Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

މުޙައްމަދު އުމަރު މަނިކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ އިސް މޭސްތިރިންގެ ތެރެއިން އެއް ބޭފުޅާ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 17:05
ރާއްޖޭގެ އިގްތިޞާދު މުޅިން ބަދަލު ކޮށްލި ސިނާއަތް ކަމަށްވާ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކޮށް، އެ ސިނާއަތް ތަރައްގީ ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ 30/08/2025 ގައި އަވަހާރަވެފަ

ރާއްޖޭގެ އިގްތިޞާދު މުޅިން ބަދަލު ކޮށްލި ސިނާއަތް ކަމަށްވާ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކޮށް، އެ ސިނާއަތް ތަރައްގީ ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ 30/08/2025 ގައި އަވަހާރަވެފަ

ޔުނިވަރސަލް އެންޓަރޕްރައިޒަސްގެ ނަން އަޑުނާހާ ދިވެއްސަކު ނުހުންނާނެއެވެ. އެއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭ އެންމެ ބޮޑު އަދި އެންމެ ގިނަދުވަސްވީ އެއް ކުންފުންޏެވެ. ކޮލިގޭ މުހައްމަދު އުމަރު މަނިކުގެ ނަން އަޑުނާހާ ދިވެއްސަކު ވެސް ނުހުންނާނެއެވެ. އެއީ ޔުނިވަރސަލް އެންޓަރޕްރައިޒަސް އުފެދުނީއްސުރެ މިހާތަނަށްވެސް އެ ކުންފުނީގެ ޗެއަރމަނެވެ. ޔުނިވަރސަލް ކުންފުންޏަކީ ކޮލިގޭ އާއިލާގެ އަމިއްލަ ވިޔަފާރިއެކެވެ. އެ ވިޔަފާރިއާއި އެ ކުންފުނީގައި ޝާމިލްވާ ވެރީންނަކީ ކޮލިގޭ އާއިލާގެ މެންބަރުންނެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ނުފޫޒުގަދަ އާއިލާއަކީ ދެބަސްވެވެން ނެތްފަދައިން ކޮލިގޭ އާއިލާއެވެ.

މުހައްމަދު އުމަރު މަނިކަކީ ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމާއި މިހިސާބަށް އެ ސިނާއަތު ގެނައުމުގެ މަސައްކަތުގެ އެންމެ އިސް މޭސްތިރިންގެ ތެރެއިން އެއްބޭފުޅެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ އެންމެ އިސް ޖަމިއްޔާ ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީ ވުޖޫދުވެގެން އައުމަށްފަހު އެ ޖަމިއްޔާގެ ޗެއަރމަންކަން ހަޔާތުގެ އެންމެ ފަހު ދުވަހާ ޖެހެންދެން ކުރެއްވި ބޭފުޅަކީވެސް މުހައްމަދު އުމަރު މަނިކެވެ. މުހައްމަދު އުމަރު މަނިކު ވަނީ މަޓީގެ ޗެއަރމަންގެ މަގާމުގައި 42 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާ، ރާއްޖޭގެ ޓޫރިޒަމަށް އަގު ނުކުރެވޭފަދަ ޚިދުމަތް ތަކެއް ކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހުރިހައި ގޮތަކުންވެސް މުހައްމަދު އުމަރު މަނިކާ ވަނީ ގުޅިފައެވެ. އެ ސިނާއަތުގެ އެންމެ ދުވަސްވީ އެންމެ އުސް އަދި އެންމެ ވަރުގަދަ ތަނބަކަށްވެސް ވެފައިވަނީ މުހައްމަދު އުމަރު މަނިކެވެ. ރާއްޖޭގެ ގިނަ ބަޔަކަށް އެނގި ދަސްވެފައިވާ ނަމުންނަމަ ކޮލި މޮހޮދޭއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އެމްޔޫ މަނިކެވެ. އެކަމަކު މަދުބަޔަކަށް ނޫނީ މުހައްމަދު އުމަރު މަނިކާމެދު އެނގިފައިނުވާ ކަންތައްތަކެއް ހުރެއެވެ. ކިޔަވައި ވިދާޅުވި ދާއިރާއެވެ. ސަރުކާރުގައި އަދާކުރެއްވި ވަޒީފާއެވެ. ފަތުރުވެރިކަމާއި ގުޅުމެއްނެތް ޝައުގުވެރިކަމުގެ ދާއިރާއެވެ. ފަތުރުވެރިކަމާ ގުޅުމެއް ނެތް މިޒާތުގެ އަދިވެސް ކިތަންމެ ކަމެކެވެ.

މުހައްމަދު އުމަރު މަނިކު ނިސްބަތްވެވަޑައިގަންނަވާ އާއިލާއަކީ ވަރަށް ކުރީއްސުރެވެސް މާލޭގެ އެންމެ ތަނަވަސް އެއް އާއިލާއެވެ. ކޮލިގޭ އުމަރު މަނިކަކީ ރައީސް އަމީނުގެ ދައުރުގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާއެވެ. މުހައްމަދު އުމަރު މަނިކުގެ ބޭބޭފުޅު އަލީ އުމަރު މަނިކަކީ ރައީސް ނާސިރުގެ ދައުރުގައި ރާއްޖޭގެ ހުރިހައި ސިނާއަތެއް ބައްޓަން ކުރައްވައި ކޮޅަށް ޖެހުމުގެ އެންމެ އިސް ހިކުމަތްތެރިޔާއެވެ. މުޅި ދެކުނު އޭޝިއާއަށް ބެލި ކަމުގައިވިޔަސް އެންމެ ކުޅަދާނަ ޝިޕިން ޓައިކޫނެވެ. އެހެންކަމުން އެ އާއިލާގެ ހަގަށް ތިއްބެވި ބޭފުޅުން ހިމެނިވަޑައިގެންނެވީ ރާއްޖެއިން ބޭރުގެ އެކި ޔުނިވަރސިޓީތަކުގައި ތައުލީމް ހާސިލް ކުރައްވަން ފުރުސަތު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައެވެ. މިގޮތުން މުހައްމަދު އުމަރު މަނިކަކީވެސް ޔުނިވަރސިޓީ ގްރޭޖުއޭޓެކެވެ. ދަނޑުވެރިކަމާ ބެހޭ އިލްމުގެ ދާއިރާއިން އެންމެ ފުރަތަމަ ޑިގްރީއެއް ހާސިލް ކުރި ދިވެއްސަކީ މުހައްމަދު އުމަރު މަނިކެވެ.

މުހައްމަދު އުމަރު މަނިކު ސަރުކާރުގައި ވަޒީފާ އަދާކުރެއްވީ ވެސް އިލްމާއި ތަމްރީނު ހޯއްދެވި ދާއިރާގައެވެ. ދަނޑުވެރިކަމުގެ ދާއިރާގައެވެ. ފަތުރުވެރިކަމުގެ ސިނާއަތު ބައްޓަންކުރައްވައި އެ ވިޔަފާރީގައި ކުރިއަށް ވަޑައިގެންނެވިއިރުވެސް މުހައްމަދު އުމަރު މަނިކަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ވެރިއެކެވެ. ސަރުކާރުގެ ރަސްމީ ހައިސިއްޔަތުން ކުރައްވަމުން ގެންދެވީ ދަނޑުވެރިކަން ޒަމާނީކޮށް ފުޅާކުރެއްވުމުގެ މަސައްކަތެވެ. ގިނަ ދުވަހު ހުންނެވީ އެ މިނިސްޓްރީގެ ނާއިބު ކަމުގައެވެ. އެހެންގޮތަކަށް ދަންނަވަންޏާ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. ރައީސް މައުމޫނުގެ ދައުރުގެ މެދުތެރޭގައި ސަރުކާރުން އަމިއްލަފުޅަށް ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އެކްޓިން މިނިސްޓަރުގެ މަގާމުގައެވެ. މުހައްމަދު އުމަރު މަނިކަކީ ދިވެހި ސަރުކާރަށް 19 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ގައުމީ ޚިދުމަތްތެރިއެކެވެ.

ސަރުކާރުން ރިޓަޔަރ ކުރެއްވުމަށްފަހު ފުލް ޓައިމްކޮށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރެއްވިއަސް އަބަދުވެސް މުހައްމަދު އުމަރު މަނިކުގެ ޝައުގުވެރިކަން ދަނޑުވެރިކަމުގެ ދާއިރާއަށް އޮތެވެ. އެ ޝައުގުވެރިކަމަށް ބަދަލެއް ނާދެއެވެ.

ދިވެހިރާއްޖެއަށް 1972 ގައި ފަތުރުވެރިކަން ތައާރަފުވީ ކިޔަވައި ވިދާޅުވެގެން މުހައްމަދު އުމަރު މަނިކު އެނބުރި ރާއްޖެ ވަޑައިގެންނެވިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. އައު ސިނާއަތު ކުރިއަރުވައި ފުޅާކުރުމަށްޓަކައި އަތުކުރި އޮޅާލި މަދު ދިވެހި ޒުވާނުންގެ ތެރެއިން އެއްބޭފުޅަކީ މުހައްމަދު އުމަރު މަނިކެވެ. އަނެއް ބޭފުޅަކީ ކެރަފާ އަހުމަދު ނަސީމެވެ. ދެން ޗަމްޕާ ހުސައިން އަފީފެވެ. ރާއްޖޭގެ ފުރަތަމަ ރިސޯޓު ކަމަށްވާ ވިހަމަނާފުށި ތަރައްގީ ކުރުމުގައި މިދެންނެވުނު ބޭފުޅުންގެ ތެރެއިންވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ މުހައްމަދު އުމަރު މަނިކެވެ. ވިހަމަނާފުއްޓަކީ މިހާރު އެންމެންނަށް ކުރުނބާ މޯލްޑިވްސްގެ ނަމުން މަޝްހޫރުވެފައިވާ ރިސޯޓެވެ. ހުޅުލޭ އެއަރޕޯޓާ އެންމެ ގާތުގައި އޮންނަ ރިސޯޓެވެ.

ނަސީމް (ކ) އެމްޔޫ މަނިކް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަފީފް: ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި މިސިނާއަތުގެ ބާނީންގެ އަގުވަޒަން ކުރި
ނަސީމް (ކ) އެމްޔޫ މަނިކް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަފީފް: ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި މިސިނާއަތުގެ ބާނީންގެ އަގުވަޒަން ކުރި

ރާއްޖޭގައި ކަމުގެ ތަޖުރިބާކާރުން ނެތުމާއެކު އެވަގުތެއްގައި ކުރާންޖެހުނު ކޮންމެ ކަމެއް މުހައްމަދު އުމަރު މަނިކު ކުރެއްވިއެވެ. ކެއްކުމުން ފެށިގެން ވޭޓަރުކަން ވެސް ހިމެނޭ ގޮތުންނެވެ. ރިޔަލު ދޯނީގައި މާލެއިން ސަޕްލައި ގެންދިޔުންވެސް ހިމެނޭ ގޮތުންނެވެ. އެދުވަސްވަރު ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ މުއައްސިސުން ފަރުދީ ފެންވަރުގައި ވެވަޑައިގެންނެވި ގުރުބާނީއަކީ މިއަދުގެ ޒުވާނުންނަށް ވިސްނާލަންވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ.

މުހައްމަދު އުމަރު މަނިކު ވަނީ ސަރުކާރުގެ އެކި ކުންފުނިތަކުގެ ޗެއާމަންކަމާއި، ބޯޑް މެމްބަރުކަންވެސް ކުރައްވާފައެވެ. އެންމެ ފާހަގަކޮށްލެވެނީ 2013 އިން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަން ކުރެއްވުމެވެ. ރާއްޖޭގެ އެންމެ ބޮޑު ކުންފުނީގެ އިސްވެރިޔަކަށް އޭނާ ހުންނެވި ދުވަސްވަރަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގެވި އަހަރުތަކެވެ. އޭގެ ތެރޭގައި ރަންވޭ، ޕެސެންޖާ ޓާމިނަލް، ސީޕްލޭން ޓާމިނަލް ތަރައްގީކުރުން ހިމެނެ އެވެ. އޭނާ ވަނީ އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމާއި، މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑް މެމްބަރުކަން ވެސް ކުރައްވާފަ އެވެ.

މުހައްމަދު އުމަރު މަނިކަކީ އިޖުތިމާއީ ރޮނގުން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން 2004 ގެ ސުނާމީގައި ހާލުގައި ޖެހުނު ރަށްރަށަށް ސާފު ބޯފެން ފޮނުވުމާއި، އައިޖީއެމްއެޗްގައި ޑައިލަލިސް މެޝިނެއް ބަހައްޓައިދީ އެކަމަށް މީހުން ތަމްރީންކޮށްދިނުން ފާހަގަކޮށްލެވެ އެވެ. އަދި ޔުނިވާސަލް ފައުންޑޭޝަން މެދުވެރިކޮށް ވަރަށް ގިނަ ޑޮކްޓަރުން ތަމްރީންކޮށްފައިވެ އެވެ.

މުޙަންމަދު ޢުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ޝަރަފުވެރި ކަމުގެ އިނާމު އަދި މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ލިބިވަޑައިގެންފަ
މުޙަންމަދު ޢުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ޝަރަފުވެރި ކަމުގެ އިނާމު އަދި މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ލިބިވަޑައިގެންފަ

މުޙަންމަދު ޢުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިރޮނގުން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އޭގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ.

މުޙައްމަދު ޢުމަރު މަނިކުގެ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ، 2011 ވަނަ އަހަރު ދިވެހި ދައުލަތުން އެމަނިކުފާނަށް ވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުވާފައެވެ. މި ނިޝާން އަރުވާފައިވަނީ ދިވެހި ދައުލަތަށާއި، ޤައުމާއި ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މިއަދު މުހައްދު އުމަރު މަނިކު އަޅުގަނޑުމެންނާ އަބަދުގެ އަބަދަށް ވަކިވެފައި ވިޔަސް، އަމަނިކުފާނު މިގައުމަށް ކޮށްދީފައިވާ އިންގިލާބީ ހިދުމަތްތަކުގެ ސަބަބުން އެމަނިކުފާނުގެ ޒިކުރާ މިދިވެހި ގައުމުގައި ތާއަބަދައް ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އުމުރުފުޅުން 78 އަހަރު ފުޅުގައި ސިންގަޕޫރުގެ މައުންޓް އެލިޒެބަތް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މުހައްމަދު އުމަރު މަނިކު އަވަހާރަވެފައި ވާއިރު، އަނބިކަނބަލަކާއި ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު އަމީން ދީދީ ވިދާޅުވެފައި އޮންނަނީ ވަރަށް ބޮޑު ތެދުފުޅެކެވެ

"ދާދި އަވަހަށް ނެތި ފަނާވިޔަކަސް، އަގެއް ނެތް ޖިސްމުތައް، ތާއަބަދު ދެމި ހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ"

މުހައްމަދު އުމަރުމަނިކުޔުނިވަރސަލް އެންޓަރޕްރައިސަސްކޮލިގޭ އާއިލާމަޓީރާއްޖޭގެ ފަތުރުވެރިކަންއެމްއޭސީއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު