Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީރާ

ޖީއެސްޓީ ބަޔާން ހުށަހަޅަން ހަނދާން ކޮށްދީފި، ސުންގަޑިއަކީ 29 އޮކްޓޯބަރު!

އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވި ނަމަވެސް، ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ނަމަ ބަޔާން ހުށަހަޅަންޖެހޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 އޮކްޓޯބަރު 2023 | ހުކުރު 12:15
މީރާ

މީރާ

މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީ ބަޔާން ހުށަހެޅުމުގެ ސުންގަނޑި ހަމަވާތީ އެ ބަޔާން ހުށަހެޅުމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ހަދުމަކޮށްދީފިއެވެ.

އެ އިދާރާއިން ބުރާސްފަތި ދުވަހު ބުނީ ސެޕްޓެމްބަރު މަހާއި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަސް ކަމަށެވެ. މި ސުންގަޑީގެ ކުރިން މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭނެއެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވި ނަމަވެސް، ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ނަމަ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށް މީރާއިން ބުންޏެވެ.

Advertisement - newsAdvertisement

ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސުންގަޑިއަށް ބަޔާން ހުށަހަޅާ މިންވަރު އެންމެ ދަށްކޮށް އުޅެނީ އެންމެ ކުދި ވިޔަފާރިތަކުންކަން މީރާއިން ފާހަގަކުރެއެވެ. އެހެންވެ، ތަކުރާރުކޮށް ސުންގަޑިއަށް ޓެކްސް ބަޔާން ހުށަނާޅާނަމަ، އެ ފަރާތްތަކުގެ ޓެކުހާގުޅޭ ޖޫރިމަނާ ލުއިކޮށްދިނުމުގެ ފުރުސަތު ކުޑަވާނެކަމަށް އެ އިދާރާއިން ބުންޏެވެ.

މީރާއިން ވަނީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ބަޔާން ހުށަހަޅާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގައިފައިވާ އަދަދުތައް ޓެކްސް ބަޔާނުގައި ހިމަނައި، އެ ފައިސާ މީރާއަށް ދައްކަން އަންގާފައެވެ.

މީރާގެ ޚިދުމަތްތަކަކީ ފަސޭހައިން އޮންލައިންކޮށް ލިބޭ ޚިދުމަތްތަކަކަށް ވެފައި، މި ފަހަރުގެ ޖީއެސްޓީ ބަޔާން ވެސް އެ އިދާރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި، މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވާ ފަރާތްތަކުން "ވާރުޕޭ" މެދުވެރިކޮށް ޖީއެސްޓީ ސުން-ބަޔާން ހުށަހެޅޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

ޓެކްސް ބަޔާން ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ލަސްނުކޮށް މީރާގެ އެހީތެރިކަމަށް އެދުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

މީރާޖީއެސްޓީ

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
21 އޯގަސްޓު 2025

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ
06 އޯގަސްޓު 2025

ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

06 އޯގަސްޓު 2025
ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
05 އޯގަސްޓު 2025

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު