Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިޚާބަށް ނުފޫޒު ފޯރުވުން

ސަރުކާރުގެ ގޮތެއް ފޮތެއް ނެތް، ބައި-އިލެކްޝަނަށް ފަހު ލަންދޫގައި ވެސް ވަޒީފާތައް ބަހާލައިފި

10 ފެބުރުއަރީ 2025 | ހޯމަ 11:19

މިހާރު ލަންދޫގައި ތިބި ފެނަކައިގެ މުވައްޒަފުންގެ އަދަދު 35 އަށް ވަނީ އަރާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 ފެބުރުއަރީ 2025 | ހޯމަ 11:19
އަލަށް ފެނަކަ އަށް ވަތް މުވައްޒަފުންނަށް މަރުޚަބާ ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން

އަލަށް ފެނަކަ އަށް ވަތް މުވައްޒަފުންނަށް މަރުޚަބާ ކިޔުމަށް ބޭއްވި ހަފްލާގެ ތެރެއިން

ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ލަންދޫގެ ޑަބްލިޔުޑީސީ ގޮނޑި ޕީއެންސީ އަށް ލިބުމާއި އެކު ފެނަކަ ކޯޕަރޭޝަނުން އިތުރު ވަޒީފާތަކެއް ބަޔަކަށް ދީފިއެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަށް ފެނަކައިން 10 ވަޒީފާ ވަނީ ހަމަޖައްސާދީފައެވެ. މި ވަޒީފާތަކަކީ މިއީ އިންތިޚާބު ކާމިޔާބުވުމާއި ގުޅިގެން ދޭނެ ކަމަށް ސަރުކާރުން ވައުދުވި ވަޒީފާތަކެއް ކަަމަށް ވެސް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭގެ ތެރެއިން 5 މީހުން ހޯމަ ދުވަހު ވަޒީފާ އަށް ނެރެފައިވާ އިރު ބާކީ ތިބި މީހުންނަށް ވެސް ވަޒީފާ ދިން ކަމުގެ ޗިޓު ފޯރުކޮށްދީފައިވާކަން ރާއްޖެއެމްވީ އަށް ވަނީ ކަށަވަރުވެފައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ލަންދޫ ފެނަކަ ބްރާންޗަށް ވަޒީފާ އަށް ނެރުނު މީހުންގެ ތެރޭގައި ހިމެނެނީ ދެ އެޑްމިން އޮފިސަރުންނާއި، ދެ ޓެކްނީޝަނުންގެ އިތުރުން ސުޕަރވައިޒަރެކެވެ. މީގެ އިތުރުން ފެނަކައިގައި ވަޒީފާ އަދާކުރަމުންދާ 5 މީހަކަށް ޕްރޮމޯޝަން ވެސް ދިނުމަށް ހަމަޖެހިފައިވާކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ހޯމަ ދުވަހު ވަނީ ޕްރޮމޯޝަން ދީފައެވެ. އެގޮތުން ޕްރޮމޯޝަން ދީފައިވާ މީހުންގެ ތެރޭގައި އެސެސިސްޓެންޓް މެނޭޖަރކަމުގެ މަޤާމް ދިން މީހަކާއި، ސީނިއާ ސުޕަރވައިޒަރކަމުގެ މަޤާމް ދިން މީހެއް ހިމެނެއެވެ.

އެއާއި އެކު ލަންދޫގައި ތިބި ފެނަކައިގެ މުވައްޒަފުންގެ އަދަދު 35 އަށް ވަނީ އަރާފައެވެ.

މީގެ ކުރިން ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނަށް މަކުނުދޫ ތައްޔާރު ވަމުން ދިޔަ ދަނޑިވަޅާއި ދިމާކޮށް ކުއްލި އަކަށް ސަރުކާރުން ވަނީ އެ ރަށުގައި ވެސް ވަޒީފާތަކެއް ބަހާލާފައެވެ.

ވަޒިފާތަކަށް މީހން ނަގަމުންދަނީ އިއުލާނު ކުރުމެއް ނެތި އެއްވެސް އުސޫލެއް ގޮތެއް ފޮތެއް ނެތި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އަނެއްކޮޅުން އިންތިޚާބުން ޕީއެންސީގެ ކެންޑިޑޭޓް ބަލިވި ނ. މިލަދޫގެ ފެނަކައިގައި މަސައްކަތް ކުރާ 3 މުއްވަޒަފަކު ވަނީ ކުއްލި ގޮތަކަށް ސަސްޕެންޑް ކޮށްފައެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ އިންތިހާބު ބޭއްވި ދާއިރާތަކުން ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން 9 ގޮނޑި، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން 2 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް