Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިޔާ އެޕްލިކޭޝަން

ދަނޑުވެރިޔާގެ ނަމުގައި އެޕްލިކޭޝަނެއް ތައާރަފުކުރަނީ

2 މާރިޗު 2023 | ބުރާސްފަތި 10:43

ރަމަޟާން މަހުގެ ފަހުން އެޕްލިކޭޝަން ރަސްމީކޮށް ތައާރަފު ކުރެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 މާރިޗު 2023 | ބުރާސްފަތި 10:43
ކާށިދޫ ދަނޑުބިން

ކާށިދޫ ދަނޑުބިން

"ދަނޑުވެރިޔާ"ގެ ނަމުގައި އެޕްލިކޭޝަނެއް ތައާރަފުކުރުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ނިންމައިފިއެވެ.

ދަނޑުވެރިންނަށް ހާއްސަކޮށްގެން އެޕލްިކޭޝަނެއް ތައާރަފުކުރުމަށް ނިންމާފައިވަނީ، ދަނޑުވެރިކަމާބެހޭ ތަފާތު އެކި ފަންނީ މައުލޫމާތު ދަނޑުވެރިންނާއި ހިއްސާކޮށް، އެފަރާތްތަކާއެކު މިހާރަށްވުރެ ގާތުން މަސައްކަތް ކުރުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެޕްލިކޭޝަންގެ ޒަރީއާއިން ދަނޑުވެރިންނަށް އެ މިނިސްޓްރީއާ މުއާމަލާތުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއެޕްލިކޭޝަންގެ ޒަރީއާއިން، މޫސުމީ ބަދަލުތަކާއި ދަނޑުތައް މުޑުވައްކުރުމުގެ މައުލޫމާތުތަކުގެ އިތުރުން، ދަނޑުވެރިން ބޭނުންވާ ހުރިހާ ފަންނީ މައުލޫމާތު ހިއްސާކުރެވޭނެއެވެ.

މިހާރު ކުރިއަށްދަނީ މިއެޕްލިކޭޝަން ބޭނުންކުރުމަށް ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ކަމަށާއި ރަމަޟާން މަހުގެ ފަހުން އެޕްލިކޭޝަން ރަސްމީކޮށް ތައާރަފު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން އެޕްލިކޭޝަން ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާއިރު، ފާއިތުވި ހަތަރު އަހަރު ދަނޑުވެރިންނަށް ލޯނުގެ ގޮތުގައި 6.88 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ސަރުކާރުގެ ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމުގެ ދަށުން މިހާތަނަށް 25 ފަރާތަކަށް ލޯނު ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކުންފުންޏަކާއި 20 ފިރިހެން ދަނޑުވެރިންނާއި 2 އަންހެން ދަނޑުވެރިންނެވެ.

މި ޕްރޮގްރާމުގެ ދަށުން ކުންފުނިތަކަށް މިހާތަނަށް ދޫކޮށްފައިވަނީ 3،520،820 (ތިން މިލިއަން ފަސް ލައްކަ ވިހި ހާސް އަށްސަތޭކަ ވިހި) ރުފިޔާގެ ލޯނެވެ. ފިރިހެން ދަނޑުވެރިންނަށް 3،216،909 (ތިން މިލިއަން ދެ ލައްކަ ސޯޅަ ހާސް ނުވަސަތޭކަ ނުވަ) ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު، އަންހެން ދަނޑުވެރިންނަށް ދޫކޮށްފައިވަނީ 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާގެ ލޯނެވެ.

ދަނޑުވެރި ނަފާ ލޯނުގެ ޕްރޮގްރާމުގެ ދަށުން، ދަނޑުވެރިންނަށް ދޫކޮށްފައިވާ ޖުމްލަ ލޯނުގެ އަދަދު 6،887،729 (ހަ މިލިއަން އަށް ލައްކަ އައްޑިހަ ހަތް ހާސް ހަތްސަތޭކަ ނަވާވީސް) ރުފިޔާއަށް އަރައެވެ.

ދަނޑުވެރި ނަފާ ޕްރޮގްރާމުގެ ދަށުން ދެމުން އަންނަ ލޯނަކީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްއެމްއީ ބޭންކް) މެދުވެރިކޮށް، ދަނޑުވެރިންނަށް ހާއްސަކޮށްގެން ދެމުން އަންނަ ލޯނެކެވެ. މި ލޯނަށް އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ 18 މާޗު 2019ގައެވެ.

މި ލޯނު ދިނުމުގައި ބަލަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫއުތަކަށެެވެ. އެގޮތުން އަރބަން އެގްރިކަލްޗަރާއި ޕްރޮޓެކްޓެޑް އެގްރިކަލްޗަރާއި ވަރޓިކަލް ގާރޑެނިންގއާއި ޕޯލްޓްރީ ފާމިންގެ އިތުރުން، ގަސް މުޑުވައްކުރާ ނަރސަރީތައް ގާއިމްކުރުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރދަނޑުވެރިން

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
07 އޯގަސްޓު 2023

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

07 އޯގަސްޓު 2023
18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
07 އެޕްރީލު 2023

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ

07 އެޕްރީލު 2023
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް