Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޝަރީޒް މިނިސްޓްރީ

ވަދު މަސްވެރިކަމާއި ސްޕޯޓްސް ފިޝިންއަށް ޚާއްސަ ކަނދުފަތިތަކެއް ހަރުކުރަން ފަށައިފި

މި ކަނދުފަތިތައް ހަރުކުރަނީ ގއ އަތޮޅާއި ޏ. އަތޮޅާއި އައްޑު އަތޮޅުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 މާރިޗު 2023 | ހުކުރު 10:46
ކަނދުފަތި އެޅުމުގެ މަސައްކަތް ކުރަނީ

ކަނދުފަތި އެޅުމުގެ މަސައްކަތް ކުރަނީ

ވަދު މަސްވެރިކަމާއި ސްޕޯޓް ފިޝިންގއަށް ހާއްސަ ކަނދުފަތިތަކެއް ހަރުކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ކަނދުފަތިތައް ހަރުކުރަނީ ދެކުނުގެ ތިން އަތޮޅެއްގައެވެ. އެއީ ގއ އަތޮޅާއި ޏ. އަތޮޅާއި އައްޑު އަތޮޅުގައެވެ.

ކަނދުފަތި ހަރުކުރުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމާއި ކެއިން ބުއިމުގެ ބޭނުމަށް ރަށާއި ކައިރިން މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12ވަނަ ދުވަހުގެ ނިއަލަށެވެ. މި ޕްރޮގްރާމުގެ ދަށުން 4 ވަދު ކަނދުފަތި އާއި ދޮށީގެ މަސްވެރިކަމަށް ޚާއްޞަ 1 ކަނދުފަތި ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ވަދު ކަނދުފަތި ހަރުކުރުމަށް ހަމަޖެހިފައިވަނީ ގއ. މާމެންދޫގެ އިރުން 4.5 މޭލު ބޭރުގައި އާއި، ޏ. ފުވައްމުލައް އިރުދެކުނު ގައްޔާއި، ސ. ހުޅުމީދޫގެ އިރު ދެކުނުން 6 މޭލު ބޭރުގައި އާއި، ސ. ގަމުގެ ދެކުނުން 5 މޭލު ބޭރުގައެވެ. އަދި ދޮށީގެ މަސްވެރިކަމަށް ކަނދުފަތި އަޅަނީ ސ. ވިލިނގިލީގެ އިރުން 15 މޭލު ބޭރުގައެވެ.

އަލަށް ޤާއިމުކުރާ ވަދު ކަނދުފަތިތަކާއެކު ރާއްޖޭގައި މަސްވެރިކަންކުރުމަށް އަންނަ ފަތުރުވެރިންނަށް މުޅިން އައު ފުރުސަތުތަކެއް ހުޅުވި އެ މަސައްކަތުގައި ޙަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އައު ދޮރެއް ހުޅުވިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. އަދި ކުދި އުޅަނދުފަހަރުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކު މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިވެ އޭގެ ސަބަބުން ކާނާގެ ޔަޤީންކަން އިތުރު ވެގެންދާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އަލަށް ޤާއިމުކުރަންފެށި ވަދު ކަނދުފަތި ފަރުމާކޮށްފައިވަނީ ދުރަށް ފެންނަ ފަދަ ބައްތިއަކާއި، ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ [ރާޑަރ ރިފްލެކްޓަރ] އަކާއި އެކުގައެވެ. ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވާނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިގައެވެ.

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި ވަދު ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން މިއަހަރުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ކަނދުފައްޗަކީ ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ދޮށީގެ މަސްވެރިކަމާއި، ވަދު މަސްވެރިކަމުގައި ޙަރަކާތްތެރިވާ މަސްވެރިންގެ ލާބަޔާއި މަންފާއަށް ޤާއިމްކޮށްފައިވާ ކަނދުފަތިތަކެއް ކަމުގައި ވާތީވެ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާގައި ވާފަދައިން ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށް ޤާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތިތަކަށް ގެއްލުން ވާފަދަ ޢަމަލެއް ނުހިންގުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި އޮއިވާލި ކަނދުފަތީގެ ވިޔުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ 3 މޭލު ސަރަޙައްދުގައި އާންމުކޮށް ދިވެހިންކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެންބާވަތެއްގެ މަސްވެރިކަމެއް ނުކުރުމަށާއި ވަދުމަސްވެރިކަމަށް އަމާޒުކޮށް ޤާއިމްކޮށްފައިވާ ކަނދުފަތިތަކުން ދޮށީގެ މަސްވެރިކަން ނުކުރުމަށް އެމިނިސްޓްރީންވަނީ އިލްތިމާސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

04 އޯގަސްޓު 2017

ހުވަދު އަތޮޅު ރައީސް ޔާމީނާ ދެކޮޅަށް ތެދުވެ ބޮޑު މުޒާހަރާއެއް ކޮށްފި

04 އޯގަސްޓު 2017
ހުވަދު އަތޮޅު ރައީސް ޔާމީނާ ދެކޮޅަށް ތެދުވެ ބޮޑު މުޒާހަރާއެއް ކޮށްފި
04 އޯގަސްޓު 2017

ހުވަދު އަތޮޅު ބައެއް ރަށްރަށުގައި މިއަދު މުޒާހަރާކުރަނީ!

04 އޯގަސްޓު 2017
ހުވަދު އަތޮޅު ބައެއް ރަށްރަށުގައި މިއަދު މުޒާހަރާކުރަނީ!
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
06 މެއި 2017

މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

06 މެއި 2017
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު