Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަގުތީ މާރުކޭޓެއް ހުޅުވުން

ރޯދަމަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވަނީ

މި ތަން ހިންގާނީ މާލެ ސިޓީ ކައުންސިލަށްވެސް އާމްދަނީއެއް ލިބޭ ގޮތަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ފެބުރުއަރީ 2023 | ބުރާސްފަތި 03:56
ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލެ ދެވަނަ ފިޔަވަހި

ރަމަޟާންމަހަށް ޚާއްޞަ ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 90 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި މި ހުށަހެޅުން ހުށަހެޅުއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން ހުޅުމާލޭގެ ކަންކަން ހިންގަން މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކުރިނަމަވެސް ހުޅުމާލެ އަކީ މާލެ ސިޓީގެ ބައެއް ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީވެސް މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭތަނެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް މިހާރު 10،000 ވަރަކަށް ޢާއިލާ ދިރިއުޅެމުން ދާކަމަށާއި، އެހެންކަމުން އެފަރާތްތަކަށް ރަމަޟާންމަހު މާލެ ގޮސް ނުވަތަ ދުރު ހިސާބުތަކަށްގޮސް ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ހޯދުން ދަތި ކަމަކަށްވާނެ ކަމަށާއި، އެހެންކަމުން މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއްގޮތަށް މިކަން ކުރިއަށްގެންދަންޖެހޭ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ދުރާލާ މަސައްކަތްކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވާނީ މާލެ ސިޓީ ކައުންސިލަށްވެސް އޭގެން އާމްދަނީއެއް ލިބޭގޮތަށް ކަމަށެވެ. އަދު މިއީ އެތަނުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުންވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ މި ހުށަހެޅުމަށް ތާޢީދުކުރައްވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ހުޅުމާލެ އަކީ އިޙްތިޞާސް ކަނޑައެޅިއިރު މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އިޙްތިޞާސީ ބާރުގެ ތެރޭގައި އޮތްތަނެއް ކަމަށެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެތައް ރައްޔިތުންނެއް ދިރިއުޅޭއިރު، މިފަދަ ޚިދުމަތެއް ފަސޭހަ ކަމާއިއެކު ލިބޭނެ ގޮތެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ މިކަމާއި ގުޅޭ މަޝްވަރާތައް އެޗްޑީސީއާއިއެކު ކުރިއަށް ގެންދެވިފައިވާ ކަމަށާއި، އެފަރާތުންވެސް މިކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ނުރަސްމީކޮށް ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތަކަށް ޚާއްސަކޮށް ރަމަޟާން މަހު މިފަދަ ބޭނުންތަކަށް ދުރަށްނުގޮސް މިކަން އިންތިޒާމް ކުރެވުމަކީ މާލެ ސިޓީ ކައުންސިލަށް ކޮށްދެވޭނެ ރަނގަޅު ކަމެއްކަމަށް ފެންނަ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްރަމަޟާން 1443

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު