުރުއަރީ 2024 | ހޮނިހިރު 10:01

ޢުމުރުން އަދި ކިރިޔާ އަހަރެއް ވި އަފްރާގެ ޢާއިލާ މި ދުނިޔޭގައި ނެތް ކަމުގެ އިޙްސާސް ނުކުރެވޭ ވަރަށް ބޮޑުދައިތައާއި ބޮޑުދައިތަގެ ފިރިމީހާ، ޚަލީލް އަލް-ސަވާދީ، އަފްރާއަށް ލޯބިދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 10 ފެބުރުއަރީ 2024 | ހޮނިހިރު 10:01
އަފްރާގެ ބެލެނިވެރިކަމާއި ޙަވާލުވީ ބައްޕަ ފަރާތު ބޮޑުދައިތަ ހާލާއާއި، އޭނާގެ ފިރިމީހާ ޚަލީލް

އަފްރާގެ ބެލެނިވެރިކަމާއި ޙަވާލުވީ ބައްޕަ ފަރާތު ބޮޑުދައިތަ ހާލާއާއި، އޭނާގެ ފިރިމީހާ ޚަލީލް

ތުރުކީވިލާތާއި ސޫރިޔާގެ ބައެއް ސަރަޙައްދުތައް ހަފުސްކޮށްލި ވަރުގަދަ ބިންހެލުމަށް އަހަރު ދުވަސް ފާއިތުވެގެން ދިޔައީއެވެ. ސޫރިޔާއަށް އުފަން، ތުއްތުތުއްތު އަފްރާ އަލް-ސަވާދީ، އޭނާގެ ދެބެންގެދެދަރި ކުދިންނާއި އެކީ އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން އެ ދަނީ އޭނާގެ ބޮޑުދައިތައާއި ބޮޑުދައިތަގެ ފިރިމީހާގެ ގޭގައެވެ. މިއަދު އެއީ އަފްރާގެވެސް ގެއެވެ. ފެބުރުއަރީ 6، 2023 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ކާރިޘާގެ ތެރޭގައި އަފްރާގެ މަންމައާއި ބައްޕަ، އަދި އެއްބަނޑު އެއްބަފާ ކުދިން ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

ޢުމުރުން އަދި ކިރިޔާ އަހަރެއް ވި އަފްރާގެ ޢާއިލާ މި ދުނިޔޭގައި ނެތް ކަމުގެ އިޙްސާސް ނުކުރެވޭ ވަރަށް ބޮޑުދައިތައާއި ބޮޑުދައިތަގެ ފިރިމީހާ، ޚަލީލް އަލް-ސަވާދީ، އަފްރާއަށް ލޯބިދެއެވެ. ޚަލީލް ކިޔައިދިން ގޮތުގައި، އެ ޢާއިލާއަށް އައު މެންބަރެއްގެ ގޮތުގައި އިތުރުވި އަފްރާއާއެކު، އޭނާގެ މައިންބަފައިންގެ ހަނދާންތައް އައު ކޮށްދެއެވެ.

ބިންހެލުމުގައި ފުނޑުފުނޑުވެފައި އޮތް ޢިމާރާތްތަކުގެ ދަށުން އަފްރާ ސަލާމަތް ކޮށްގެން ގެންދާ މަންޒަރު ފެންނަ ވިޑީއޯއެއް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ދައުރުވެފައެވެ. ސޯޝަލް މީޑިއާގައި ދައުރު ވަމުން ދިޔަ އެ ވީޑިއޯގައި، ތުއްތުއްތު އަފްރާ ފެންނަނީ ހިރަފުހުން ފޮރުވިފައި ވާތީއެވެ. އޭރު އެއީ ކާކުކަންވެސް ދެނެއެއް ނުގަނެވެއެވެ.

އަލަށް އުފަންވި ތުއްތު ކުއްޖާ ގައުކުނޑިތަކުގެ ތެރެއިން ނެގިތާ މާ ފަހުން، އެއީ ކާކުކަން ދެނެގަތެވެ. އެއީ ޢަބްދުﷲއާއި އަފްރާ މްލެއިހާންގެ ދަރިފުޅުކަން ކަށަވަރު ކުރިއެވެ. ޢަބްދުﷲގެ ދެމަރިންނާއި ދަރިންކޮޅު މަރުވެ ދިޔައީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮންނަ ޖަންދާރިސް އަވަށުގައެވެ.

އަފްރާގެ ބެލެނިވެރިކަމާއި ޙަވާލުވީ ބައްޕަ ފަރާތު ބޮޑުދައިތަ ހާލާއާއި، އޭނާގެ ފިރިމީހާ ޚަލީލްއެވެ. އަދި އެ ދަރިފުޅުގެ ނަމަކަށް އަފްރާ ކިޔަން ނިންމިއެވެ. ތާ އަބަދަށް ވަކިވެ ދިޔަ މަންމަގެ ހަނދާނުގައެވެ.

ޚަލީލްއާއި އޭނާގެ ޢާއިލާ ދިރިއުޅެމުންދާ ޖަންދާރިސްއަކީ ބިންހެލުމުގައި އެންމެ ބޮޑު އަސަރެއް ކުރި އެއް އަވަށެވެ. އޭގެ ފަހުން އަހަރެއް ފާއިތުވި އިރު، އެ ސަރަޙައްދުގެ ދިރިއުޅުމުގެ ޙާލަތު އޮތީ ވަރަށް ދަތިކޮށްކަން، 7 ދަރިންގެ ބައްޕަ ފާހަގަ ކުރިއެވެ.

ތުރުކީވިލާތުގެ ޒަމާނީ ތާރީޚު ދުށް އެންމެ ވަރުގަދަ ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައެވެ. ތުރުކީވިލާތުގެ ދެކުނުގެ ބޮޑު ސަރަޙައްދެއް ބިމާ ހަމަކޮށްލިއިރު، އަވަށްޓެރި ސޫރިޔާއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ތުރުކީވިލާތުން ބައި ލައްކައަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ. ސޫރިޔާއިންވެސް 5900 އެއްހާ މީހުން މި ދުނިޔެއާ ވަކިވިއެވެ. އެތައް މިލިއަން ބައެއްގެ ގެދޮރު ގެއްލި، ޙާލުގަ ޖެހުނެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

09 ޖުލައި 2023

އިންޑިޔާގައި 6000 ކިލޯގެ ދަގަނޑު ބްރިޖެއް ވަގަށްނެގިކަމުގެ ކުށުގައި 4 މީހުން ހައްޔަރުކޮށްފި

09 ޖުލައި 2023
އިންޑިޔާގައި 6000 ކިލޯގެ ދަގަނޑު ބްރިޖެއް ވަގަށްނެގިކަމުގެ ކުށުގައި 4 މީހުން ހައްޔަރުކޮށްފި
22 ޖެނުއަރީ 2023

6 ލައްކަ ޑޮލަރު ވަގަށް ނެގި ބޭންކް މުވައްޒަފަކު އެހެން މީހަކަށް ހެދިގެން އުޅޭތާ 25 އަހަރު ފަހުން އަތުލައިގެންފި

22 ޖެނުއަރީ 2023
6 ލައްކަ ޑޮލަރު ވަގަށް ނެގި ބޭންކް މުވައްޒަފަކު އެހެން މީހަކަށް ހެދިގެން އުޅޭތާ 25 އަހަރު ފަހުން އަތުލައިގެންފި
15 ޖުލައި 2022

ޑިގްރީ ސަނަދަށްފަހު އެއްމާބަނޑު ދެބެން ވިޔަފާރި ފެށީ އެއް ފުރާޅެއްގެ މަތިންނާއި ދަށުން!

15 ޖުލައި 2022
ޑިގްރީ ސަނަދަށްފަހު އެއްމާބަނޑު ދެބެން ވިޔަފާރި ފެށީ އެއް ފުރާޅެއްގެ މަތިންނާއި ދަށުން!
28 އޮކްޓޯބަރު 2021

25 ދުވަހަށްފަހު، ކަފާލާތުގެ ދަށުން އާރްޔަން ދޫކޮށްލައިފި

28 އޮކްޓޯބަރު 2021
25 ދުވަހަށްފަހު، ކަފާލާތުގެ ދަށުން އާރްޔަން ދޫކޮށްލައިފި
22 ސެޕްޓެމްބަރު 2020

ޕޯސްޓަރުތަކުން އަހަރެންގެ ފޮޓޯތައް ކުރިން ނެގި: ސޯނޫ ސޫދް

22 ސެޕްޓެމްބަރު 2020
ޕޯސްޓަރުތަކުން އަހަރެންގެ ފޮޓޯތައް ކުރިން ނެގި: ސޯނޫ ސޫދް
07 އެޕްރީލު 2019

ފިލްމީ ތަރި އަފްރާހު ކުއްލި ގޮތަކަށް މަރުވެއްޖެ

07 އެޕްރީލު 2019
ފިލްމީ ތަރި އަފްރާހު ކުއްލި ގޮތަކަށް މަރުވެއްޖެ
13 ޖުލައި 2018

ދުނިޔޭގެ އެންމެ ފުރަތަމަ ކުލަކޮށް ނެގި އެކްސްރޭ ނިއުޒިލެންޑުގައި ނަގައިފި

13 ޖުލައި 2018
ދުނިޔޭގެ އެންމެ ފުރަތަމަ ކުލަކޮށް ނެގި އެކްސްރޭ ނިއުޒިލެންޑުގައި ނަގައިފި
07 އެޕްރީލު 2018

ކަފާލަތުގެ ދަށުން ސަލްމާން ޚާން ދޫކޮށްލައިފި

07 އެޕްރީލު 2018
ކަފާލަތުގެ ދަށުން ސަލްމާން ޚާން ދޫކޮށްލައިފި
23 ޑިސެމްބަރު 2017

ޗާންދަނީމަގައި ހުންނަ ހޮޓަލެއްގެ ދޮރުފަތް ވަގަށް ނެގި ކަމަށްބުނެ މީހެއްގެ ބޯ ބާލާއިފި

23 ޑިސެމްބަރު 2017
ޗާންދަނީމަގައި ހުންނަ ހޮޓަލެއްގެ ދޮރުފަތް ވަގަށް ނެގި ކަމަށްބުނެ މީހެއްގެ ބޯ ބާލާއިފި
27 ސެޕްޓެމްބަރު 2017

ފިލްމް ފޯ ޗޭންޖްގެ ދަށުން ހެދި ފިލްމުތައް ޕްރިމިއަރކޮށްފި

27 ސެޕްޓެމްބަރު 2017
ފިލްމް ފޯ ޗޭންޖްގެ ދަށުން ހެދި ފިލްމުތައް ޕްރިމިއަރކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް