Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ޕްރެޝަރުގައި ނުކުޅެވިގެން ރާއްޖެ ބަލިވެއްޖެ

މެޗުން މެލޭޝިޔާ އަތުން ރާއްޖެ ބަލިވީ ތިން ސެޓު އެެއް ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 17:56
ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގައި ރާއްޖެއާއި މެލޭޝިޔާ ކުޅުނު މެޗުގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގައި ރާއްޖެއާއި މެލޭޝިޔާ ކުޅުނު މެޗުގެ ތެރެއިން

ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަންގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ފުރަަތަމަ މެޗުން ބަލިވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އެ މެޗުން މެލޭޝިޔާ އަތުން ރާއްޖެ ބަލިވީ ތިން ސެޓު އެެއް ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓާއި، ދެ ވަނަ ސެޓު މާ އުނދަގޫ ކަމެއް ނެތި ކާމިޔާބުކުރީ، މެލޭޝިޔާއިންނެވެ. ފުރަތަމަ ސެޓުގެ ކުރީކޮޅު ރާއްޖެއިން ރަނގަޅަށް ކުޅުނުނަމަވެސް، ލީޑު ހިފެހެއްޓޭ ގޮތް ވަނީ ނުވެފައެވެ. ފުރަތަމަ ސެޓުގައި ރާއްޖެއިން ފާހަގަކޮށްލެވޭވަރުގެ ރަނގަޅު ހަމަލާތަކެއް ފޮނުވާލީ ހަސަން ނިލާމް (ޕާޓޭ)އެވެ. ދެ ވަނަ ސެޓުގައި ޕާޓޭ އިތުރުން ރާއްޖޭގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓޭ)ވެސް ވަނީ ފާހަގަކޮށްލެވޭވަރުގެ ހަމަލާތަކެއް ފޮނުވާލާފައެވެ. ރާއްޖެއަށް އެންމެ އެކަށީގެންވާ ކުޅުމެއް ދެ ސެޓުގައިވެސް ނުދެއްކުނުއިރު، މެލޭޝިޔާއިން ދެ ސެޓުވެސް ކާމިޔާބުކުރީ 25-20ންނެވެ.

ތިންވަނަ ސެޓުގައި ރާއްޖެއިން ވަނީ ފުރަތަމަ ކޮޅު ރަނގަޅަށް ކުޅެ ތިން ޕޮއިންޓުގެ ލީޑެއްވެސް ނަގާފައެވެ. ސެޓުގެ މެދާ ހަމައަށް ދިޔައިރުވެސް ރާއްޖެއިން ވަނީ ތިން ޕޮއިންޓުގެ ލީޑު ހިފަހައްޓާފައެވެ. ނަމަވެސް ރާއްޖެއަށް ލީޑު ހިފެހެއްޓޭ ގޮތް ނުވެ، މެލޭޝިޔާއިން ވަނީ 15-15ން ސެޓުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާވެސް ރާއްޖެއިން ވަނީ ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ރާއްޖެއިން ލީޑު ހިފަހައްޓައި، މޮޅަށް ކުޅެ، ތިންވަަނަ ސެޓު ކާމިޔާބުކުރީ 20-25ންނެވެ. އެ ރޫހުގައި ރާއްޖެއިން ހަތަރުވަނަ ސެޓަށް ކުރިމަތިލި ނަމަވެސް، ސެޓުގެ ކުރީކޮޅު ލީޑު ކުރަމުން ދިޔައީ މެލޭޝިޔާއިންނެވެ. މެލޭޝިޔާއިން ލީޑު ކުރަމުން ދަނިކޮށް ރާއްޖެއިން ނަތީޖާ ހަމަހަމަކުރީ އާދަމް ފައިރޫޒާއި ޕާޓޭގެ މޮޅު ބްލޮކަކުންނެވެ. ނަމަވެސް ރާއްޖެއަށް އިތުރު ގޯސްތަކެއް ހެދި، މެލޭޝިޔާއިން ވަނީ އަލުން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެ ލީޑު ހިފަހައްޓައިގެން ކުޅެ މެލޭޝިޔާއިން ސެޓު ކާމިޔާބުކުރީ 18-25ންނެވެ.

މުބާރާތުގައި ރާއްޖެއަށް ދެން އޮންނާނީ ހުކުރު ދުވަހުގެ ރޭ ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗެވެ. މެލޭޝިޔާއަށް އޮންނާނީ ހުކުރު ދުވަހުގެ މެންދުރު އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.

ފޯ ނޭޝަންސް ކަޕްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައުމީ ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު