Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މޫސާ ނަސީރު- ކްރިމިނަލް ކޯޓު

ކުށްވެރިން މުވައްޒަފުންގެ މޫނަށް ކުޅުޖެހުމާއި، 3 ނޮވެމްބަރުގެ ޝަރީއަތާއި، ކުށްވެރިއެއްގެ ސަބަބުން ޓީބީ ޖެހުނުއިރުގެ ހަނދާންތައް

3 ނޮވެމްބަރުގެ ޝަރީއަތުގައި ފެނިގެން ދިޔަ ހަލަބޮލިކަން މިހާރު ސިފަ ނުކުރެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މާރިޗު 2023 | ބުރާސްފަތި 08:02
ކްރިމިނަލް ކޯޓުގެ އިދާރީ މުވައްޒަފެއްގެ މަޤާމު ފުރުއްވަމުން ގެންދެވި މޫސާ ނަސީރު

ކްރިމިނަލް ކޯޓުގެ އިދާރީ މުވައްޒަފެއްގެ މަޤާމު ފުރުއްވަމުން ގެންދެވި މޫސާ ނަސީރު

މޫސާ ނަސީރަކީ ކްރިމިނަލް ކޯޓަށް ހާޒިރުވާ ފަރާތްތަކަށް އާ މޫނަކަށް ނުވާނެއެވެ. ކްރިމިނަލް ކޯޓުގެ އިދާރީ މުވައްޒަފެއްގެ މަޤާމު ފުރުއްވަމުން ގެންދެވި މޫސާ ނަސީރު ޝަރުއީ ދާއިރާއާ ގުޅިވަޑައިގެންނެވީ 1984 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ.

 ޝަރުއީ ދާއިރާއަށް 38 އަހަރާއި، 9 މަހާއި 11 ދުވަހު ޚިދުމަތް ކުރައްވާފައިވާއިރު، ދާދި ފަހުން ގަޟައީ އާ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ އެވޯޑުވެސް ދީފައިވެއެވެ. ޝަރުއީ ދާއިރާގެ ފަރާތުން ދެއްވި މި އެވޯޑު ޙަވާލު ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙެވެ.

ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މޫސާ ވަނީ އޭނާގެ ވަޒީފާގެ އުސްއަލިތަކާ ގުޅޭ ބައެއް ވާހަކަތައް ހިއްސާ ކުރައްވާފައެވެ. ޝަރުއީ ދާއިރާގައި މޫސަ ފުރަތަމަ ވަޒީފާ އަދާ ކުރެއްވީ ޖަސްޓިސް މިނިސްޓްރީން އެކުލަވާލާފައި އޮތް 8 ކޯޓުގެ ތެރެއިން "ކޯޓު ނަންބަރު 6" ގައެވެ. އެއީ ޖިނާއީ މައްސަލަތައް އޭރު ބަލަމުން ދިޔަ 3 ކޯޓުގެ ތެރެއިން އެއް ކޯޓެވެ.

އެ ކޯޓުތައް އުވާލައި 4 ކޯޓު އުފެއްދެވުމުން ދެން މަސައްކަތް ކުރެއްވީ "ކޯޓު ނަންބަރު 3" ގައެވެ. އެއީ ޖިނާއީ މައްސަލަތައް ބަލަމުން ދިޔަ އެއް ކޯޓެވެ.

 އެ ކޯޓުތައް އުވާލުމުން ދެން އުފެދިގެން ދިޔަ އާއިލާއާ ބެހޭ ކޯޓުގައި މަސައްކަތް ކުރެއްވުމަށްފަހު، ދެން ވަޑައިގަތީ ހަމަ އޭރު އުފެދިގެން ދިޔަ ޖިނާއީ ކޯޓަށެވެ. ޖިނާއީ ކޯޓު އުވާލައި ކްރިމިނަލް ކޯޓު އުފެއްދެވި ހިސާބުން މިއަދާ ހަމައަށް މޫސަ ވަޒީފާ އަދާ ކުރެއްވީ ކްރިމިނަލް ކޯޓުގައެވެ.

ނޮވެމްބަރު 3 ގެ އުުދުވާނީ ޙަމަލާގެ ޝަރީއަތްތައް ހައިކޯޓުގައި ބަލަމުން ދިޔައިރު ޖުޑީޝަރީގެ މުވައްޒަފުންގެ ޓީމެއް އެކުލަވާލިއިރު، މޫސަވެސް ވަނީ އެ މަސައްކަތުގައި ބައިވެރިވެފައެވެ. އެ މައްސަލައިގެ ޝަރީއަތް 8 މަސް ދުވަސް ވަންދެން ކުރިއަށްދިޔައިރު، އެ ހުރިހާ ދުވަހެއްގައި މޫސަވެސް ވަނީ މައްސަލައާގުޅޭ އިދާރީ މަސައްކަތުގައި އަމަލީ ގޮތުން އުޅުއްވާފައެވެ.

 މޫސަ ސިފަކުރެއްވި ގޮތުގައި އެ މައްސަލައިގެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށްދިޔައިރު، މުޅި ކޯޓު ސަރަޙައްދު އޮތީ ފުރާލާފައެވެ. މުޅި އެ ތަނުން ފެނިގެން ދިޔަ ހަލަބޮލިކަން މިހާރު ސިފަ ނުކުރެވޭނެކަމަށް އޭނާ ބުނެއެވެ.

ސުޕްރީމް ކޯޓު އުފެދިގެން ދިޔައީވެސް މޫސަ ކްރިމިނަލް ކޯޓުގައި އުޅުއްވަނިކޮށެވެ. ހައިކޯޓެކޭ އެއްގޮތަށް ސުޕްރީމް ކޯޓުގައިވެސް މުވައްޒަފުން ހަމަޖެހި، ކަންކަން ހަމައަކަށް އެޅުވުމަށްޓަކައި ޖުޑީޝަރީގެ މުވައްޒަފުންގެ ޓީމެއް އެކުލަވާލިއިރު، އެ ޓީމުގަައިވެސް މޫސަ ވަނީ މަސައްކަތް ކުރައްވާފައެވެ. އެ ކޯޓަށް ދާއިމީ މުވައްޒަފުން އައިސް ހަމަޖެހުމުން ދެން އަނެއްކާވެސް މޫސަ މަސައްކަތް ކުރެއްވީ ކްރިމިނަލް ކޯޓުގައެވެ.

ކްރިމިނަލް ކޯޓުން މޫސަ ރިޓަޔަރ ކުރެއްވީ 15 ފެބްރުއަރީ 2023 ގައެވެ.

ކްރިމިނަލް ކޯޓުގެ މުއްދަތު ސެކްޝަންގައި މަސައްކަތް ކުރައްވާފައިވާއިރު، ބައެއް ފަހަރު މުޅި ދުވަހުވެސް ކޯޓުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް މޫސަ ވިދާޅުވިއެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި ދުވަސްވަރު، މެދުނުކެނޑި 24 ގަޑިއިރަށްވުރެ ގިނަ ވަގުތު ކޯޓުގައި އުޅުއްވަން ޖެހިވަޑައިގެންނެވިކަން މޫސަ ފާހަގަ ކުރެއްވިއެވެ.

ގިނަ ވަގުތު ވަޒީފާގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، އެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ އަނބިކަނބަލުންނާއި އާއިލާކަމަށް މޫސަ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ވަޒީފާ އަދާ ކުރައްވަން އުޅުއްވުމުގެ ތެރޭގައި މޫސައަށް ޓީބީވެސް ޖެހުނެވެ. އެގޮތުން ޖަލުން ގެނައި ކުށްވެރިއެއްގެ ސަބަބުން މުޅި ކޯޓު އެލާޓަށް އައިސް، ކޯޓުގެ ވަރަށް ގިނަ މުވައްޒަފުން ޓެސްޓު ހަދައި، ބޭސްކާން ޖެހުނުކަމަށް މޫސާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓަކީ އޭގެ ޒާތުގައި ގިނަ ކުށްވެރިންނާއި، ކުށުގެ ވެއްޓާއި ގުޅުންހުރި ފަރާތްތައް އަންނަ ކޯޓެކެވެ. ގިނަ ފަހަރު ކުށުގެ ތުހުމަތުގައި ގެނެވޭ ފަރާތްތަކާއި، މައްސަލައިގެ އަޑުއެހުންތަކަށް އަންނަ ފަރާތްތަކުގެ ރުޅިއާ ކުރިމަތިލާން ޖެހޭ އެއް ބަޔަކީ ކޯޓުގެ އިދާރީ މުވައްޒަފުންނެވެ.

 މޫސަވެސް ވަނީ އެފަދަ ބައެއް މަންޒަރުތައް ދެކެފައެވެ. މުވައްޒަފުން މަސައްކަތް ކުރާ ވޯކްސްޓޭޝަންތައް ހަލާކު ކުރުމާއި، ކޮމްޕިއުޓަރ ސިސްޓަމްތައް ހަލާކު ކުރުމާއި، މުވައްޒަފުންގެ މޫނަށް ކުޅު ޖެހުން ފަދަ އެތައް މަންޒަރެއް މޫސައަށްވެސް ފެނިފައިވެއެވެ.

މޫސަ ވިދާޅުވާ ގޮތުގައި ކްރިމިނަލް ކޯޓުގައި އެންމެ ހަނދާނުން ފުހެލަން ދަތި ދުވަސްވަރަކީ ރާއްޖެއަށް އަލަށް ކޮވިޑު-19 ބަލި އައުމާ ގުޅިގެން ކޯޓުގެ މަސައްކަތްތަކަށް އެއައި ކުއްލި ބަދަލާއި، އެ ޙާލަތެވެ. އެއީވެސް ހިތުން ފިލުވާލަން ދަތި ދުވަސްތަކެއްކަމަށް މޫސަ ވިދާޅުވިއެވެ.

އޭރު މުވައްޒަފުން ގޭގައި މަސައްކަތްކުރީ ކޯޓުގައި އަމަލީ ގޮތުން 4 މުވައްޒަފުން ނެރިގެންނެވެ. ކްރިމިނަލް ކޯޓުގެ މުޅި ޓީމަކީ ޖުޑީޝަރީގެ ނަމޫނާ ޓީމެއް ގޮތުގައި މޫސަ ސިފަ ކުރައްވައެވެ.

މުއްދަތު ސެކްޝަންގައި މަސައްކަތް ކުރައްވަމުން ގޮސް، ކޯޓުގެ މޫނުމަތިކަމަށްވާ ރިސެޕްޝަނަށް އޭނާ ބަދަލު ކުރެއްވީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ. މުއްދަތު ސެކްޝަނާ އަޅާބަލާއިރު، ރިސެޕްޝަންގެ މަސައްކަތްތައް ލުއިކަމަށް މޫސަ ވިދާޅުވިއެވެ. އުމުރާއި ސިއްޙީ ޙާލަތަށް ބަލާއިރު މޫސަވެސް ހުންނެވީ އެފަދަ ފުރުސަތަކަށް އެދިއެދިއެވެ.

ރިސެޕްޝަންގައި ކުރެއްވި މަސައްކަތްތަކަކީވެސް ނުހަނު ޝައުޤުވެރިވާ މަސައްކަތެއް ކަމަށް މޫސަ ވިދާޅުވިއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އެތައް އައު މޫނުތަކެއް ފެންނައިރު، ކޮންމެ މީހަކާވެސް މޫސަ ވާހަކަ ދައްކަވަނީ މަޑުމައިތިރިކަމާއި ހިނިތުންވުމާއެކުގައެވެ. ކްރިމިނަލް ކޯޓަށް ޝަރީއަތްތަކަށް ދާ ނޫސްވެރިއެއްގެ ޙައިސިއްޔަތުން އަޅުގަނޑަށްވެސް އެކަން ފާހަގަވެއެވެ.

ޝަރުއީ ދާއިރާއަށް ވަންނަން ބޭނުންވާ މުވައްޒަފުންނަށް މޫސަ ދެއްވާ މެސެޖަކީ ކުރިއަށް ވަޑައިގަތުމަށެވެ. ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރެއްވުމަށެވެ. މަސައްކަތަށް ފަރުވާތެރިވެ، ގަޑިއަށް ފަރުވާތެރިވެ، އަމިއްލަ މަސައްކަތެއް ގޮތުގައި ވަޒީފާ ދެކުމަށެވެ.

ކްރިމިނަލް ކޯޓްޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު