Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޭބަރ ރިލޭޝަންސް އޮތޯރިޓީ

ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސް ދޭން ހަނދާންކޮށްދީފި

މިިދިޔަ އަހަރު ރޯދަ އެލަވަންސް ނުދީގެން 65 ޝަކުވާ ހުށަހެޅި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 2 މާރިޗު 2023 | ބުރާސްފަތި 13:13
ލޭބަރ ރިލޭޝަން އޮތޯރިޓީ

ލޭބަރ ރިލޭޝަން އޮތޯރިޓީ

ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސް ދޭން، ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ)އިން ހަނދާންކޮށްދީފިއެވެ.

އެލްއާރްއޭއިން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ; ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ވާ ގޮތުގެ މަތިން، ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް 3000 ރުފިޔާ ދޭންވާނެ ކަމަށެވެ. އެހެން ނަމަވެސް ވަޒީފާ ދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރޯދަމަހުގެ އިނާޔަތް ނުދޭކަމާއި، އިނާޔަތް ދިންކަމުގައި ވިޔަސް ގާނޫނުގައި ބަޔާންކޮށްފައިވާ ވަރަށް ދީފައި ނުވާކަން މީގެ ކުރިންވެސް ފާހަގަކުރެވިފައި ވާކަމަށެވެ.

އެހެންކަމުން، ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅޭ ފަރާތްތަކުން 1444 ވަނަ އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ މަހުގެ އިނާޔަތް ދިނުމަށް އެ އިދާރާއިން ހަނދާންކޮށްދޭކަމަށް އިއުލާނުގައި ވެއެވެ.

އެލްއާރްއޭއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ރޯދަ އެލަވަންސް ނުދީގެން މިދިޔަ އަހަރު އެ އިދާރާއަށް ވަނީ 65 ޝަކުވާ ހުށަހަޅާފައެވެ. އަދި އޭގެ ތެރެއިން 53 މީހުން މަސައްކަތްކުރާ ތަނާ މަޝްވަރާކޮށް އެ މައްސަލަ ހައްލުކޮށްދީފައިވާކަމަށް ވެސް އެ އިދާރާއިން އޭރު ބުންޏެވެ. އަދި އެ ކަމަށް އެއްބާރުލުން ނުދިނުމުން ބައެއް ތަންތަން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

ވަޒީފާއާބެހޭ ގާނޫނު ބުނާގޮތުގައި ރޯދަ އެލަވަންސް ނުދީފިނަމަ އެ ކަމަށް ނަސޭހަތްތެރިވެ، އެ ކަން ތަކުރާރުވެެއްޖެ ނަމަ 5000އާ 50،000އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުންދޭ ހުއްދަ ބާތިލުކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅިދާނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީ

އިތުރަށް ކިޔާލަން

26 މާރިޗު 2023

ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

26 މާރިޗު 2023
ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
24 މާރިޗު 2022

ގާނޫނުގައި ބުނާ އަދަދަށް ރޯދަ އިނާޔަތް ދިނުމަށް ހަނދާންކޮށްދީފި

24 މާރިޗު 2022
ގާނޫނުގައި ބުނާ އަދަދަށް ރޯދަ އިނާޔަތް ދިނުމަށް ހަނދާންކޮށްދީފި
17 ނޮވެމްބަރު 2021

ސަރވިސްޗާޖުގެ މައުލޫމާތު ހުށަހެޅުމަށް އަންގައިފި

17 ނޮވެމްބަރު 2021
ސަރވިސްޗާޖުގެ މައުލޫމާތު ހުށަހެޅުމަށް އަންގައިފި
10 ޖޫން 2021

މުސާރައާއި އިނާޔަތްތައް ނުލިބޭނަމަ ލޭބަރ ރިލޭޝަންސްއަށް ޝަކުވާ ހުށަހެޅުމަށް އެދިއްޖެ

10 ޖޫން 2021
މުސާރައާއި އިނާޔަތްތައް ނުލިބޭނަމަ ލޭބަރ ރިލޭޝަންސްއަށް ޝަކުވާ ހުށަހެޅުމަށް އެދިއްޖެ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު