Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަގިރި ޕިކްނިކް އައިލެންޑް ދިއްލާލައިފި

ކުޑަގިރި ޕިކްނިކް އައިލެންޑް ދިއްލާލައިފި

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން ނިންމާފައިވަނީ ޖުލައި 26ގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 16 ޖުލައި 2022 | ހޮނިހިރު 11:31
ކުޑަގިރި ޕިކްނިކް އައިލެންޑް ދިއްލާލާފައި

ކުޑަގިރި ޕިކްނިކް އައިލެންޑް ދިއްލާލާފައި

ކ. ކުޑަގިރީގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑް ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން, އެ ރަށް ފުރަތަމަ ފަހަރަށް ދިއްލާލައިފިއެވެ.

ކުޑިގިރިއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ރަށެއް ނެތުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންވި ވައުދުފުޅުގެ ދަށުން ތަރައްގީކުރާ ރަށެކެވެ. އެރަށުގެ މަސައްކަތްތައް ސަރުކާރުން ވަނީ ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ސްޓެލްކޯއާއި އެމްޓީސީސީއާއި އެޗްޑީސީ ހިމެނެއެވެ.

ސަރުކާރުން ސްޓެލްކޯއާ ހަވާލުކުރީ ކުޑަގިރީގެ ކަރަންޓުގެ މަސައްކަތެވެ. އެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު ފުރަތަމަ ފަހަރަށް އެ ރަށަށް ވަނީ ކަރަންޓުވެސް ދީފައެވެ. ސްޓެލްކޯއިން ވަނީ ކުޑަގިރީގައި ކަރަންޓު ނެޓްވޯރކެއް ގާއިމުކުރުމުގެ އިތުރުން، މަގުބައްތީގެ ގޮތުގައި ހިތްގައިމު ގާރޑްން ލައިޓްތަކެއް ހަރުކޮށްފައެވެ.

ކުޑަގިރީގެ ކަރަންޓު ނެޓްވޯރކް ގާއިމްކުރުމަށްޓަކައި 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް މިހާރު ހަދައި ނިމިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ. 

އެ ކުންފުނިން މިހާރު ކުރަމުން އަންނަނީ ކުޑަގިރިއަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ޚިދުމަތް ދިނުމަށްޓަކައި އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 28ގައެވެ. މި މަސައްކަތް މި މަހުގެ 26ގެ ކުރިން ނިންމުމަށްޓަކައި، ގިނަ އަދަދެއްގެ މުވައްޒަފުން ރެއާއި ދުވާލު މަސައްކަތްކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ވަނީ ކުޑަގިރި ޕިކްނިކް އައިލެންޑަކީ އެ ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކައި އެރަށުގައި ގަސްވެސް އިންދާފައެވެ. މި ޕްރޮގްރާމުގައި ސްޓެލްކޯގެ 80 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން ނިންމާފައިވަނީ ޖުލައި 26ގައެވެ. އެ ދުވަހަށް ރަށުގެ ހުރިހާ މަސައްކަތެއް ނިންމުމަށް ކުންފުނިތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ކުންފުނިތަކުން މައުލޫމާތުދެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްސްޓެލްކޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު