Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިލްޓަން އަށް ފައިސާ ދެއްކުން

ހިލްޓަންއަށް ފައިސާ ދޭން ކުރި ޙުކުމް އިސްތިއުނާފުކޮށްފި

ސިވިލް ކޯޓުން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2023 | އަންގާރަ 08:02
ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު

ހިލްޓަން އަށް 24 މިލިއަން ޑޮލަރު(370.8 މިލިއަން ރުފިޔާ) ދެއްކުމަށް ސަން ޓްރެވެލްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ސިވިލް ކޯޓުން ތާއީދުކޮށްފައިވާއިރު، ސިވިލް ކޯޓުގެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ސިވިލް ކޯޓުން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، އެ ފައިސާ 14 ދުވަސްތެރޭ ދެއްކުމަށް ސަން ޓްރެވެލްގެ މައްޗަށް އަމުރުވެސް ކޮށްފައެވެ. ސަން ޓްރެވެލްސް އަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ކުންފުންޏެކެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެމައްސަލާގައި ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން ގޮތެއް ނިންމާފައިވާ ކަމަށާއި، އެ ކަމާއި ގުޅިގެން ދެ ފަރާތުގެ ދެމެދު ވެފައިވާ އެގްރީމަންޓަކީ ސައްހަ އެއްބަސްވުމެއް ކަމަށް ބަލައިގަނެފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ މަތީ ކޯޓުން މި މައްސަލައިގެ މައުޟޫއު އާޢި ގުޅިގެން ދެން އިތުރު ދައުވާތައް ނުކުރެވޭނެކަމަށް ނިންމާފައިވާ ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ މައްސަލައިގެ މައުލޫއަށް އަލުން ވަދެ، ބެލޭނެ ގާނޫނީ ހަމައެއް އޮތް ކަމަށް ޝަރީއަތުން ނުދެކޭ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

 މި މައްސަލައިގައި ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ، މިހާތަނަށް ދައްކާފައިވާ ފައިސާ އުނިކުރުމަށް ފަހު، ބާކީ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އިތުރުން ދައްކަންޖެހޭ ހަރަދުތައް 14 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

މި މައްސަލައިގައި ޝިޔާމް އާއި ސަން ޓްރެވަލް އާއި ދެކޮޅަށް ހުކުމްކޮށްފައި ވާއިރު މިއީ ރާއްޖޭގެ ކޯޓު މަރުހަލާގައި އޮންނަތާ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަން ފާހަގަކޮށްލެވެއެވެ.

ނ. މެދުފުށީގައި ސަން ޓްރެވެލްސްގެ ފަރަތުން ހަދާފައިވާ "އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް" ހިންގުމަށްޓަކާ ހިލްޓަން އާ ހަވާލުކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ އެއްބަސްވުން އުވާލީ ހިލްޓަން އިން އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ، ސަން ޓްރެވެލުންނެވެ. އެއީ 2013 ވަނަ އަހަރެވެ. އެ މައްސަލަ ހިލްޓަން ކުންފުނީގެ ފަރާތުން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި، 2015 ވަނަ އަހަރު އާބިޓްރޭޝަނުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދެއްކުމަށެވެ.

އަދި ހިލްޓަން އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން 2020ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސަން ޓްރެވެލްގެ އެކައުންޓްތައް ވަނީ ފްރީޒްވެސް ކޮށްފައެވެ.

ސިވިލް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

އާރްޑީސީ އިން ބުނީ ކާޓިއުންސް އަށް ދައްކަން ޖެހޭ 7.1 މިލިއަން ރުފިޔާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތުގެ ސަބަބުން ކަމަށް

16 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު