Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ސާޖިއޯ ރާމޯސް

ސާޖިއޯ ރާމޯސް: 235 ކާޑާއެކު ރެފްރީން ވެސް ޖެހިލުންވި، އެކަތައިގެ ޑިފެންޑަރެއް!

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް ރާމޯސް އިއުލާނުކުރީ މިދިޔަ ބުދަ ދުވަހު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2023 | ހޮނިހިރު 00:58
ސާޖިއޯ ރާމޯސް

ސާޖިއޯ ރާމޯސް

ދުނިޔެ ދެކެފައިވާ ޑިފެންޑަރުންގެ ތެރެއިން ސްޕޭނުގެ ސާޖިއޯ ރާމޯސް އަކީ ހުނި ޖަހާލާފައި ވެސް ނަގަންޖެހޭ ވަރުގެ ފަހުލަވާނެކެވެ. ސްޕޭނަށް ވޯލްޑްކަޕަކާއި ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްދިނެވެ. ގައުމީ ޓީމާއި ރެއާލް މެޑްރިޑަށް އެތަކެއް ގޯލެއް ޖަހައިދީ އެހާމެ ގިނަ ރެކޯޑްތަކެއް ވެސް މުގުރާލި އެވެ. ބޭނުންނުވާ އެތައް ރެކޯޑެއްގެ ވެރިއަކީ ވެސް އޭނާ އެވެ. ނަމަވެސް އުމުރުން 36 އަހަރުގެ ޑިފެންޑަރު ދެން ގައުމީ ޖާޒީގައި ނުފެންނާނެ އެވެ. ގައުމު ތަމްސީލުކުރުމާ ދުރަށް ދިޔަކަން ރަސްމީކޮށް ރާމޯސް އިއުލާނުކުރީ މިދިޔަ ބުދަ ދުވަހު އެވެ.

ހަށިގަނޑުގެ ބޮޑު ބައެއްގައި ޒާތްޒާތުގެ ޓެޓޫޖަހައިގެން އުޅޭ ރާމޯސް ގިނަ ބަޔަކަށް ކަމުދިޔަ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. އޭނާގެ ވަރުގަދަ އަދި ޖެހިލުންކުޑަ ކުޅުމުގެ ސަބަބުންނެވެ. ޓީމަށް ކާމިޔާބު ހޯދައިދިނުމަށް އެހެރަ ދެއްކި ދެވަނަ އެއްނެތް ފަންވަރުގެ ސަބަބުންނެވެ. ފަހުން ވާނެ ގޮތަކަށް ނުބަލައި ކުރި އެތައްކެއް ޓެކްލްތަކާއި އިދިކޮޅު ކުޅުންތެރިން ރުޅި އަރުވާލުމުގެ އެންމެ ކުރީ ސަފުގައި އަބަދުމެ ހުންނާތީ އެވެ. އޭނާ އަކީ މަތިން އަންނަ ބޯޅަތައް ބޮލުންޖަހައި، އެބޯޅަތަކުން ގޯލު ޖެހުމާއި ޕެނަލްޓީ ޖެހުމުގައި ވެސް އަރައި ހުރި މާހިރެކެވެ. ދުނިޔޭގެ އެންމެ ހަލުވި އެއް ޑިފެންޑަރެވެ. ސްޕޭނުގެ މާކާއިން ބުނާ ގޮތުގައި ރާމޯސްއަކީ ގަޑިއަކު 30 ކިލޯ މީޓަރު ބާރު މިނުގައި ދުވާ ކުޅުންތެރިއެކެވެ. ހަގީގަތުގައި ވެސް މިވަރުގެ އެހެން ޑިފެންޑަރަކު ނެތެވެ.

ރާމޯސް އަކީ ސްޕޭނުގެ އަންދަލުސްއަށް އުފަންވި ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑަށް އޭނާގަތީ ސެވިއްޔާގައި ހުއްޓައި 27 މިލިއަން ޕައުންޑްދީފަ އެވެ. މިއީ ސްޕެނިޝް ލީގުން އެހާތަނަށް ޑިފެންޑަރަކަށް ކުރި އެންމެ ބޮޑު ހޭދަ އެވެ. ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިޔާސް އަށްފަހު އޭނާވީ ރެއާލް މެޑްރިޑްގެ އެންމެ ސީނިއާ ކުޅުންތެރިޔާ އަދި ކެޕްޓަނަށެވެ. ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށެވެ. މިހެންވެ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނީ "2005ގައި ކުލަބުންކުރި އިންވެސްޓްމަންޓަކީ ރެއާލް މެޑްރިޑުން ކުރި އެންމެ ކާމިޔާބު އެއް ވިޔަފާރި،" ކަމަށެވެ.

އުމުރުން 16 އަހަރުގައި ރެއާލް މެޑްރިޑާ ގުޅި އޭނާ ވަނީ 16 އަހަރު މެދުނުކެނޑި އެކުލަބަށް ކުޅެދީފަ އެވެ. ހަތަރު ޗެމްޕިއަންސް ލީގާއެކު ޖުމުލަ 22 ތަށި ހޯދައިދިނެވެ. އޭނާ އަކީ ޑިފެންޑަރެއްގެ ގޮތުގައިހުރެ ސްޕެނިޝް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

އޭނާ ގައުމީ ޓީމަށް ކުޅެން ފެށީ އުމުރުން އެންމެ 18 އަހަރުގައި 2005ގަ އެވެ. އޭގެ ފަހުން ރާމޯސް ވެގެންދިޔައީ ގައުމީ ޓީމަށް 100 މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އަދި ކުޅުން ހުއްޓާލިއިރު 180 މެޗާއެކު ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. ކެޕްޓަން ބޭންޑް ވެސް އޮތީ އޭނާގެ އަތުގަ އެވެ. ގައުމީ ޖާޒީގައި ޖަހާފައިވަނީ 23 ގޯލެވެ. ރެއާލް މެޑްރިޑަށް 671 މެޗުން 101 ގޯލު ޖަހައިދިނެވެ. ކުލަބަށް ވެސް އެންމެ ގިނަ ގޯލު ޖަހައިދިން ޑިފެންޑަރަކީ އޭނާ އެވެ.

ރާމޯސް ކިތަންމެ މޮޅަސް ރެއާލް މެޑްރިޑް ދޫކޮށްލަން އޭނާ އަށް ޖެހުނީ ބޮޑާ ހޭކުމާއި ގޮތް ދޫނުކުރުމުންނެވެ. ރެއާލްއިން ތިން ފަހަރެއްގެ މަތީން ހުށަހެޅި ކޮންޓްރެކްޓަކަށް ފުރަގަސްދިނުމަށްފަހު، މާފަހުން ސޮއިކުރަން އެދުމުން ޕެރޭޒް އޭނާ ވަން ދޮރުން ނިކުތުމަށް އެންގީ އެވެ.

ކުޅުނު މެޗާއި ޖެހި ގޯލާއެކު ރާމޯސް ހޯދި ދެ ކުލައިގެ ކާޑުތަކަކީ ވެސް ގިނަ ބަޔަކަށް އޭނާ ކަމުދިޔަ ސަބަބެކެވެ. ސްޕެނިޝްލީގާއި ޗެމްޕިއަންސް ލީގުގައި އެކަނި ވެސް އޭނާ ވަނީ ޖުމުލަ 235 ކާޑު ހޯދައިފަ އެވެ. ސްޕެނިޝް ލީގުގައި އެންމެ ގިނަ ކާޑު ދެއްކި ކުޅުންތެރިޔާގެ ރެކޯޑް އޮތީ ވެސް ރާމޯސް އަށެވެ. އެއީ 171 ރީނދޫ ކާޑާއި 20 ރަތްކާޑާއެކުގަ އެވެ. ސްޕެނިޝް ލީގުގައި ރަތްކާޑު ދައްކައި އެންމެ ގިނައިން ފޮނުވާލި އިރު މިއީ ޔޫރަޕުގެ ރެކޯޑެކެވެ. ޗެމްޕިއަންސްލީގުގައި 40 ރީނދޫ ކާޑާއި 4 ރަތްކާޑު ދެއްކި އެވެ. މީގެ ތެރެއިން ތިން ފަހަރަކު އޭނާއަށް ރަތްކާޑު ދައްކައި ފޮނުވާލީ އިތުރު އިންޒާރެއްނުދީ އެވެ. މިއީ ވެސް މުހިންމު މެޗެއްގައި ރާމޯސް މަދުވެއްޖެކަން ސަޕޯޓަރުން އިހުސާސްކުރަންޖެހޭނެ ކަމެކެވެ.

ރަނގަޅު ޒަވާޖީ ހަޔާތެއް ވޭތުކުރަމުން އަންނަ، ހަތަރު ފިރިހެން ކުދިންގެ ބައްޕަ، ރާމޯސް އަކީ ދިރިއުޅުމުގައި ޒިންމާދާރު ވަރަށް އާއިލީ މީހެކެވެ. އޭނާ މިހާރު ކުޅެމުންދަނީ ފްރާންސްގެ ޕީއެސްޖީގަ އެވެ. އަނިޔާ އާއި ތަފާތު އެނޫން މައްސަލަތަކާހުރެ ރެއާލްގައި ކުޅުނުހާ މޮޅަށް ޕީއެސްޖީގައި ނުކުޅެވުނަސް ރާމޯސް އަކީ ދުނިޔޭގެ އެތައް ބައެއްގެ ލޯބި ހޯދި ޑިފެންޑަރެކެވެ. އިތުބާރު ބޮޑު މީހެކެވެ. ގައުމީ ޓީމަށް ދެން ނުކުޅޭނެކަމަށް ރާމޯސް އިއުލާނުކުރީ ސްޕޭނުގެ މިހާރުގެ ކޯޗު އޭނާ އަށް ގައުމީ ޓީމުން ފުރުސަތު ނެތްކަމަށް ބުނި ހިސާބުންނެވެ. އެކަމަކު ގައުމީ ޖާޒީގައި ނުފެނުނަސް ރާމޯސްގެ ހަނދާންތަކާއި އޭނާގެ ވަރުގަދަކަމާއި ކުޅަދާނަކަމާއި ޖެހިލުންކުޑަކަން އަދިވެސްބޮޑެތި މުބާރާތްތަކުގައި ދިވެހިން ވެސް އިހުސާސްކުރާނެ އެވެ.

ކުޅިވަރުސާޖިއޯ ރާމޯސްސްޕެއިން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

09 އޮކްޓޯބަރު 2025
ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

18 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

17 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު