Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ މާކެޓުކުރުން

ތައިލެންޑްގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުންގެ ޓީމެއް ރާއްޖެއަށް

23 ފެބުރުއަރީ 2023 | ބުރާސްފަތި 02:43

މި ޓީމުން 6 ދުވަސް ވަންދެން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި މެހެމާންދާރީ ތަޖުރިބާކުރާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ފެބުރުއަރީ 2023 | ބުރާސްފަތި 02:43
ތައިލެންޑްގެ ނޫސްވެރިންނާއި ބްލޮގަރުންގެ ޓީމު

ތައިލެންޑްގެ ނޫސްވެރިންނާއި ބްލޮގަރުންގެ ޓީމު

ރާއްޖޭއިން ފަތުރުވެރިންނަށް ލިބެންހުރި ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ އާއި ލަގްޒަރީ ހިދުމަތްތައް ތަޖުރިބާކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ދައުވަތަކަށް ތައިލެންޑްގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މި ޓީމު ރާއްޖެ އައިސްފައިވަނީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި މި ޓީމުން 6 ދުވަސް ވަންދެން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކުރާނެއެވެ.

މި ދަތުރުގައި ތައިލޭންޑުގެ ފާހަގަކުރެވޭ 2 ނޫސްވެރިންނާއި 3 ބްލޮގަރުންނާއި 1 ޕީއާރު ރެޕްރެޒެންޓޭޓިވުން ޒިޔާރަތްކުރަނީ ރާއްޖޭގެ ޕުލްމަން މޯލްޑިވްސް މާމުއްޓާ، މާކިއުއާ މޯލްޑިވްސް ކޫއްޑޫ އަދި ރީތި ބީޗް ރިސޯޓަށެވެ. އަދި މަންޒިލުން ލިބެން ހުރި ތަފާތު ހިދުމަތްތަކާއި އުފެއްދުންތައް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އޮންލައިން އާޓިކަލްތަކާއި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ތައިލޭންޑުގެ ބެލުންތެރިންނާ ހިއްސާކުރާނެއެވެ.

މީގެ ސަބަބުން ރާއްޖޭގެ ބްރޭންޑާއިމެދު މި މާކެޓުގައި އޮތް ހޭލުންތެރިކަން އިތުރުވެ، ރާއްޖެ އަކީ އެންމެ މަތީ ދަރަޖައިގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މި ދަތުރުގައި ބައިވެރިވާ މީޑިއާ މެމްބަރުން ތައްޔާރުކުރާ އެކި ކޮންޓެންޓުގެ ޖުމްލަ އިމްޕްރެޝަންސް 6،179،000 އަށް ވުރެ ގިނަވާނެކަމަށް ބެލެވޭ ކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

މި މީޑިއާ ދަތުރަކީ އެމްއެމްޕީއާރުސީއިން ދެކުނުއިރުމަތީ އޭޝިއާއަށް ގެންގުޅޭ މާކެޓިންގ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް މި ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި މާކެޓްކުރުމަށެވެ. ތައިލޭންޑަކީ ރާއްޖެއަށް 38 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. އެމްއެމްޕީއާރުސީއިން މި އަހަރު ދެކުނު އިރުމަތީ އޭޝިއާ އިން އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ބޮޑެތި ޕްލޭންތަކެއް ރާވާފައިވާއިރު، އޭގެ ތެރޭގައި ސިލްސިލާ ކެމްޕޭންތަކާއި ޕްރޮމޯޝަންތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސަރަހައްދުގައި ބާއްވާ މާޓާ 2023، އެޑެކްސް އޯޝަން މިޝަން 2023ފަދަ ބޮޑެތި ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ އަށް ހާއްސަކޮށް މޯލްޑިވްސް ރޯޑްޝޯއެއް ވެސް ހޯސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިޒިޓް މޯލްޑިވްސްރާއްޖޭގެ ފަތުރުވެރިކަންތައިލެންޑް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

25 ނޮވެމްބަރު 2025
މަރުވި ކަމަށް ނިންމާ ހަށިގަނޑު އަންދާލަން ސަންދޯކުގައި ގެންދިޔަ ދުވަސްވީ އަންހެނަކު ހަރަކާތް ކުރަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި
09 ނޮވެމްބަރު 2025

ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި

09 ނޮވެމްބަރު 2025
ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި
29 އޮކްޓޯބަރު 2025

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރައްވައިފި

29 އޮކްޓޯބަރު 2025
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރައްވައިފި
25 އޮކްޓޯބަރު 2025

އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ

25 އޮކްޓޯބަރު 2025
އުމުރުފުޅުން 93 އަހަރުގައި ތައިލެންޑުގެ ކުރީގެ ރާނީ ސިރިކިތު އަވަހާރަ ވެއްޖެ
09 ސެޕްޓެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި

09 ސެޕްޓެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލަށްލާން ހުކުމް ކޮށްފި
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
05 ސެޕްޓެމްބަރު 2025

ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި

05 ސެޕްޓެމްބަރު 2025
ދެ އަހަރު ތެރޭ ތައިލެންޑްގެ ތިންވަނަ ބޮޑުވަޒީރު އިއުލާނު ކޮށްފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
16 ޖުލައި 2025

މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

16 ޖުލައި 2025
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް