Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ރައީސް

ހަނގާކުރުން ހުއްޓުވުމުގެ މަސައްކަތް ފަށަންވީ ސްކޫލްތެރެއިން: ނައިބު ރައީސް

26 ފެބުރުއަރީ 2023 | އާދީއްތަ 13:18

ހަނގާކުރުން ހުއްޓުވުމަށްޓަކައި ކޮންމެ މީހަކީވެސް އަޚުލާގީ ރީތި ނަމޫނާ ދައްކާ މީހަކަށް ވާންޖެހޭ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 ފެބުރުއަރީ 2023 | އާދީއްތަ 13:18
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް

ހަނގާކުރުން ހުއްޓުވޭނީ މުޖުތަމައުގެ އެންމެން އެއްބާރުލުންދީގެން ކަމަށާއި، އެފަދަ ކަންކަން ހުއްޓުވުމުގެ މަސައްކަތް ސްކޫލުތަކުގެ ތެރެއިން ފެށުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ސްމައިލްއޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ދުރުހެލި ވުމަށާއި ރައްކާތެރިވުމަށް ސްކޫލުތަކުގައި ހިންގާ ހަރަކާތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އާދީއްތަ ދުވަހު ވިލިމާލޭގައި ހުންނަ، މުހްޔިއްދީން ސްކޫލުގައެވެ.

Advertisement - newsAdvertisement

ނައިބު ރައީސް ވިދާޅުވީ، ހަނގާކުރުން ހުއްޓުވުމަށްޓަކައި ކޮންމެ މީހަކީވެސް އަޚުލާގީ ރީތި ނަމޫނާ ދައްކާ މީހަކަށް ވާންޖެހޭ ކަމަށެވެ. އަދި މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނީ އެމައްސަލަތައް ހުރިކަން ގަބޫލުކުރެވިގެން ކަމަށާއި، ހަނގާކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްކޫލް ދަރިވަރުން ހަނގާކުރުމުން ރައްކާތެރިކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން، ނައިބު ރައީސް ވިދާޅުވީ، ސްކޫލުތަކުގެ އިސްދަރިވަރުން މިކަމުގައި އިސްވެ ހަރަކާތްތެރިވާކަމީ އުއްމީދު އާވެގެންދާ ކަމެއް ކަމަށެވެ. އަދި ހަނގާކުރުމަކީ ހަމައެކަނި ސްކޫލު މާހައުލުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކުން ހުއްޓުވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ހަނގާކުރުން ހުއްޓުވުމުގައި އެއްބާރުލުންދީ، މުޖުތަމައުގެ އެންމެން މަސައްކަތް ކުރުމަށް އެދިވަޑައިގެން އެކަމަށް އިލްތިމާސްކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވަނީ، ހަނގާކުރުމަށް ހޭލުންތެރިކުރުމާއި ގުޅޭގޮތުން އިނގިރޭސި ބަހުން ލިޔެފައިވާ ޅެމުގެ ރަމްޒީ ފިލައެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ. ޅެމުގެ މި ރަމްޒީ ފިލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަތްޕުޅަށް އެރުވީ، ޅެން ހުށަހަޅައިދިން، ކަލާފާނު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން އާއިޝަތު އަލާނިޔާ އިސްމާއީލެވެ.

މި ޖަލްސާއަށްފަހު، ހަނގާކުރުމުން ރައްކާތެރިކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ޕްލެޖް ވޯލްގައި ލިޔުން ފައްޓަވައިދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ވޯލްގައި ލިޔުއްވާފައެވެ.

"ސްމައިލް އޮން" ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ރައްކާތެރިކުރުމުގެ މަހުގެ ގޮތުގައި، ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާރޗުމަހުގެ 23އަށް ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. މި ހަރަކާތްތައް ކުރިޔަށް ގެންދާނީ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެންނެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
30 އޮކްޓޯބަރު 2023

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް
27 އޮކްޓޯބަރު 2023

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް
24 އޮކްޓޯބަރު 2023

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް
23 އޮކްޓޯބަރު 2023

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން
11 އޮކްޓޯބަރު 2023

ކޮންމެ ކަހަލަ ކާމިޔާބީއެއް ލިބުނު ނަމަވެސް އެކަމާއި ބޮޑާނުވެ، އެހެންކުދިންނާއިމެދު އިސްކަންދޭ ކުދި ބަޔަކަށްވާންވާނެ: ނައިބު ރައީސް ފައިސަލް

11 އޮކްޓޯބަރު 2023
ކޮންމެ ކަހަލަ ކާމިޔާބީއެއް ލިބުނު ނަމަވެސް އެކަމާއި ބޮޑާނުވެ، އެހެންކުދިންނާއިމެދު އިސްކަންދޭ ކުދި ބަޔަކަށްވާންވާނެ: ނައިބު ރައީސް ފައިސަލް
08 އޮކްޓޯބަރު 2023

ފަތުރުވެރިކަމުގެ ސިނާއަތުގައި ހިއުމަން ރިސޯސްގެ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުން މުހިއްމު - ނައިބު ރައީސް

08 އޮކްޓޯބަރު 2023
ފަތުރުވެރިކަމުގެ ސިނާއަތުގައި ހިއުމަން ރިސޯސްގެ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުން މުހިއްމު - ނައިބު ރައީސް
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
12 އޯގަސްޓު 2023

ނައިބުރައީސް ޓީޗަރުންނަށް: ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، މަސައްކަތްތެރި ކުދިންތަކެއް ތަރުބިއްޔަތުކުރެއްވުމަށް ސަމާލުކަންދެއްވާ

12 އޯގަސްޓު 2023
ނައިބުރައީސް ޓީޗަރުންނަށް: ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، މަސައްކަތްތެރި ކުދިންތަކެއް ތަރުބިއްޔަތުކުރެއްވުމަށް ސަމާލުކަންދެއްވާ
09 އޯގަސްޓު 2023

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް ލެބޯޓްރީ ނައިބުރައީސް ހުޅުއްވައިދެއްވައިފި

09 އޯގަސްޓު 2023
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް ލެބޯޓްރީ ނައިބުރައީސް ހުޅުއްވައިދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް