Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަގިރި ޕިކްނިކް އައިލެންޑް

ޕިކްނިކް އައިލެންޑުގައި ގާއިމްކުރާ ސްޓާފް އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ނިމެނީ

އެކޮމޮޑޭޝަން ބްލޮކްގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 ޖުލައި 2022 | އާދީއްތަ 07:53
ސްޓާފް އެކޮމޮޑޭޝަން ބްލޮކް

ސްޓާފް އެކޮމޮޑޭޝަން ބްލޮކް

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ކ. ކުޑަގިރީގައި ގާއިމްކުރާ ސްޓާފް އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ނިމެން ކައިރިވެފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، އެރަށުގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަ އެކޮމޮޑޭޝަން ބްލޮކެއް ގާއިމްކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

Advertisement - newsAdvertisement

މި މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓުތައް ހިއްސާކުރަމުން އެމްޓީސީސީން ބުނީ އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެކޮމޮޑޭޝަން ބްލޮކް ތަރައްގީކުރަމުންދަނީ 32 މުވައްޒަފުންނަށް ތިބެވޭނެ ގޮތަށެވެ. އެމްޓީސީސީން ބުނީ އެކޮމޮޑޭޝަން ބްލޮކުގައި ލޯންޑްރީ، ބަދިގެ އަދި މެސް ރޫމެއް ގާއިމްކުރަމުންދާކަމަށެވެ.

ޕިކްނިކް އައިލެންޑް ހެދުމަށް އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީއާއެކު ސޮއިކޮށްފައިވަނީ 2 ސެޕްޓެމްބަރު 2021ގައެވެ. މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ 41.49 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ތެރެއިން  އެރައިވަލް ޖެޓީއާއި، އެރަށަށް ދަތުރުދާ ފަރާތްތަކަށް މެހްމާންދާރީ އަދާކުރުމަށް ތަރައްގީކުރާ ރިސެޕްޝަން އާއި، މިސްކިތް އިމާރާތާއި ޕަވަރހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކުގެ މަސައްކަތް ދަނީ ގާއިމްކުރަމުންނެވެ.

ސަރުކާރު ޙިއްސާވާ 5 ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ތެރެއިން އެ ރަށުގައި އެކި ޚިދުމަތްތައް ގާއިމްކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށް އެ ރަށް އާންމުންނަށް ހުޅުވާލުމެވެ.

ކުޑަގިރީގެ ބައެއް މަސައްކަތްތައް މިހާރުވެސް ވަނީ ނިމިފައެވެ. މިގޮތުން ސަރުކާރުން ސްޓެލްކޯއާ ހަވާލުކުރި ކުޑަގިރީގެ ކަރަންޓުގެ މަސައްކަތް އެކުންފުނިން މިހާރު ވަނީ އެއްކޮށް ނިންމާފައެވެ. ސްޓެލްކޯއިން ވަނީ ކުޑަގިރީގައި ކަރަންޓު ނެޓްވޯރކެއް ގާއިމުކުރުމުގެ އިތުރުން، މަގު ބައްތީގެ ގޮތުގައި ހިތްގައިމު ގާރޑްން ލައިޓްތަކެއް ހަރުކޮށްފައެވެ. ކުޑަގިރީގެ ކަރަންޓު ނެޓްވޯރކް ގާއިމްކުރުމަށްޓަކައި 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް މިހާރު ހަދައި ނިމިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެ ކުންފުނިން މިހާރު ކުރަމުން އަންނަނީ ކުޑަގިރިއަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ޚިދުމަތް ދިނުމަށްޓަކައި އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 28ގައެވެ. މި މަސައްކަތް މި މަހުގެ 26ގެ ކުރިން ނިންމުމަށްޓަކައި، ގިނަ އަދަދެއްގެ މުވައްޒަފުން ރެއާއި ދުވާލު މަސައްކަތްކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ވަނީ ކުޑަގިރި ޕިކްނިކް އައިލެންޑަކީ އެ ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކައި އެރަށުގައި ގަސްވެސް އިންދާފައެވެ. މި ޕްރޮގްރާމުގައި ސްޓެލްކޯގެ 80 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.

މީގެ އިތުރުން އެރަށުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާއިރު، އެ މަސައްކަތުގެ ބޮޑުބައިވެސް މިހާރު ވަނީ ނިމިފައެެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާން މާލެ ކައިރިން ރަށެއް ޚާއްސަކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްއެމްޓީސީސީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު