ކ. މާލެ
|
1 މާރޗް 2024 | ހުކުރު 22:53
ޓުއަރިޒަމް މިނިސްޓަރާއި، އެމްއެމްޕީއާރުސީ އަދި އެމްއައިޓީޑީގެ މެނޭޖިންގ ޑިރެކްޓަރުން
ޓުއަރިޒަމް މިނިސްޓަރާއި، އެމްއެމްޕީއާރުސީ އަދި އެމްއައިޓީޑީގެ މެނޭޖިންގ ޑިރެކްޓަރުން
ސަވާދީއްތަ ދަތުރު
މަގޭ ރިޕޯޓް
މި ސަރުކާރުގެ ފުރަތަމަ ސަވާދީއްތަ ދަތުރު ބޮޑު ސްކޭމަކަށް
 
މި ސަރުކާރު އައި ފަހުން ދަތުރުގައި މިދިޔަ ސަރުކާރުގައި އެމްއައިޓީޑީސީން ހަމަޖެއްސި ޔޮޓަށްވުރެ އިތުރު ޔޮޓެއް ނެތް
 
ދަތުރު ނިންމާލީ އައްޑޫ ސިޓީއަށް ޗެކްއައުޓްކުރާ 5 ޔޮޓާއެކު

ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަގްސަދުގައި 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މަޝްހޫރު ސަވާދީއްތަ ދަތުރު، މި ސަރުކާރުން މުޅިން ނެތިކޮށްލައިފިއެވެ. ސަވާދީއްތަ ދަތުރަކީ ވަރަށް ކާމިޔާބުކަމާއެކު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން، އެމްއައިޓީޑީސީގެ ފަރާތުން ކުރިއަށް ގެންދަން ފެށި ސިލްސިލާ ޓޫރިޒަމް އިވެންޓެކެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ އާއި ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުގެ އިތުބާރާއި ތައުރީފް ލިބިފައިވާ ސަވާދީއްތަ ދަތުރަކީ ހުރިހާ ގޮތަކުން ބެލިކަމުގައިވިޔަސް، ވަރަށް ފުރިހަމަ އިންތިޒާމްތައް ރަގަޅު އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފައްތައިގެން ކުރިއަށް ގެންދިޔަ ކާމިޔާބު އިވެންޓެކެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ އިވެންޓުގައި 7 ޔޮޓް އަދި 2023 ވަނަ އަހަރުގެ ދެވަނަ އިވެންޓުގައި 14 ޔޮޓް ވަނީ ބައިވެރިވެ، ނުހަނު ކާމިޔާބުކަމާއެކު ސަވާދީއްތަ ދަތުރު ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެމްއައިޓީޑީސީ ގެ އިސްބޭފުޅުން ވަނީ މުޅި ދަތުރު ފްލޮޕްކޮށްލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައު މެނޭޖްމަންޓު ހަވާލުވިއިރުވެސް ވަނީ 10 ޔޮޓެއްގެ ރެޖިސްޓްރޭޝަން ނަގާފައެވެ. އަދި ދަތުރުގެ ރަށްތައް ކަނޑައެޅުމާއި، ބޭރުގެ ޔޮޓް ކްލަބްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ވެބިނަރ ބޭއްވުން ފަދަ ދަތުރާ ގުޅުންހުރި ގިނަ ކަންކަންކޮށްފައިވަނީ ކުރީގެ މެނޭޖްމަންޓުންނެވެ.

2023 ނޮވެމްބަރު 17 ގައި އައު މެނޭޖްމަންޓުން ހަވާލުވެ ކުރިހާވެސް ކަމަކީ ސަރުކާރުގެ އޮފީސްތަކަށް، ޚާއްސަ ގޮތެއްގައި އިވެންޓާއި އެއްވެސް ގުޅުމެއް ނެތް އޮފީސްތަކަށް ގޮސް، ގޮތްގޮތަށް ފޮޓޯ ނަގާ 'ފުރުޓްފުލް މީޓިންގ' ތަކާއި 'ކޮލަބޮރޭޝަން' ތައް އުފެއްދުމެވެ. މީގެން އެއްވެސް ބައްދަލުވުމަކުން، ފޮޓޯ ނަގާ ޓުވީޓްކުރުން ފިޔަވައި، ދަތުރަށް ލިބުނު ފައިދާއެއް ފެންނާކަށްނެތެވެ.

ސަވާދީއްތަ ދަތުރު ނިމިގެންދިޔައިރު، ގިނަ ގޯސްތަކެއް ވަނީ އައު މެނޭޖްމަންޓުން ހަދާފައެވެ. އަދި އެކަމުގެ ސަބަބުން ދަތުރުގެ ދެބައިކުޅަ އެއްބައި ޔޮޓްތައް ދަތުރުން ވަކިވެ، އަދި ވަރަށް ގޯސް ރިވިއުތައް ވަނީ ސޯޝަލް މީޑިޔާގައި ޖަހާފައެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ސަވާދީއްތަ ދަތުރުގައި ބޭރުގެ ޔޮޓްތައް ބައިވެރިވުމާމެދު ވަނީ ޝައްކުއުފެދިފައެވެ.

މިފަހަރުގެ އިވެންޓަށް އަމިއްލަ ފަރާތްތަކުގެ ސްޕޮންސަރ ނުލިބުނުކަން ފާހަގަ ކުރަމެވެ. މުޅިންވެސް ސްޕޮންސަރުންގެ ގޮތުގައި ތިބީ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކެވެ. މީގެންވެސް ދޭހަވެގެން ދިޔައީ މިހާރުގެ މެނޭޖްމަންޓަށް މިވަރުގެ ކަމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިދާނެކަމާމެދު އުފެދިފައި އޮތް ޝައްކުތަކެވެ.

ދަތުރުގެ އިންތިޒާމްތައް ހުރީ އިންތިހާއަށް ދޯހަޅިކޮށެވެ. ދަތުރު ފެށުމުގެ ރަސްމިއްޔާތު ކުޑަގިރީގައި ބޭއްވިއިރު، މުޅިންވެސް ސިޔާސީ މީހުން ގެންގޮސްގެން ސަރުކާރުގެ މޮޅު ވާހަކަ ދެއްކުން ނޫންކަމެއްނުކުރިއެވެ. އެންމެ ކުޑަމިނުން ރާއްޖެއިން ބޭރުން މިދަތުރަށް ޒިޔާރަތްކުރި ޔޮޓްތަކަށް މަރުހަބާގެ ބަހެއްވެސް ބުނެލާފައެއްނުވެއެވެ.

ރަސްމިއްޔާތު ފެށުނުއިރު ބައިވެރިވެފައި އޮތީ 10 ޔޮޓެވެ. އެމްއައިޓީޑީސީގެ އިސްވެރިން އެހެން ޓީވީ ޗެނަލްއެއްގައި ދިވެހި ޔޮޓެއް ބައިވެރިވާކަމާއި ޖުމްލަ 13 ޔޮޓް ބައިވެރިވެއްޖެކަމަށް ބުނެ ހެދީ ހުސްދޮގެވެ. ދިވެހި އެއްވެސް ޔޮޓެއް ބައިވެރިއެއްނުވެއެވެ.

ފެށުމުގެ ރަސްމިއްޔާތަށް ކުޑަގިރިއަށް ގެންދިޔަ ބައެއް ޔޮޓްތަކުގެ ފަތުރުވެރިން އެނބުރި ޔޮޓްތަކަށް ނުދެވި 3 ގަޑިއިރު، ކުޑަގިރި އަތިރިމަތީގައި ވަނީ ބައިތިއްބާފައެވެ. އެކަމުގެ ހިތްހަމަ ނުޖެހުން ރެލީގެ ރަސްމީ ގްރޫޕްގައިވެސް އޮތީ ލިޔެފައެވެ. އަދި އެރެއަކީ ވަރަށް މޫސުމް ގޯސް ރެއަކަށްވާތީ، ކުޑަގިރި ފަޅު ތެރޭގައި އޮތް ޔޮޓެއް ނަގިލި ކަހާލައިގެން ގޮސް އެހެން ޔޮޓެއްގައި ބިއްވެ ބޮޑު ހާދިޘާއެއް ވަނީ ހިނގާފައެވެ. މިކަން އެމްއައިޓީޑީސީން ވަނީ ވަރަށް ސިއްރުކޮށްފައެވެ. މިކަން ހިނގިއިރު މެރިން ޕޮލިސް އަދި ކޯސްޓްގާޑުވެސް އެތަނުގައި ނެތްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހިސާބުން އެ 2 ޔޮޓް ވަރަށް ހިތްހަމަނުޖެހިގެން ވަނީ ރެލީން ވަކިވެފައެވެ. ރެލީ ފެށީ 8 ޔޮޓުންނެވެ.

މިދަތުރުގައި ބައިވެރިވުމަށް ޒިޔާރަތްކުރި އިންޑިޔާގެ ޔޮޓަކަށް މެނޭޖްމަންޓުން ވަނީ ތަފާތު އުނދަގޫތައްކޮށްފައެވެ. އެޔޮޓަކީ އިންޑިޔާގެ ސެލިބްރިޓީ ލެވެލް ގެ ޔޮޓެކެވެ. އަދި އެއީ ސަވާދީއްތަ ދަތުރު 1 ގައި ބައިވެރިވި ޔޮޓެކެވެ. އެޔޮޓްގެ ކެޕްޓަނަކީ ދުނިޔެވަށާ ސަރކަމްނެވިގޭޓްކުރި އިންޑިޔާ ފުރަތަމަ ރައްޔިތެވެ. އަދި އެ ތާރީޚީ ދަތުރާބެހޭ ފޮތެއްވެސް ވަނީ ނެރެފައެވެ. އެފަރާތުންވެސް ވަނީ ދަތުރުގެ ވަކި ހިސާބަކުން ދަތުރާވަކިވެފައެވެ.

ތަފާތު އެކިއެކި ސަބަބުތަކާ ގުޅިގެން ދަތުރު ނިންމީ އެންމެ 5 ޔޮޓުންކަން ފޮޓޯތަކުން ފެންނަން އެބަހުއްޓެވެ. މި 5 ޔޮޓަކީވެސް އައްޑޫ ސަރަހައްދުން ދިވެހިރާއްޖެއިން ޗެކްއައުޓްކުރި ޔޮޓް ފަހަރަށްވާތީ، ދަތުރުން ވަކިނުވެ ކުރިއަށް ގެންދިޔައެވެ.

ދަތުރުގައި ލ.އަތޮޅުގައި ބަނދަރުކޮށް ޓޫރިޒަމް މިނިސްޓަރު ފައިސަލް އާއި މިނިސްޓްރީގެ އެތައް ބަޔަކާއި އެމްއެމްޕީއާރުސީގެ އެތައް ބަޔަކު ވަނީ މަޖާނަގަން އެ ސަރަހައްދަށް ގޮސްފައެވެ. މިއީ ސަވާދީއްތަ ދަތުރު މަތިކޮށް، އެމީހުންގެ އަމިއްލަ މަޖަލަށް ހިންގާފައިވާ ކަންތައްތަކެވެ.

މިފަހަރުގެ އިވެންޓުގައި ބައިވެރިވި މީހުން މަދުވުމާއި އަދި ރަށްރަށުންވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން، ދަތުރުގެ ފުރަތަމަކޮޅު މުޅިންވެސް ހުރީ ރަށްރަށުގެ ކުޑަކުދިންގެ ފޮޓޯތަކާއި ގޮނޑުދޮއްތަކުގެ ފޮޓޯތަކެވެ. ދެކުނުގެ ރަށްތަކުން ތަރުހީބު ލިބެން ފެށުމުން ބައެއް ހަރަކާތްތަކުގެ ފޮޓޯތައް ވަނީ ހިމަނާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަށްތަކުން ތައްޔާރުވީ 20 ވަރަކަށް ޔޮޓަށް މަރުހަބާ ކިޔުމަށެވެ. ނަމަވެސް ދަތުރުގައި ތިބީ އެންމެ 5 ޔޮޓްތަކާއި 15 ވަރަކަށް ފަތުރުވެރިންކަން އެނގުމުން ރައްތަކުން ވަނީ ވަރަށް މާޔޫސްވެފައެވެ.

އެމްއައިޓީޑީސީން މިހާރު މަސައްކަތްކުރަނީ ސަވާދީއްތަ ޕްރޮމޯޓްކުރުމުގެ ނަމުގައި، އެމްއެމްޕީއާރުސީން ބައިވެރިވާ އެކިއެކި ބޭރުގެ އެގްޒިބިޝަންތަކުގައި ބައިވެރިވެ ރާއްޖެއިން ބޭރަށް މަޖާކޮށްލަން ދަތުރުކޮށްލުމަށެވެ. އެކަމަކު މިހާތަނަށް ސަވާދީއްތަ ދަތުރުގެ 2 ދަތުރު ކާމިޔާބުކަމާއެކު ބާއްވާފައިވަނީ އެމްއެމްޕީއާރުސީން ބައިވެރިވާ އެގްޒިބިޝަންތަކުގައި ބައިވެރިވެގެންނެއްނޫނެވެ.

ސަވާދީއްތަ ދަތުރަކީ ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ޓޫރިޒަމް ގެ ވަރަށް ކާމިޔާބު އިވެންޓެކެވެ. ފަތުރުވެރިކަމުގެ އެއްވެސް ތަޖުރިބާއެއްނެތް ޚާއްސަކޮށް މިފަދަ ވަރުގަދަ އިވެންޓެއް ކުރިއަށް ގެންދިޔުމުގެ ޝައުޤުވެރިކަމާއި ވައްޓަފާޅި ނެތުމުގެ ސަބަބުން، މުޅި ސަވާދީއްދަ ދަތުރު މިވަނީ ފްލޮޕްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
80%
0%
0%
20%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި
އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުވެސް ބައްސާމަށް ކުރެވޭ، އެ މައްސަލަ އޮތީ އޭސީސީގައި: ޕީޖީ އޮފީސް
ޕީއެންއެފްއިން ބޭއްވި ޖަލްސާއަށް ހުރަސްއެޅުމަށްފަހު ތަނެއް ހަމަޖައްސައިދިން ކަމަށް ބުނެ ސަރުކާރުން ދޮގު ހަދައިފި
ޢީދު ދުވަސް އަންނަ އިރު ވިސްނަންވީ ޚިޔާލު ތަފާތުވިޔަސް ދިވެހިންނަށްވީތީ އޮތް އެއްބައިވަންތަކަން ދޫކޮށްނުލަން - ރައީސް
އެމްއެމްޕީއާރްސީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަނީ