Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަގިރި

ހަފްތާ ބަންދުގައި ކުޑަގިރިއަށްދާން މިހާރު ބުކިން ހައްދާކަށް ނުޖެހޭ!

ކުޑަގިރިއަށް އޮތް ޑިމާންޑު ބޮޑު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2023 | ހޯމަ 12:14
ކުޑަގިރި އާންމުންނަށް ހުޅުވާލުން

ކުޑަގިރި އާންމުންނަށް ހުޅުވާލުން

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ތަރައްގީ ކުރި، ކުޑަގިރި ޕިކްނިކް އައިލެންޑަށް ހަފުތާ ބަންދުގައި ބުކިން ނަހައިދައި ދެވޭ ގޮތް ހަދައިފިއެވެ.

ކުޑަގިރި ހުޅުވައި އެންމެ ފުރަތަމަ އަމަލު ކުރަމުން އައީ ދަތުރު ދިއުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް ބުކިން ހައްދަން ޖެހޭ ގޮތަށެވެ. ނަމަވެސް އަންނަ ހުކުރު ދުވަހުން ފެށިގެން ހަފުތާ ބަންދުތަކުގައި ދެން ކުޑަގިރިއަށްދާން ބުކިން ހައްދަން ނުޖެހޭނެ ކަމަށް ކުޑަގިރިން ބުންޏެވެ.

Advertisement - newsAdvertisement

އެޗްޑީސީގެ ޕީއާރު މެނޭޖަރ އަހުމަދު މިމްރާހު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ މިގޮތަށް ނިންމީ ވީހާވެސް ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން، ކުރިން ބުކިން ހައްދަން ޖެހޭ ގޮތަށް އޮތުމުން ބުކިން ފުލްވެ، ބުކިން ހައްދާ ދުވަހު ދިމާވާ ކަމެއްގެ ސަބަބުން ބައެއް މީހުންނަށް ނުދެވި އެ ޖާގަ ގެއްލޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބުކިން ހެއްދުމަށްފަހު ދަތުރު ދެވެނީ 40-50 އިންސައްތަ މީހުންނަށެވެ.

މިމްރާހު އިތުރަށް ވިދާޅުވީ ބުކިން ހައްދަން ނުޖެހޭގޮތަށް ހެދުމުން ގިނަ ބަޔަކަށް ކުޑަގިރިއަށް ދަތުރު ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ހަފުތާ ބަންދުގައި ކުޑަގިރިއަށް ދިއުމަށް ދުރާލާ ބުކިން ނުހެއްދިނަމަވެސް، ދަތުރުގޮސް ބޭނުންކުރާ އަށި އަދި ރޫމްރައް ފަދަ ތަންތަން ނަގަން، ކުޑަގިރި އެޕްލިކޭޝަނުން ބުކިން ހަދަން ޖެހޭނެއެވެ.

ކުޑަގިރިއަށް ހަފުތާ ބަންދުގައި ފެރީ އޮންނާނެ ވަގުތުތައް ވެސް މިހާރު ވަނީ އާއްމު ކޮށްފައެވެ. އެގޮތުން، މާލެއިން ކުޑަގިރިއަށް ހަތަރު ގަޑިއެއްގައި ފެރީ އޮންނައިރު ހުޅުމާލެއިން ކުޑަގިރިއަށް ދިއުމަށް ވެސް ހަތަރު ގަޑިއެއްގައި ފެރީ އޮންނާނެއެވެ.

ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ދިއުމަށް ފީއެއް ނުނަގާނެއެވެ. ނަމަވެސް ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ރަށަށް ދަތުރުކުރުމާއި އަދި ރަށަށް އެރުމަށް ފީއެއް ނަގައެވެ. އެގޮތުން ދެކޮޅު ފެރީ ދަތުރާއި އެންޓްރެންސް ފީއަށް ބޮޑު މީހެއްގެ އަތުން 100 ރުފިޔާ ނަގާއިރު 2 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް 50 ރުފިޔާ ނަގައެވެ. 2 އަހަރުން ދަށުގެ ކުދިންނަކަށް ފީއެއް ނުނަގާނެއެވެ.

ކުޑަގިރީގައި 13 ކުޑައަށްޓާއި، 4 ބޮޑު އަށި ހުންނައިރު އެ ތަންތަން ހިފުމަށް ބުކިން ހައްދަން ޖެހޭނެއެވެ. މީގެތެރެއިން ކުޑަ އަށްޓެއް ވިއްސަކަށް މީހުންގެ ގްރޫޕަކަށް ބޭނުންކުރެވޭއިރު ދުވަހެއްގެ އެއްބަޔަށް ކުޑައަށި ނަގާނަމަ 250 ރުފިޔާ، އަދި މުޅި ދުވަހަށް ނަގާނަމަ 500 ރުފިޔާގެ ފީއެއް ނަގާނެއެވެ. ބޮޑު އަށްޓެއް ސާޅީހަކަށް މީހުންގެ ގްރޫޕަކަށް ބޭނުން ކުރެވޭއިރު ވަކި ގްރޫޕަކުން އެއްކޮށް ނަގާނަމަ ބައި ދުވަހަށް 650 ރުފިޔާ އަދި މުޅި ދުވަހަށް ނަގާނަމަ 1200 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މީގެ އިތުރުން ބޮޑު އަށްޓެއް ދެ ގްރޫޕަށް ބަހާނަމަ ބައި ދުވަހަށް ގްރޫޕަކުން ދައްކަން ޖެހޭނީ 250 ރުފިޔާއެވެ. އަދި މުޅި ދުވަހަށް ނަގާނަމަ ގްރޫޕަކުން ދައްކަން ޖެހޭނީ 450 ރުފިޔާއެވެ.

ކުޑަގިރިއަށް ދަތުރު ދިއުމަށް ބޮޑު ޑިމާންޑެއް އޮވެއެވެ. އެގޮތުން، ބުކިން އަށް ހުޅުވާލުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާރު ވެސް ބުކިންފުލްވާ ކަމަށް މިމްރާހު ވިދާޅުވިއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަގިރި ޕިކްނިކް އައިލެންޑް އިތުރަށް ތަރައްޤީކުރަނީ

ކުޑަގިރި ޕިކްނިކް އައިލެންޑް އިތުރަށް ތަރައްޤީކުރަނީ

02 މެއި 2024
ޕިކްނިކް އައިލެންޑް "ކުޑަގިރި"އަށް މުވައްޒަފުން ހޯދަނީ

ޕިކްނިކް އައިލެންޑް "ކުޑަގިރި"އަށް މުވައްޒަފުން ހޯދަނީ

17 ޑިސެމްބަރު 2022
ޕިކްނިކް އައިލެންޑުގައި ގާއިމްކުރާ ސްޓާފް އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ނިމެނީ

ޕިކްނިކް އައިލެންޑުގައި ގާއިމްކުރާ ސްޓާފް އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ނިމެނީ

17 ޖުލައި 2022
ކުޑަގިރި ޕިކްނިކް އައިލެންޑް ދިއްލާލައިފި

ކުޑަގިރި ޕިކްނިކް އައިލެންޑް ދިއްލާލައިފި

16 ޖުލައި 2022
ކުޑަގިރި ޕިކްނިކް އައިލެންޑް ފެނިގެންދާނީ ވަރަށް ފެހިކޮށް: އާޒިމް

ކުޑަގިރި ޕިކްނިކް އައިލެންޑް ފެނިގެންދާނީ ވަރަށް ފެހިކޮށް: އާޒިމް

16 ޖުލައި 2022

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު