Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތް

ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން ބިލަބޮންގއިން އަމީނިއްޔާ ބަލިކޮށްފި

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުން ބިލަބޮންގ މޮޅުވީ 3-2ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ފެބުރުއަރީ 2023 | ހޮނިހިރު 03:47
އިންޓަރ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި، ބިލަބޮންގއިން ޣިޔާސުއްދީނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އިންޓަރ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި، ބިލަބޮންގއިން ޣިޔާސުއްދީނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އިންޓަރ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އަމީނިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލް މޮޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުން ބިލަބޮންގ މޮޅުވީ 3-2ންނެވެ. އެއީ މެޗުގެ ދެވަނަ ހާފުގައި އެ ޓީމުން ޖެހި ލަނޑުތަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1ން ދެ ޓީމު އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި އަމީނިއްޔާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ މުހައްމަދު މާކިން މިރުޝާނެވެ. އަމީނިއްޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިޒްޔާން އިގްނާޒް މަންސޫރެވެ. ދެ ވަނަ ހާފަށް ނުކުމެ އަމީނިއްޔާއިން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. އެއީ މުހައްމަދު ދިނާން ފަޔާޒް ޖެހި ލަނޑުންނެވެ. އެކަމަކު އަމީނިއްޔާއަށް ލީޑު ހިފެހެއްޓޭ ގޮތެއް ނުވިއެވެ. ބިލަބޮންގއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޒީލް މުހައްމަދެވެ. ނަތީޖާ ހަމަހަމަކުރިތާ ހަ މިނެޓު ފަހުން ބިލަބޮންގ މޮޅުކޮށްދިނީ ޒޯރަން ނަޝީދު ޖެހި ލަނޑުންނެވެ.

މިއީ ގްރޫޕްގައި ބިލަބޮންގގެ ދެވަނަ މޮޅެވެ. ކުރީ ޣިޔާސުއްދީނާ ދެކޮޅަށް ކުޅުނު މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. ދެ މެޗުން މޮޅުވެފައިވާ ބިލަބޮންގއާއި އިސްކަންދަރަށް ހަ ޕޮއިންޓު ލިބޭއިރު، އިސްކަންދަރު އެއް ވަނާގައި އޮތީ ފައިދާ ލަނޑުންނެވެ. މި ގްރޫޕްގައި މި ދެ ޓީމު ބައްދަލު ކުރާނީ އަންނަ ބުދަ ދުވަހުއެވެ.

އިންޓަރ ސްކޫލް ފުޓުބޯޅަ ޗެމްޕިއަންޝިޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު