Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"އަޕްޝިފްޓް" ޕްރޮގްރާމް

ދުނިޔެއަށް އެދެވޭ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރަމުން އަންނަނީ އަރަމުން އަންނަ ޒުވާން ލީޑަރުން - ނައިބްރައީސް

ޢާންމު ދިރިއުޅުމުގައި ވެސް ކްރިޓިކަލް، އެނަލެޓިކަލް އަދި އީޖާދީ ވިސްނުންތަކާއެކު ކުރިޔަށްދިއުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ފެބުރުއަރީ 2023 | އަންގާރަ 08:54
ނައިބްރައީސް ފައިސަލް ނަސީމް "އަޕްޝިފްޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަނީ

ނައިބްރައީސް ފައިސަލް ނަސީމް "އަޕްޝިފްޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަނީ

ދުނިޔެއަށް އެދެވޭ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރަމުން އަންނަނީ އަރަމުން އަންނަ ޒުވާން ލީޑަރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި "އަޕްޝިފްޓް" ޕްރޮގްރާމް އިފުތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޢާންމު ދިރިއުޅުމުގައި ވެސް ކްރިޓިކަލް، އެނަލެޓިކަލް އަދި އީޖާދީ ވިސްނުންތަކާއެކު ކުރިޔަށްދިއުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ހަމައެހެންމެ، ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރިމަތިވާ މައްސަލަތަކާމެދު ވިސްނައި އެ މަސައްލަތަކަށް ހޯދޭނެ ޙައްލުތަކާމެދު ވިސްނުން ގެންގުޅުމަށްވެސް ދަރިވަރުންނަށް ގޮވާލެއްވިއެވެ.

މީގެ އިތުރުން ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ފައިދާތައް ބަޔާންކޮށްދެއްވައި އެއް އަމާޒަކަށް ވާޞިލުވުމަށް އެކުގައި މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އަޕްޝިޕްޓް ޕްރޮގްރާމަކީ އަރަމުން އަންނަ ޒުވާން ލީޑަރުންނަށް، ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) ކުރިޔަށްގެންދާ ބައިނަލްއަޤްވާމީ ހަރަކާތެކެވެ. ޔުނިސެފް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ރާއްޖޭގައި މި ހަރަކާތް ފުރަތަމަ ފަށަނީ ޕައިލޮޓްކޮށް، ރާއްޖޭގެ 48 ސްކޫލެއްގައި ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

މިހަރަކާތް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ހުނަރުތައް ތަރައްޤީކުރުމަށާއި ޖަމާއަތަށް ހެޔޮ ބަދަލުތައް ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމާއި ވިޔަފާރިވެރިކަމާއި ޒުވާނުން ބާރުވެރިކުރުމުގެ މައްޗަށެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްހިރިޔާ ސްކޫލް"އަޕްޝިފްޓް" ޕްރޮގްރާމް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
30 އޮކްޓޯބަރު 2023

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް
27 އޮކްޓޯބަރު 2023

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް
24 އޮކްޓޯބަރު 2023

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް
23 އޮކްޓޯބަރު 2023

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު