Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓު އިމާރަތް

ކްރިމިނަލް ކޯޓު ބަދަލުކުރަނީ ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ބިޒްނަސް ޔުނިޓަށް

އިމާރާތުގެ ދަތިކަމުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ޙައްލުނުވެ ދިގުލަމުންދާ މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ފެބުރުއަރީ 2023 | ބުރާސްފަތި 04:34
ކްރިމިނަލް ކޯޓުގެ އިމާރަތް ބާވެ، އިމާރާތުގެ ތަނބެއް ވެއްޓިފައި

ކްރިމިނަލް ކޯޓުގެ އިމާރަތް ބާވެ، އިމާރާތުގެ ތަނބެއް ވެއްޓިފައި

ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރިކަމެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދެއްވާފައިވާތީ ކްރިމިނިލް ކޯޓު ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން މިވަނީ ނިންމާފައެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓު ހިންގަމުންދާ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބައުވެފައިވާ ތަނަކަށްވެ ވަރަށް ބޮޑަށް އެއިމާރާތް ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން ލައްވާ ބުދަ ދުވަހު އިންސްޕެކްޝަނެއް ހަދާފައިވާކަމަށެވެ. އެގޮތުން ހެދި އިންސްޕެކްޝަނަށްފަހު، އެ އިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން ވަނީ އިރުޝާދު ދެއްވާފައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ބުދަ ދުވަހުވެސް އެ ކޯޓުގެ ޝަރީއަތުގެ ބޮޑު މާލަމަށް ވަންނަން ހުންނަ ތަނުގެ ތަނބެއް ވަނީ ވެއްޓިފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓު ބަދަލު ކުރަނީ ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓުގެ ތިރީގައި ހުންނަ ބިޒްނަސް ޔުނިޓަށެވެ. އެގޮތުން މަހެއްހާ ދުވަސް ތެރޭގައި އެ ބަދަލު ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް، ކްރިމިނަލް ކޯޓުގެ ބައެއް މަސައްކަތްތައް މާލޭގައި ހުންނަ އިމާރާތުގައިވެސް ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކުން ވިސްނަމުންދާކަމަށް ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވެއެވެ.

ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ސަލާމަތަށްޓަކައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ޖޭއެސްސީން ވަނީ ދީފައެވެ.

އޭގެ ތެރޭގައި ކްރިމިނަލް ކޯޓު ހިންގަމުންދާ ދެ އިމާރާތުގެ ތެރެއިން ހަތަރުބުރީގެ ބައު އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓާލުމާއި، ކޯޓުން ބޭނުންކުރަމުންދާ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް އަލުން ތަރުތީބުކޮށް ހުއްޓާނުލައި ކުރިއަށްގެންދިއުމާއި، ކޯޓުގެ މަސައްކަތްތައް މަސައްކަތައް ތަރުތީބުކޮށް, ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި, ވޯކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުންނާއި, ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ކޯޓުގެ ހިދުމަތް ވީހާވެސް ރަނގަޅަކަށް ދެވޭނޭ އިންތިޒާމްތައް ހަމަޖެއްސުން ހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ 4 ބުރީގެ އިމާރަތް ބާވެ އަރިއަޅާލާފައިވާތީ ބޭރުން ހުންނަނީ ދަގަނޑުތައް ވިއްދާފައެވެ.  ކޯޓަށް ދިމާވެފައިވާ އިމާރާތުގެ ދަތިކަމުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ޙައްލުނުވެ ދިގުލަމުންދާ މައްސަލައެކެވެ.

ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު