Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުހައްމަދު އުމަރުމަނިކު

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

މުހައްމަދު އުމަރު މަނިކު އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 15:26
ރާއްޖޭގެ އިގްތިޞާދު މުޅިން ބަދަލު ކޮށްލި ސިނާއަތް ކަމަށްވާ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކޮށް، އެ ސިނާއަތް ތަރައްގީ ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ 30/08/2025 ގައި އަވަހާރަވެފަ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައްޕަ ކަމުގައި ގިނަ ބަޔަކު ފާހަގަކުރާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވާލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި އަވަހާރަވި އެމްޔޫ މަނިކަކީ، ރާއްޖޭގެ ފަތުރުވެރިކަން ތަޢާރަފްކޮށް ތަރައްޤީ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ފަރާތެވެ. އުމުރުން 78 އަހަރުގައި އަވަހާރަވި އިރު، އެމަނިކުފާނު ވަނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން އެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައެވެ.

Advertisement - newsAdvertisement

މަޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އަވަހާރަވި އިރު އެ އެސޯސިއޭޝަންގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި އެމްޔޫ މަނިކުގެ ހަނދާނުގައި ހުޅުވާލާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު ސެޕްޓެމްބަރު 7 އިން 14 އަށް ހުޅުވާލެވިފައިވާކަމުގައެވެ.

ދަފްތަރުގައި ސޮއިކުރެވޭނީ މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގގެ ހަތަރުވަނަ ފަންގިފިލާގައެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށް ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މަޓީން މައުލޫމާތު ދީފައިވެއެވެ.

އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އަވަހާރަވި، މުޙަންމަދު ޢުމަރު މަނިކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި މިރޮނގުން ޝަރަފުވެރި ކަމުގެ އިނާމު 2002 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އޭގެއިތުރުން، މިނިވަން 25ގެ ޢާންމު ޚިދްމަތުގެ އިނާމުވެސް ވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައެވެ.

މުޙައްމަދު ޢުމަރު މަނިކުގެ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ، 2011 ވަނަ އަހަރު ދިވެހި ދައުލަތުން އެމަނިކުފާނަށް ވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުވާފައެވެ. މި ނިޝާން އަރުވާފައިވަނީ ދިވެހި ދައުލަތަށާއި، ޤައުމާއި ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އެމްޔޫ މަނިކު ކުރެއްވި އަގުހުރި މަސައްކަތްތަކާއި، ދިވެހި އިޤްތިޞާދަށް ގެނެސްދެއްވި ކުރިއެރުންތައް ފާހަގަކޮށް، ގިނަ ފަރާތްތަކުން ވަނީ އެމަނިކުފާނުގެ ހަނދާނަށް ތައުޒިޔާ ރައްދުކޮށްފައެވެ.

މުހައްމަދު އުމަރުމަނިކުމޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ މައުންޓް އެލިޒަބަތް ހޮސްޕިޓަލްސިންގަޕޫރުރާއްޖޭގެ ފަތުރުވެރިކަންނިޝާން މުލީގޭ ޝަރަފް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

04 ޑިސެމްބަރު 2025
އެމްޔޫ މަނިކު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރި ނުކުރި ސަބަބު ސަރުކާރުން ހާމައެއްނުކުރި

އެމްޔޫ މަނިކު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރި ނުކުރި ސަބަބު ސަރުކާރުން ހާމައެއްނުކުރި

02 ސެޕްޓެމްބަރު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު