Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަގިރި ޕިކްނިކް އައިލެންޑް

ކުޑަގިރި ޕިކްނިކް އައިލެންޑް ފެނިގެންދާނީ ވަރަށް ފެހިކޮށް: އާޒިމް

ސްޓެލްކޯއިން ވަނީ އެ ރަށުގައި ގަސް އިންދާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ޖުލައި 2022 | ހޮނިހިރު 08:11
ނާއިބުރައީސް ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅު

ނާއިބުރައީސް ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅު

މާލެ ސަރަހައްދުގައި ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑް ފެނިގެންދާނީ ވަރަށް ފެހި ތަނެއްގެ ގޮތުގައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުދެވޭނެ ރަށެއް މާލެ ކައިރިން ކަނޑައެޅުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ. މިގޮތުން ކ. ކުޑަގިރި ހިއްކައި އެ ރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

Advertisement - newsAdvertisement

އެމްޓީސީސީއާއި ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން އެރަށުގައި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެރަށް ފެހިކުރުމަށް ސްޓެލްކޯގެ ފަރާތުން ވަނީ ގަސް އިންދާފައެވެ. އެރަށް ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެރަށް ދަތުރު ދިއުމަށް ހިތްގައިމު ނޫންކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވާ އާޒިމް ވިދާޅުވީ ޕިކްނިކް އައިލެންޑް ފެހި ކުރުމުގެ މަސައްކަތަކީ އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އިރާދަކުރެއްވިއްޔާ ގުޑަގިރި ޕިކްނިކް އައިލެންޑް ވަރަށް ފެހި ތަނެއްގެ ގޮތުގައި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި، ގަސްތައް ހެދެން ވަގުތު ނަގާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ޕިކްނިކް އައިލެންޑް ހެދުމަށް އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީއާއިއެކު ސޮއިކޮށްފައިވަނީ 2 ސެޕްޓެމްބަރު 2021ގައެވެ. މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ 41.49 މިލިއަން ރުފިޔާއަށެވެ.

ކުޑަގިރިއަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅު އޮންނަނީ ފެރީގައި ތިރީހަކަށް މިނެޓުން އަދި ލޯންޗުގައި ދިހަވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ. ކުޑަގިރި ތަރައްގީކުރަން ފެށުމުގެ ކުރިން ސަރުކާރުން ފުރަތަމަ ނިންމީ ކ. އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށެއް ޕިކްނިކް އައިލެންޑަކަށް ހެދުމަށެވެ. އެހެންނަމަވެސް ފަހުން ސަރުކާރުގެ ނިންމުން ބަދަލުކޮށް، ކުޑަގިރީގައި ޕިކްނިކް އައިލެންޑް ހަދާގޮތަށް ނިންމިއެވެ.

މިނިވަންދުވަހާ ދިމާކޮށް ކުޑަގިރި ޕިކްނިކް އައިލެންޑް އާންމުނަށް ހުޅުވާލުމަށް ސަރުކާރުން އަމާޒުހިފާފައިވާއިރު ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ނާއިބުރައީސް ފައިސަލް ނަސީމްވެސް ވަނީ ކުޑަގިރީގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ ހިސާބު ބައްލަވާލައްވާފައެވެ.

އެގޮތުން އެރައިވަލް ޖެޓީއާއި، އެރަށަށް ދަތުރުދާ ފަރާތްތަކަށް މެހްމާންދާރީ އަދާކުރުމަށް ތަރައްޤީކުރާ ރިސެޕްޝަން އާއި، މިސްކިތް ޢިމާރާތާއި ޕަވަރހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްވެސް ބައްލަވާލެއްވުމަށްފަހު ކުޑަގިރި ތުނޑީ ސަރަޙައްދަށް ވަޑައިގެން ކޭމްޕް އައިލެންޑް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ

ކުޑަގިރިއަަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއާއި ހަވާލުކޮށްފައިވާއިރު، އެކުންފުނިން މިހާރު ވަނީ ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯރކް ގާއިމްކުރުމަށް ބޭނުންވާ 3000 މީޓަރުގެ ކޭބަލް ވަޅުލައި ނިންމާފައެވެ. އަދި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ސްޓެލްކޯއާއި ވަނީ ހަވާލުކޮށްފައެވެ. އަދި ފެނަކައިން ގެންދަނީ އެރަށުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްއެމްޓީސީސީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު