Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު އާންމުކޮށްފި

ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2023 | ހޮނިހިރު 07:24
ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި މީރާއިން ވަނީ ޤަވާއިދު އެކުލަވާލާފައި

ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި މީރާއިން ވަނީ ޤަވާއިދު އެކުލަވާލާފައި

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި މީރާއިން އެކުލަވައިލައިފައިވާ "ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު" އާންމުކޮށްފިއެވެ.

18 ޑިސެމްބަރ 2022 ގައި ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި "ކުނި މެނޭޖްކުރުގެ ޤާނޫނު" ގައި ވާގޮތުން، 18 އޭޕްރިލް 2023 އިން ފެށިގެން، ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ޖެހެއެވެ.

Advertisement - newsAdvertisement

އަދި، މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މޯލްޑިސްވްސް އިންލަޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުން މިގާނޫނުން ވަނީ  ލާޒިމުކޮށްފައެވެ.

މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އެ ޤާނޫނުގެ ދަށުން ފީ ނެގުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން އެކުލަވާލަންޖެހޭ ގަވާއިދު، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭ މީރާއިން އެކުލަވާލަންވާނެކަމަށް އެ ޤާނޫނުގައި ކަނޑައަޅާފައި ވެއެވެ. އެގޮތުން 22 ފެބްރުވަރީ 2023 ގައި މީރާއިން ގެޒެޓްކުރި ގަވާއިދަކީ މިގޮތުން ގެޒެޓުކުރި ގަވާއިދު ކަމުގައި މީރާއިން މައުލޫމާތު ދެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މި ގަވާއިދުގައި، ޕްލާސްޓިކް ކޮތަޅުގެ ފީ ހިސާބުކުރާނެ ގޮތާއި، ޓެކްސް ބަޔާނުގައި ފީގެ މައުލޫމާތު ހިމަނާނެ ގޮތް، އަދި، ފައިސާ ދައްކާނެ ގޮތް ހިމަނައިފައިވެއެވެ.

ވިޔަފާރި ހަރަކާތްތަކުން، 18 އެޕްރީލް 2023 އިން ފެށިގެން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގަންވާނެކަމަށާއި، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން، އެ ފަރާތަކުން ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާނުގައި އެ ފަރާތުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅާ މުއްދަތައް ނިސްބަތްވާ ޕްލާސްޓިކް ކޮތަޅުގެ ފީގެ މަޢުލޫމާތު ހިމަނައި، ޖީ.އެސް.ޓީ ދެއްކުމުގެ ސުންގަޑީގެ ނިލަޔަށް ޕްލާސްޓިކް ކޮތަޅުގެ ފީވެސް މީރާއަށް ދައްކަންވާނެކަމަށް  މީރާއިން މައުލޫމާތުދެއެވެ.

އަދި، ޕްލާސްޓިކް ކޮތަޅުގެ ފީ މީރާއަށް ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން ކަމަށްވެސް  މީރާއިން މައުލޫމާތުދެއެވެ. ނަމަވެސް، ޕްލާސްޓިކް ކޮތަޅުގެ ފީ، ބައެއް ކަހަލަ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާވެގެންވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އޭގެ އިތުރުން، ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު، ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" އިން މި ފީ ނެގުން އިސްތިސްނާވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޖީއެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ހިންގާ ވިޔަފާރި ހަރަކާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ކަސްޓަމަރުގެ އަތުން ނަގާފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދަކީ ޤާނޫނާއި ގަވާއިދާ އެއްގަތޮށް ހިސާބުކޮށްފައިވާ އަދަދެއްކަން ކަށަވަރު ކުރެވޭ މިންވަރަށް ލިޔެކިޔުން ބަލަހަހައްޓަން ވާނެ ކަމަށާއި ބަލަހައްޓަން ޖެހޭ  ލިޔެކިޔުންތަކުގެ ތަފްސީލު ގަވާއިދުގައި ހިމަނާފައި ވާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އަދި މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ މައުލޫމާތު ހުށަނާޅާނަމަ ނުވަތަ މި ފީ މީރާއަށް ނުދައްކާނަމަ އަޅާނެ ފިޔަވަޅުތައް "ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު" ގައި ހިމަނައިފައިވެއެވެ.

ޖީއެސްޓީ ޕްލާސްޓިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

ދެނެގަނެވިފައި އޮތް މިންވަރަށް ވުރެ ޕްލާސްޓިކްގައި ކެމިކަލް ގިނަ، ބޮޑު ޕަސެންޓެއް ރެގިއުލޭޓް ކުރެވޭނެ ގޮތެއްވެސް ނެތް!

20 މާރިޗު 2024
މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ

މިއަދުން ފެށިގެން ސުޕާރި ޕެކެޓް އަދި 50 މައިކްރޯނަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު އެތެރެކުރުމާއި އުފެއްދުން މަނާ

01 ޖެނުއަރީ 2024
ޖީއެސްޓީ ބަޔާން ހުށަހަޅަން ހަނދާން ކޮށްދީފި، ސުންގަޑިއަކީ 29 އޮކްޓޯބަރު!

ޖީއެސްޓީ ބަޔާން ހުށަހަޅަން ހަނދާން ކޮށްދީފި، ސުންގަޑިއަކީ 29 އޮކްޓޯބަރު!

27 އޮކްޓޯބަރު 2023
ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ

ޕްލާސްޓިކް ކޮތަޅުން ނަގާ ފީން ދައުލަތަށް 8.3 މިލިއަން ރުފިޔާ

23 އޮކްޓޯބަރު 2023
އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

27 މާރިޗު 2023

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު