Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލަން ގޮވާލައި އދ. އިން ގަރާރެއް ފާސްކޮށްފި

ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދޭން ފެށީ 24 ފެބްރުއަރީ 2022 ގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2023 | ހުކުރު 07:56
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާއިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލައި އދ. އިން ގަރާރެއް ފާސްކޮށްފިއެވެ.

އދ. އިން މި ގަރާރު ފާސްކޮށްފައިވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް އެއް އަހަރު ދުވަސް ފުރުމާ ގުޅިގެން ބޭއްވި ބައްދަލުވުމެއްގައެވެ. އެގޮތުން، ޔޫކްރެއިނަށް އަރައި ތިބި ރަޝިއާ ސިފައިން ބޭލުމަށާއި ހަނގުރާމަ ހުއްޓާލުމަށް ވަނީ ގޮވާލައިފައެވެ.

މި ގަރާރު ފާސްކޮށްފައިވަނީ އދ. ގެ 141 މެންބަރުންގެ ތާއީދާއެކުގައެވެ. ގަރާރާ ދެކޮޅަށް ރަޝިއާގެ އިތުރުން ހަ ޤައުމަކުން ވަނީ ވޯޓު ދީފައެވެ. އެ ޤައުމުތަކަކީ ބެލަރޫސް އާއި އުތުރު ކޮރެޔާ އާއި އެރިޓްރިޔާ އާއި މާލީ އާއި ނިކަރާގުއާ އަދި ސޫރިޔާއެވެ. މި ވޯޓުގައި ރަޝިއާ އާއި އެންމެ ގާތް ޗައިނާގެ އިތުރުން 31 ޤައުމަކުން ބައިވެރި ނުވެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވަނީ އދ. ގެ މި ގަރާރަށް މަރުޙަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ވޯޓުން ދޭހަކޮށްދެނީ މުޅި ދުނިޔެ ޔޫކްރެއިނަށް ތާއީދު ކުރާ ކަން ކަމަށެވެ.

ރަޝިޔާއިން މި ގަރާރާ ދެކޮޅު ހަދާފައިވާއިރު އެ ޤައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ޑިމިޓްރީ ޕޮލިޔެންސްކީ އެ ގަރާރު ސިފަ ކުރެއްވީ "ބޭކާރު" ގަރާރެއްގެ ގޮތުގައެވެ.

ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދޭން ފެށީ 24 ފެބްރުއަރީ 2022 ގައެވެ. މި ހަނގުރާމައަށް މިހާރު އަހަރެއްވެފައިވާއިރު އެކި ޤައުމުތަކުން ދަނީ އެ ޤައުމުތައް ޔޫކްރެއިނާއި އެ ޤައުމުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ބައެއް ޤައުމުތަކުގެ ރައްޔިތުން ވަނީ އެ ޤައުމުތަކުގައި ހުންނަ ރަޝިއާގެ އެމްބަސީތައް ކައިރީގައި އެއްވުންތަކެއް ބާއްވައިފައެވެ.

ރަޝިއާއިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތަކާ ގުޅޭގޮތުން ޔޫކްރެއިނުން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ އިރުމައްޗާއި ދެކުނުގެ އިތުރުން އުތުރުގެ 25 ރަށަކާއި އަވަށަކަށް ރަޝިޔާއިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެކުވެރި ދައުލަތްތައް (އ.ދ.)ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު