Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހިމާރު ގާޑިޔާ

އުއްމީދާއި އިލްމު ގުޅާލަދޭ "ހިމާރު ގާޑިޔާ" ދަތުރު!

އެމީހުން އަހަންނަށް ދެނީ 5 ޝެކްލް ވަރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 މާރިޗު 2023 | ހޮނިހިރު 10:06
ހިމާރު ގާޑިޔާ

ހިމާރު ގާޑިޔާ

ފިތި ބާރުވެފައެވެ. ވަޅުގަނޑުތައް ހެދިފައެވެ. އެތަންމިތަނުގައި އެކި ކަހަލަ ތަޣައްޔަރުކަމެވެ. މި ދައްކަނީ ދުނިޔޭގެ އެންމެ ބޮޑު، އަނގަމަތި ހާ ޖަލުގެ ގޮތުގައި ސިފަ ކުރާ ޣައްޒާގެ މަގުތަކުގެ ވާހަކައެވެ. ޣައްޒާގެ މަގެއްމަތިން ހިނގާލުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިންނަށް، މި މަގުތަކަކީ އެންމެ އެކަށީގެންވާ ތަނެއް ކަމުގައި ދެންނެވޭކަށް ނެތެވެ. ނަމަވެސް، އެ ކުދިންނަކީވެސް މަގުތަކުގެ ބޭނުން ހިފަންޖެހޭ ބައެކެވެ. އުޖާލާ މުސްތަގުބަލަކަށް ކުރާ ފޮނި އުއްމީދާއެކު، ތައުލީމީ ހަޔާތުގެ ދަތުރު ކުރަން ޖެހެނީ މި ދެންނެވި މަގުތައް ހުރަސްކޮށްފައެވެ.

2.3 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ޣައްޒާގެ އާބާދީގެ 2 ބައިކުޅަ 1 ބައި ހާ މީހުން ދިރިއުޅެމުން ދަނީ ފަގީރު ހާލުގައެވެ. ސްކޫލް ބަހުގައި ދަރިންގެ ދަތުރުތައް ހަމަޖެއްސުމުގެ ތަނަވަސްކަމަކީ، ކޮންމެ ކޮންމެ މީހަކަށް ލިބިފައި އޮތް ނަސީބެއް ނޫނެވެ. ސްކޫލާ ދުރު ހިސާބުތަކުގައި ދިރިއުޅޭ މިފަދަ ދަރިވަރުންނާއި، ފައިމަގުގައި ހިނގާފައި ސްކޫލަށް ދެވޭވަރަށްވުރެ ކުޑަކުދިންގެ ތެރެއިން، ފަގީރު ހާލުގައި ތިބި ދަރިވަރުންގެ ހައްޓަށް ލުއިކަމެއް ހޯދައިދިން އެކަކީ ލުއާއީ އަބޫ ސަހްލޫލްއެވެ. އަބޫ ސަހްލޫލް ހޯދައިދިން ހައްލަކީ މަޑު ދުވެލީގެ ހައްލެއް ނަމަވެސް، އެއީ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ހައްލެކެވެ. އެ ހައްލަކީ، އަބޫ ސަހްލޫލްގެ "ހިމާރު ގާޑިޔާ"އެވެ.

ފަލަސްތީނަށް ނިސްބަތްވާ، އުމުރުން 33 އަހަރުގެ މި ޒުވާނާ، ކޮންމެ ދުވަހެއްގެ ހެނދުނު، އޭނާގެ ފަސިންޖަރުން އެއްކުރަނީ 3 ފަހަރަށް ފުމެލާ ކަށިގަނޑުގެ އަޑާ އެކީގައެވެ. ޚާން ޔޫނިސް ރެފިއުޖީ ކޭމްޕުން އެ ގާޑިޔަލަށް އަރާ ގިނަ ފަސިންޖަރުންނަކީ ޕްރީސްކޫލް ދަރިވަރުންނެވެ. ބައެއް ދަތުރުތަކުގައި، 15 ވަރަކަށް ކުދިންވެސް ގާޑިޔާއަށް އަރައެވެ.

އަބޫ ސަހްލޫލް، މި މަސައްކަތް ކުރަނީ އިންތިހާ އިޚުލާސްތެރިކަމާ އެކީގައެވެ.

މި ހިދުމަތުން އަބޫ ސަހްލޫލްއަށް ލިބޭ މާ ބޮޑު އާމްދަނީއެއް ނޯވެއެވެ. ނަމަވެސް ހިމާރު ގާޑިޔާ ދުއްވުން ފިޔަވައި އިތުރު އެހެން ގޮތަކުން އޭނާއަށް ވަޒީފާއެއް ލިބެން ނެތްކަމަށް އަބޫ ސަހްލޫލް ކިޔައިދިނެވެ. ސަބަބަކަށް ވަނީ އޭނާގެ ސިއްހީ ހާލަތެވެ. އަބޫ ސަހްލޫލްއަކީ ނާރުތަކުގެ ނިޒާމުގެ މައްސަލަތަކެއް ތަހައްމަލުކުރަމުންދާ ޒުވާނެކެވެ. އޭނާ ދެކޭގޮތުގައި، އޭނާގެ މި ވަޒީފާއަކީ އިޖުތިމާއީ ޚިދުމަތެކެވެ.

އަބޫ ސަހްލޫލްގެ ހިމާރު ގާޑިޔާގައި ދަރުތުކުރާ ދަރިވަރުންގެ އަތުން މަހެއްގެ މައްޗަށް ފީއެއްގެ ގޮތުގައި އޭނާ ނަގަނީ 5 ޝެކްލްއެވެ. އެއީ ގާތްގަނޑަކަށް 1.3 އެމެރިކާ ޑޮލަރެވެ. ސްކޫލް ބަހުގައި ދާނަމަ، މަހު ފީއެއްގެ ގޮތުގައި 40 ޝެކްލް ޚަރަދުކުރަން ޖެހެއެވެ.

ހިމާރު ގާޑިޔާއަކީ މަގުމަތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބަލާއިރު މާ ރައްކާތެރި އެއްޗެއް ނޫނެވެ. މި ގާޑިޔާގައި ދަތުރުކުރަން ޖެހެނީ، ދޭހައި އަތްވަކާއި ވެހޭހައި ވާރެއެއްގެ ތެރޭގައެވެ. ގަދަ ވަޔާއި ހިރަފުސްގަނޑުގެ ތެރޭގައެވެ. ބައެއް ފަހަރު، ގާޑިޔާއިން ބޭރަށް ފުރޮޅާލައިގެން ވެއްޓޭ ފަހަރުވެސް އާދެއެވެ.

ކޮންމެ ހާލެއްގައިވެސް މުސްތަގުބަލަށް ކުރާ ފޮނި އުއްމީދުތައް ހާސިލުކުރެވޭތޯ މަސައްކަތް ކުރަނީއެވެ. ޒުވާނަކު، އޭނާގެ ބަލި ހާލު އުޒުރަކަށް ހަދައި، ސަލާންޖަހަން ނުކުތުމުގެ ބަދަލުގައި، އޭނާއަށް ވީ ވަރަކުން މަސައްކަތެއް ކޮށްގެން އާމްދަނީއެއް ހޯދަނީއެވެ. އިޖުތިމާއީ ޒިންމާވެސް އަދާކުރަމުންނެވެ.

ފަލަސްތީނުގައި ގާނޫނު ހަމަޖެހިފައި އޮންނަ ގޮތުން، އުމުރުން 6 އަހަރާ 15 އަހަރާ ދެމެދުގެ ކުދިން ސްކޫލަށް ހާޒިރުވެ، ތައުލީމު ހާސިލުކުރުން ލާޒިމެވެ. ތައުލީމު ފޯރުކޮށްދިނުމަށް، ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކުގެ އެހީއާއެކު ހިންގަމުންދާ މަޝްރޫއުތަކުގެ ނަތީޖާއެއްގެގޮތުން، ހުޅަނގު އައްސޭރިއާއި ޣައްޒާގައި ލިޔަންކިއަން ދަންނަ މީހުންގެ ނިސްބަތް، މަޑުމަޑުން ނަމަވެސް ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޖީބަށް ލުއި ރަހައަކަށް" ސަމީރުގެ ބައިސްކަލު ގާޑިޔާ

"ޖީބަށް ލުއި ރަހައަކަށް" ސަމީރުގެ ބައިސްކަލު ގާޑިޔާ

25 މާރިޗު 2023
މިޞްރުގެ ފުރަތަމަ އަންހެން މެޓްރޯ ޑްރައިވަރުންގެ ފޮނި އުއްމީދާއި އެއްވަރަށް އަޒުމުވެސް ވަރުގަދަ!

މިޞްރުގެ ފުރަތަމަ އަންހެން މެޓްރޯ ޑްރައިވަރުންގެ ފޮނި އުއްމީދާއި އެއްވަރަށް އަޒުމުވެސް ވަރުގަދަ!

05 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު