Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގޭންގު މާރާމާރީ

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ގޭންގު މާރާމާރީތައް ހުއްޓުވޭނީ އެންމެން ގުޅިގެން

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2023 | ހޯމަ 15:30
ގޭންގު މާރާމާރީތައް ވަނީ އިތުރުވެފައި

ގޭންގު މާރާމާރީތައް ވަނީ އިތުރުވެފައި

ފިހާރައެއްގެ ތެރެއަށް ފިލަން އެ ޒުވާނާ ވަނީ ފަހަތުން ބަޔަކު އަންނަކަން އެނގިގެންނެވެ. އެ މީހުންނަކީ އޭނާއަށް ހަމަލާދޭން އަންނަ ބައެއްކަންވެސް ކަށަވަރު ވާތީއެވެ. އެކަމަކު، ކުއްލިއަކަށް އައިސް އެ ފިހާރަ ތެރެއަށްވެސް އެ މީހުން ވަދެގަތީއެވެ. ގައިގެ އެތަން މިތަނަށް ވަޅި ހަރައި ޒަހަމްކޮށްލީއެވެ. މުޅި ފިހާރަތެރޭގައި އޮތީ ލެއެވެ. އޭނާގެ ގަމީހާއި ޖިންސުގައިވެސް ލެއެވެ. ލިބުނު ޒަހަމްތަކާއެކު, ހާލު ސީރިއަސްވެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ދެ ދުވަހު އޮތުމަށްފަހު އެ ޒުވާނާ ދުނިޔެ ދޫކުރީއެވެ. އެ ގެއްލުނީ ޒުވާނެއްގެ ފުރާނައެވެ.

ފިނި ބުއިންތަކާއި ކާއެއްޗެހި ވިއްކާ, ހުޅުމާލޭގެ ޖޫސްޓައިމްގެ ވިޔަފާރި އެ ދުވަހުވެސް ދިޔައީ ކުރިއަށެވެ. އެކަމަކު ހަމަ ކުއްލިއަކަށް ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ސައިކަލެއްގައި އައިސް މަޑުކޮށް އެ ތަނުގެ ތެރެއަށް ވަދެ މަރުތޭލުން ތަޅައި އެ ތަން ސުންނާފަތި ކޮށްލީއެވެ. އެ ތަނަށް ލިބުނު ގެއްލުން ދެ ލައްކަ ރުފިޔާއަށްވުރެ ބޮޑެވެ. ކަމުގެ ހަގީގަތް ބެލިއިރު، އެއީ ދުވަސްވީ އަންހެނަކު ހަތަރު އަހަރު ދުވަހު އެތައް މަސައްކަތެއް ކޮށްގެން ކޮޅަށް ޖެހި ވިޔަފާރިއެކެވެ. މަރުތޭލުން ތަޅައި އެ ވިޔަފާރި ފުނޑުފުނޑު ކޮށްލީއެވެ.

މި ކިޔައިދިނީ މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގައި ހިނގައިދިޔަ ބިރުވެރި ދެ ހާދިސާއެވެ. ހިތާމަވެރި ދެ ހާދިސާއެވެ. މި ދެ ކަމުގެ ހަގީގަތަށް ބަލާއިރުވެސް ގުޅިފައި އޮތީ ގޭންގުތަކުގެ ހަމަނުޖެހުންތަކާއެވެ. އެއް ގޭންގު އަނެއް ގޭންގާ އޮންނަ ހިޔާލުތަފާތުވުންތަކާއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ގޭންގުތަކުގެ މީސްމީހުން ހޯދާފައި ހުރި ކާރުތަކުގެ ޑޮމައިން ނަންބަރުތަކާއި އެއަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އުޅޭ ނުތަނަވަސްކަމެއް ވެސް މި ކަމުގެ ތެރޭގައި އެބައުޅޭ ކަމަށެވެ. އެ ގޮތުން ގޭންގުތަކުގެ ބައެއް ޑޮމައިން ނަންބަރުތައް ރިވިއުކޮށް ކެންސަލް ކުރުމާ ގުޅިގެން އެއް ގުރޫޕާ އަނެއް ގުރޫޕާ ދެމެދު އުފެދިގެން އުޅޭ ހިޔާލުތަފާތުވުންތަކެއް ވެސް އުޅޭ ކަމަށް ސީޕީ ވިދާޅުވިއެވެ. އެކަމުގައި އެއް ބަޔަކު އަނެއް ބަޔަކާ ދިމާކޮށްލުން ވެސް އެބައުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ 16 ޖަނަވަރީގައި، މާލޭގައި ހުންނަ ކެފޭއެއް ތެރޭގައި ކުޑަހެންވޭރު ގޭންގުގެ މީހަކާ އެންސީ ޕާކު ގޭންގުގެ ދެ މީހަކާ ދޭތެރޭ ކުޑަ ޒުވާބެއް ހިނގައިގެން އެ ކަމުގެ ބަދަލު ހިފަން ވެގެން ދެ ތިން ހަތަރު ފަހަރަކު އެއް ބަޔަކު އަނެއް ބަޔަކާ ދިމާކޮށް ވަޅިޖަހައި ކަންކަން ކުރަމުން ދިޔަ ކަމަށެވެ. އަދި އެންމެ ފަހުން ބީޖީ ކައިރީގައި، މުރަނގަމަގުގައި ހުންނަ ފިހާރައަކަށް ވަތްތަނުން، އެންސީ ޕާކަށް ނިސްބަތްވާ އައްޑޫ އަތޮޅުގެ މީހަކަށް ވަޅިން ހަމަލާ ދިނީކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ އެ އިޝާރާތް ކުރެއްވީ ހޯމަ ދުވަހު މަރުވި ޒުވާނާގެ ވާހަކައެވެ. ގޭންގުތަކުގެ ހަމަނުޖެހުމާއި މާރާމާރީގެ ސަބަބުން އަނެއްކާވެސް ޒުވާނެއްގެ ފުރާނަ ދިޔައީއެވެ. އެކަމަކު، މިއަދު މިއީ މި މުޖުުތަމައަށް އައު ކަމެއް ނޫނެވެ. މި ކަން އާންމުވެ ފުޅާވެފައިވާ މިންވަރަކީ "ތި ދެން މާ ބޮޑު ކަމެއްހޭ" ކިޔައި އެއްވެސް ބަޔަކު މި ކަމާ އަޅައިނުލުމެވެ.

ބީޖީ ކައިރީގައި ހުންނަ ފިހާރައެއްގެ ތެރެއިން މީހަކަށް ހަމަލާދިން މައްސަލައާއި ހުޅުމާލޭގެ ޖޫސް ޓައިމަށް ހަމަލާދިން މައްސަލައަކާ ގުޅުމެއް ނެތެވެ. އެހެން ނަމަވެސް ސީޕީ ވިދާޅުވިގޮތުގައި މި ކަމަކީވެސް ގޭންގުތަކާ ގުޅުން ހުރި ކަންތައްތަކެކެވެ.

ހަމީދު ވިދާޅުވީ "މަސްއޮޑިއޭ ކިޔައިގެން އުޅޭ ގުރޫޕު" މީހުން ހިންގާ ފިހާރައަކަށް، "ވައިކަންމައްޗޭ ކިޔައިގެން އުޅޭ ގުރޫޕުގެ" ބަޔަކު ވަދެ އެ ތަނުގައި އިން އަންހެން ކުއްޖަކަށް ބިރު ދައްކައި ހެދުމުން، ވައިކަންމަތީގައި އެ ކަން ކުރުމުގައި އުޅުނު މީހާގެ މަންމައާ ގުޅުން ހުރި ޖޫސް ޕޮއިންޓެއް ތަޅާލީ ކަމަށެވެ. އެކަމާ ގުޅިގެން އިތުުރު ތަފްސީލެއް ސީޕީ ނުދެއްވައެވެ.

ހަތަރު އަހަރު ދުވަސް ވަންދެން ދުވަސްވީ އަންހެނަކު ކުރި ބުރަ މަސައްކަތް ގޭންގު މާރާމާރީތަކުގެ ސަބަބުން ފެނަށް ވީއެވެ.

ސީޕީ ހަމީދު ވިދާޅުވީ ގޭންގުތަކޭ ކިޔައިގެން މި އުޅޭ މީހުން ހުއްޓުވޭނީ ނުވަތަ މައިތިރި ކުރެވޭނީ ވެސް އެންމެންނަށް ކެރިގެން ކަމަށެވެ. ކޮންމެ ފަހަރަކު ވެސް މާރާމާރީއެއް ހިނގީމަ އެންމެން ވެސް ފުލުހުންނާ ދިމާއަށް ހުރިހާ އެއްޗެއް ގޮވާލާކަމަށާއި، ނަމަވެސް ހަގީގަތަކީ ފުލުހުން އެކަމަށް "ޑެޑިކޭޓެޑް" މަސައްކަތްތަކެއް ކުރަމުންދާކަން ކަމަށް ސީޕީ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، ކުށްކުރާ މީހުން އެ މީހުން ގެންގުޅޭ އުކުޅުތަކަށް ވެސް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެ މީހުންގެ ސައިކަލުތަކުގެ ބޯޑުތައް ބަދަލުކުރާ ކަމަށާއި، އެ މީހުންގެ ކާރުތަކުގައިވެސް ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ކުރިން ނަފްރަތު އުފެދިފައި އޮންނަ ގުރޫޕުތަކަށް ޓާގެޓްކޮށްގެން، ވަކިތަނެއްގައި ތިއްބައި އެ މީހުން ލޮކޭޓްކޮށްފައި ދަނީ ބައިގަނޑެއްހެން ކަމަށާއި، ނަމަވެސް މިހާރު ދަނީ އެކަކު ނުވަތަ ދެ މީހުން ކަމަށް ސީޕީ ވިދާޅުވިއެވެ

އިތުރަށް ސީޕީ ވިދާޅުވީ ހެލްމެޓުގެ ނަހަމަ ބޭނުންކޮށް ކެމެރާތަކަށް މޫނު ނާރާނޭހެން ނިވާކޮށްގެން ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވެފައިވާ ކަމަށާއި، އެ ކަމަށް ގާނޫނުގެ ތެރެއިން ހޯދެން އޮތް ހައްްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވަން ޖެހޭ ތަންތަނުގައި ހެލްމެޓު އަޅައިގެން އުޅޭނަމަ ހުއްޓުވައި، ބަލައި ފާސްކޮށް، ފޮޓޯ ވެސް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވޭނީ ހަމައެކަނި ފުލުހުންގެ މަސައްކަތުން ނޫންކަމަށެވެ. ކޮންމެ ފަހަރަކު ވެސް މާރާމާރީއެއް ހިނގުމުން ފުލުހުންނާ ދިމާއަށް އެއްޗެހި ކިޔުމަށްފަހު ނިންމާލަނީ ކަމަށާއި، ނަމަވެސް އެ ކަމަށްޓަކައި ފުލުހުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ގޭންގުތަކުގެ މީހުން ވަޅިޖަހައި، މަރުތޭލުން މީހުންގެ ގައިގައި ތަޅާއިރު، އެ މީހުންގެ މައިންބަފައިންނާއި، އަނބިންނާ، ދައްތައިންނާ ބޭބެއިންނަކީ ވެސް ހަމަ މި ފަސްގަނޑުގައި ތިބި މީހުން ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެ މީހުންނަށް ނަސޭހަތްތެރިވެދީ، ދައުލަތުގެ އެހެން ހުރިހާ މުއައްސަސާއަކުން ވެސް މިކަމާމެދު ސީރިއަސް ނަޒަރަކުން ދެކި، ބިރުވެރިކަން ކުޑަކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ގޭންގު ކުށްތަކާގުޅޭ ގާނޫނުގެ ދަށުން މިހާތަނަށް ދައުވާކޮށްފައި އޮތީ އެންމެ މައްސަލައެއްގައި ކަމަށެެވެ. އެ ގާނޫނަކީ ކުރީ ޒަމާނުގައި ލިޔެފައި އޮތް ގާނޫނެއް ކަމުން، އެ ގާނޫނު އޮތީ މާ ފަހި ގޮތަކަށް ނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އަދި ގާނޫނުގައި އެއްޗެއް ލިޔާއިރު އަމަލީ ގޮތުން އެކަން ކުރާނެ ގޮތެއްވެސް ހޯދަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތުގައި ހުރިހާ ކުށެއް ހިމެނުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، ބަންޑާރަ ނައިބު އެ މަސައްކަތް ކުރައްވަން އެބަ ގަސްދުވެސް ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އަމަލީ ގޮތުން މަސައްކަތްކުރާއިރު، ގޭންގު ކުށްތަކުގެ ގާނޫނަކީ މިހާރު ބޭނުން ކުރެވޭ ގޮތަށް އޮތް ގާނޫނެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސީޕީ ހަމީދުވެސް ފާހަގަ ކުރެއްވީ ހަމަ އެ މައްސަލައެވެ. ސީޕީ ވިދާޅުވީ 2010ވަނަ އަހަރު އެކުލަވައިލާފައިވާ ގޭންގު ކުށްތަކާބެހޭ ގާނޫނަކީ މިހާރު ބޭނުންކުރަން އެކަށީގެންވާ ގާނޫނެއް ނޫންކަމަށެވެ. އެ ގާނޫނަށްވެސް ބަދަލުތަކެއް ގެނެސް ތަންކޮޅެއް، ވަށާޖެހޭ ރަނގަޅު ނިޒާމެއްގެ ތެރެއިން ތަންފީޒުކުރެވޭ ގާނޫނަކަށް ހެދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ގޭންގުތަކުގެ ހަމަނުޖެހުންތަކާއި މާރާމާރީތަކުގެ ސަބަބުން މުޖުތަމައުގައި އޮތީ ބިރުވެރިކަމާއި ނާމާންކަމެވެ. ސުވާލަކީ މިއެވެ؛ މާދަމާގެ ހަމަލާ ކާކަށް ހެއްޔެވެ؟ ނުވަތަ ކޮންތަނަކަށް ހެއްޔެވެ؟

މޯލްޑިވްސް ޕޮލިސް ސަރވިސްގޭންގް މާރާމާރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު