Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަންތާޖު ގުރުއާން މުބާރާތް

"ރަންތާޖު" ގުރުއާން މުބާރާތަށް ކުދިން ހޮވީ އެއް މިންގަނޑަކުން މިންކުރުމަށްފަހު: ފަނޑިޔާރުން

25 ފެބުރުއަރީ 2023 | ހޮނިހިރު 05:16

މުބާރާތަށް ހޮވުނު 20 ބައިވެރިން ހުކުރުދުވަހުގެ ރޭ ވަނީ އިއުލާންކޮށްފައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 25 ފެބުރުއަރީ 2023 | ހޮނިހިރު 05:16
ރަންތާޖުގެ ދެ ފަނޑިޔާރުން، ޝިފާއު (ވ) އާއި ވާހިދު (ކ)

ރަންތާޖުގެ ދެ ފަނޑިޔާރުން، ޝިފާއު (ވ) އާއި ވާހިދު (ކ)

"ރަންތާޖު" ގުރުއާން މުބާރާތަށް ކުދިން ހޮވުމުގައި އޮޑިޝަންތަކުގައި ބައިވެރިވި ހުރިހާ ކުދިން ވެސް އެއް މިންގަނޑަކުން މިންކުރެވުނު ކަމަށާއި މުބާރާތުގައި ވާދަކުރާނީ ހުރިހާ ފަނޑިޔާރުންނަށް އިއްތިފާގުވެވުނު 20 ބައިވެރިން ކަމަށް މުބާރާތުގެ ފަނޑިޔާރުން ވިދާޅުވެއްޖެ އެވެ.

ރަންތާޖު ގުރުއާން މުބާރާތަށް އޮޑިޝަނުން ހޮވުނު 20 ބައިވެރިންގެ ނަން ހުކުރު ދުވަހުގެ ރޭ ވަނީ އިއުލާންކޮށްފައެވެ. އެ ނަންތައް އިއުލާންކުރުމުގެ ކުރިން، ފަނޑިޔާރުން ވިދާޅުވީ މި މުބާރާތުގައި ކުދިން ހޮވުމުގައި އިންސާފުވެރިކަން އިސްކޮށްފައިވާނެ ކަމަށެވެ.

މުބާރާތުގެ ފަނޑިޔާރު އަލްގާރީ އިބްރާހިމް ޝިފާއު ވިދާޅުވީ މުބާރާތަށް ކުދިން ހޮވުމުގައި ބަލައިފައިވަނީ ވަރަށް ބޮޑު ފަނޑިޔާރުންގެ ޕެނަލްއަކުން ކަމަށާއި އޮޑިޝަން އޮތް ކޮންމެ ހިސާބަކަށް ވެސް، ޖަޖުންގެ ޕެނަލްގެ ތިން ޖަޖުން ވަޑައިގެންނެވިކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ކުދިން ތިބިކަން ފާހަގަ ކުރެވުނު ކަމަށާއި ސްކޫލްތަކުގެ މަތީ ލެވެލްގައި ކިޔަވަމުންދާ ދަރިވަރުން ވެސް މި މުބާރާތުގައި ބައިވެރިވާން ބޮޑު ޝައުގުވެރިކަމެއް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ކުދިންގެ އިމްތިހާނުތައް އޮތުމުން ބައިވެރިނުވެވުނު ނަމަވެސް ވާދަވެރި ކުދިންތަކެއް ރާއްޖޭގެ އެކި ހިސާބުތަކުން ހޮވައިލެވިއްޖެކަމަށް ޝިފާއު ވިދާޅުވިއެވެ.

އިތުރަށް ޝިފާއު ވިދާޅުވީ، އެކި ސަރަހައްދުތަކުން ކުދިން ހޮވައިލައިގެން ގެނެސް ނިންމައިނުލާ ކަމަށާއި އެކި ސަރަހައްދުތަކަށް ދިޔަ ފަނޑިޔާރުންގެ ތެރެއިން ގިނަ ފަނޑިޔާރުން ތިއްބަވައިގެން ހުރިހާ ކުދިންގެ ކިޔެވުން ދެވަނަ ފަހަރަށް ބެލުމަށްފަހު ހުރިހާ ކުދިން އެއް މިންގަނޑަކުން މިންކުރެވުނު ކަމަށެވެ. އަދި ކުދިން ހޮވުމުގައި އަޑު، ރާގު އަދި އެ ވަގުތަކު ކިޔަވައިލާ ކިޔަވައިލުމަކަށް އެކަނި ބެލީ ނޫން ކަމަށާއި އޭގެ އިތުރަށް، ހަވާލުކުރާ ޓާސްކު ފުރިހަމަކުރެވޭތޯ ވަރަށް ބޮޑަށް ބެލި ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިފްޒާއި، ތަޖުވީދާއި ތަފްސީރުގެ ސުވާލުތައް ހިމެނޭކަމަށް ޝިފާއު ފާހަގަކުރެއްވިއެވެ. އަދި މުބާރާތަށް ހޮވައިފައިވާނީ މި ހުރިހާ ކަމަކަށް ވެސް ގާބިލުކަަމަށް ބެލެވޭ ކުދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުބާރާތުގެ ފަނޑިޔާރު އަބްދުލް ވާހިދު އަބްދުﷲ ވިދާޅުވީ އޮޑިޝަނުން ހޮވުނު 20 ބައިވެރިންނަށް ވެސް މުބާރާތަށް އެރުމުގެ ކުރިން ޕްރެކްޓިސް ކުރިއަށް ގެންދާނެ ކަމަށައި އެ ކަމަކީ މި މުބާރާތުގައި ރަނގަޅު ކިޔެވުންތަކެއް ހުށަހެޅުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މުބާރާތަށް ކުދިން ހޮވައިފައިވާނީ ވަރަށް އިންސާފުވެރިކަމާއެކު ކަމަށާއި، މި 20 ބައިވެރިންނަކީ ހުރިހާ ގޮތަކުން ބަލައިގެން ހޮވައިފައި ތިބި ބައިވެރިންތަކެއް ކަމަށް ވާހިދު ވިދާޅުވިއެވެ.

މުބާރާތުގެ އޮޑިޝަންތައް ނިންމާލީ ޖުމުލަ 111 ބައިވެރިންނާ އެކުގައެވެ. 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 6 ސަރަހައްދެއްގައި ވަނީ ބާއްވާފައެވެ. އޭގެ ތެރެއިން އެންމެ ފަހު އޮޑިޝަން ބާއްވާފައި ވަނީ މާލޭ ސިޓީގައެވެ. މާލެ ފިޔަވައި، އޮޑިޝަން ބާއްވާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ، އައްޑޫސިޓީ ހިތަދޫ، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި، ހދ. ކުޅުދުއްފުށި މި ފަސް ސަރަހައްދެވެ.

ރަންތާޖު ޤުރުއާން މުބާރާތް

އިތުރަށް ކިޔާލަން

07 އެޕްރީލު 2023

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

07 އެޕްރީލު 2023
ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
07 އެޕްރީލު 2023

"ރަންތާޖު" ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރާ 11 ބައިވެރިން އިއުލާންކޮށްފި

07 އެޕްރީލު 2023
"ރަންތާޖު" ޤުރުއާން މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރާ 11 ބައިވެރިން އިއުލާންކޮށްފި
07 އެޕްރީލު 2023

ރަންތާޖު ޤުރުއާން މުބާރާތުން މިރޭ ހަތަރު ބައިވެރިން ވަކިވާނެ

07 އެޕްރީލު 2023
ރަންތާޖު ޤުރުއާން މުބާރާތުން މިރޭ ހަތަރު ބައިވެރިން ވަކިވާނެ
26 މާރިޗު 2023

ރަންތާޖު ޤުރުއާން މުބާރަތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހަދިޔާއެއް

26 މާރިޗު 2023
ރަންތާޖު ޤުރުއާން މުބާރަތުގެ ބައިވެރިންނަށް އިސްލާމިކް މިނިސްޓްރީގެ ހަދިޔާއެއް
25 މާރިޗު 2023

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

25 މާރިޗު 2023
ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
24 މާރިޗު 2023

ރަންތާޖު ޤުރުއާން މުބާރާތް ފަށައިފި

24 މާރިޗު 2023
ރަންތާޖު ޤުރުއާން މުބާރާތް ފަށައިފި
24 މާރިޗު 2023

ދުނިޔޭގައި އުޅުމަށް ބޭނުންވާ ހުރިހާ ފިލާވަޅެއް ގުރުއާނުން ލިއްބައިދޭ: ނައިބު ރައީސް

24 މާރިޗު 2023
ދުނިޔޭގައި އުޅުމަށް ބޭނުންވާ ހުރިހާ ފިލާވަޅެއް  ގުރުއާނުން ލިއްބައިދޭ: ނައިބު ރައީސް
24 މާރިޗު 2023

"ރަންތާޖު ޤުރުއާން މުބާރާތަށް ރާއްޖެއިން ބޭރުގެ މަޝްހޫރު ޤާރީއިން ގެންނަނީ"

24 މާރިޗު 2023
"ރަންތާޖު ޤުރުއާން މުބާރާތަށް ރާއްޖެއިން ބޭރުގެ މަޝްހޫރު ޤާރީއިން ގެންނަނީ"
24 މާރިޗު 2023

"ރަންތާޖު" ޤުރުއާން މުބާރާތް ވެގެންދާނީ ބައިވެރިންގެ އިތުރުން ބެލުންތެރިންނަށް ވެސް ފިލާވަޅަކަށް: އިސްލާމިކް މިނިސްޓަރ

24 މާރިޗު 2023
"ރަންތާޖު" ޤުރުއާން މުބާރާތް ވެގެންދާނީ ބައިވެރިންގެ އިތުރުން ބެލުންތެރިންނަށް ވެސް ފިލާވަޅަކަށް: އިސްލާމިކް މިނިސްޓަރ
24 މާރިޗު 2023

ރަންތާޖު ޤުރުއާން މުބާރާތް މިރޭ ފަށަނީ

24 މާރިޗު 2023
ރަންތާޖު ޤުރުއާން މުބާރާތް މިރޭ ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް