Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަގިރި ޕިކްނިކް އައިލެންޑު

މިނިވަން ދުވަހާ ދިމާކޮށް ކ. ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް މަސައްކަތް ކުރަނީ

10 ޖުލައި 2022 | އާދީއްތަ 08:36

ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކާފައިވަނީ އެމްޓީސީސީގެ ފަރާތުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖުލައި 2022 | އާދީއްތަ 08:36
ސްޓެލްކޯއިން ކަރަންޓް ކޭބަލް ވަޅުލަނީ

ސްޓެލްކޯއިން ކަރަންޓް ކޭބަލް ވަޅުލަނީ

މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްސަކުރި ކ.ކުޑަގިރި ޕިކްނިކް އައިލެންޑް މިނިވަން ދުވަހާ ދިމާކޮށް ހުޅުވުމަށް މަސައްކަތް ފަށައިފިއެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކާފައިވަނީ އެމްޓީސީސީގެ ފަރާތުންނެވެ. އަދި މިރަށް ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރަމުންގެންދަނީ ސަރުކާރު ޙިއްސާވާ 5 ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ.

Advertisement - newsAdvertisement

ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުވެސް ވަނީ އެ ރަށަށް ޒިޔާރަތް ކުރައްވައި، މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ޤާއިމުކުރަމުންގެންދާ ވަސީލަތްތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ. މިގޮތުން އެރައިވަލް ޖެޓީއާއި، އެރަށަށް ދަތުރުދާ ފަރާތްތަކަށް މެހްމާންދާރީ އަދާކުރުމަށް ތަރައްޤީކުރާ ރިސެޕްޝަނާއި، މިސްކިތް ޢިމާރާތާއި ޕަވަރހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްވެސް ބައްލަވާލެއްވުމަށްފަހު ކުޑަގިރި ތުނޑީ ސަރަޙައްދަށް ވަޑައިގެން ކޭމްޕް އައިލެންޑް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެރަށުގައި ތަފާތު އެކި މަސައްކަތްތައް ކުރަމުންދާއިރު، ދާދި ފަހުން ސްޓެލްކޯއިންވެސް ވަނީ ކުޑަގިރި ޕިކްނިކް އައިލެންޑް ފެހި ކުރުމަށް ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި ސްޓެްކޯގެ 80 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ކުޑަގިރީގައި ގަސް އިންދާފައެވެ. ކުޑަގިރި ހުޅުވައި އެ ރަށަށް މީހުން ޒިޔާރަތް ކުރަން ފެށުމުން އެ ފަރާތްތަކަށް ވަރަށް ބޭނުންތެރި ކަމަކަށް މި ޕްރޮޖެކްޓް ވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން އަންނަނީ ގަސް އިންދުމުގެ އިތުރުން ކުޑަގިރީގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އެ ރަށުގެ ކަރަންޓް ޑިސްޓްރިބިއުޝަނާއި ލައިޓް ޖެހުމާއި ކެފޭއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި އެ ކުންފުނިން ކުޑަގިރީގައި ކުރާ ހުރިހާ މަސައްކަތެއްވެސް ކުރަނީ ޤައުމީ މަސައްކަތެއް ކަމުގައި ދެކިގެން ކަމަށެވެ. އަދި އެ ކުންފުނީގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ޖުލައި 24 އާ ހަމައަށް ނިންމާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ލަފާ ކުރެއެވެ.

ކުޑަގިރިއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ރަށެއް ތަރައްގީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދުގެ ދަށުން ތަރައްގީކުރަމުން އަންނަ ރަށެކެވެ.

ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެެވެ. ޕިކްނިކް އައިލެންޑް ހެދުމަށް އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީއާއެކު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހުއެވެ. 5 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އެ ޕްރޮޖެކްޓްގެ އަގަކީ 41.49 މިލިއަން ރުފިޔާއެވެ.

ކުޑަގިރިއަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅު އޮންނަނީ ފެރީގައި ތިރީހަކަށް މިނެޓުން އަދި ލޯންޗުގައި ދިހަވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ. ކުޑަގިރި ތަރައްގީކުރަން ފެށުމުގެ ކުރިން ސަރުކާރުން ފުރަތަމަ ނިންމީ ކ. އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށެއް ޕިކްނިކް އައިލެންޑަކަށް ހެދުމަށެވެ. އެހެންނަމަވެސް ފަހުން ސަރުކާރުގެ ނިންމުން ބަދަލުކޮށް، ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދާގޮތަށް ނިންމިއެވެ. މާލެ ސިޓީގެ ރައްޔިތުން ހަފުތާ ބަންދުގައި އާއިލާއާއެކު ދަތުރު ދިޔުމަށް މާލެއާ ކައިރިން ރަށެއް ޚާއްސަކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްރައީސް އޮފީސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 މެއި 2025
އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
23 ޑިސެމްބަރު 2024

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟
30 އޮކްޓޯބަރު 2024

އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

30 އޮކްޓޯބަރު 2024
އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''
29 އޮކްޓޯބަރު 2024

މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

29 އޮކްޓޯބަރު 2024
މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
20 އޮކްޓޯބަރު 2024

އަންނަ މަހު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި

20 އޮކްޓޯބަރު 2024
އަންނަ މަހު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި
23 ސެޕްޓެމްބަރު 2024

މީޑިއާ ތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމާއި، ނުރުހޭ މީޑިއާތައް އެއް ފަރާތް ކުރުން!

23 ސެޕްޓެމްބަރު 2024
މީޑިއާ ތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމާއި، ނުރުހޭ މީޑިއާތައް އެއް ފަރާތް ކުރުން!
26 އޯގަސްޓު 2024

"ރައީސް ވިދާޅުވެގެން!"

26 އޯގަސްޓު 2024
"ރައީސް ވިދާޅުވެގެން!"
21 ޖުލައި 2024

ފީއަލީ ޔޫތު އެސޯސިއޭޓަކަަށް އައްޔަންކޮށްފައިވާ މީހާ ނިކުންނާނެ އޮފީހެއް ނެތް، މަސައްކަތެއް ނުކޮށް މުސާރަ ނަގާތާ ހަތަރު މަސް

21 ޖުލައި 2024
ފީއަލީ ޔޫތު އެސޯސިއޭޓަކަަށް އައްޔަންކޮށްފައިވާ މީހާ ނިކުންނާނެ އޮފީހެއް ނެތް، މަސައްކަތެއް ނުކޮށް މުސާރަ ނަގާތާ ހަތަރު މަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް