Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގައުމީ ވޮލީ ޓީމް

ގައުމުގެ ޝަރަފަށް ގައުމީ ވޮލީ ޓީމް ފުރިހަމައަށް ތައްޔާރުވެއްޖެ

އަންހެން ޓީމާއި ފިރިހެން ޓީމުގެ އަމާޒަކީ ވެސް ތަށި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 02:36
ގައުމީ ވޮލީ ޓީމުތަކުގެ ކުޅުންތެރިން ޔޫތު މިނިސްޓަރު މަހުލޫފް (މ) އާއެކު: ފޯނޭޝަންސް ކަޕަށް ވަނީ ތައްޔާރުވެފައި

ގައުމީ ވޮލީ ޓީމުތަކުގެ ކުޅުންތެރިން ޔޫތު މިނިސްޓަރު މަހުލޫފް (މ) އާއެކު: ފޯނޭޝަންސް ކަޕަށް ވަނީ ތައްޔާރުވެފައި

ފޯ ނޭޝަނަސް ކަޕް ވޮލީބޯޅަ މުބާރާތް މިއަދު ފަށާނެ އެވެ. މުބާރާތަށް ދިވެހިރާއްޖޭގެ ދެ ޖިންސުގެ ޓީމު ވެސް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. މުބާރާތުގެ ކުރިން ސައޫދީ އަރަބިއާ އާއި ތައިލެންޑްގައި ފަރިތަކޮށް އަންހެން ޓީމާއި ފިރިހެން ޓީމުގެ ކޯޗުގެ ނަޒަރުގައި ވެސް މި ދެ ޓީމު ވެސް މިހާރު ވަނީ ތައްޓަށް އަމާޒު ހިފާފަ އެވެ.

މި މުބާރާތުގައި ރާއްޖެއާއެކު ފިރިހެން ބައިގައި ވާދަކުރަނީ އަފްޣށނިސްތާނާއި މެލޭޝިޔާ އަދި ސިންގަޕޫރެވެ. އަންހެން ބައިގައި އަފްޣާނިސްތާން ނުލައި އަނެއް ތިން ގައުމެވެ.

މުބާރާތުގެ ކުރިން ގައުމީ އަންހެން ޓީމުގެ ކޯޗު އިބްރާހީމް ނިޒާރެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދައި ދިވެހި ވޮލީގެ އެންމެ ފުންނާބު އުސް އެއް ނަމެއެވެ. ނިޒާރު ބުނީ ގައުމީ ކޯޗުކަން ލިބުނު ހިސާބުން ފެށިގެން ކުޅުންތެރިންނަށް ވިސްނައިދެމުން އައީ ރަންމެޑެއްޔަށް ކަމަށެވެ.

އޭނާ ބުނީ ސައޫދީ އަރަބިއާގައި ފެންވަރު ރަނގަޅު މެޗުތަކެއް ނުލިބުނަސް ތައިލެންޑްގައި ކުޅެން ލިބުނު މެޗުތަކާއެކު ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ރަނގަޅު ތަމްރީނާއި ތަޖުރިބާތަކެއް ހާސިލްކުރެވިފައިވާ ކަމަށެވެ. މިހެންވެ މުބާރާތަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

ގައުމީ އަންހެން ޓީމާ ހިލާފަށް ފިރިހެން ޓީމަށް ވާދަވެރި ގިނަ މެޗުތަކެއް ކުޅެން ލިބުނެވެ. ސައޫދީ އަރަބިއާގައި ކުޅެން ލިބުނު ހަ މެޗާއި ތައިލެންޑްގައި އެ ގައުމުގެ ގައުމީ ޓީމާއެކު ކުޅުނު މެޗު ފިރިހެން ޓީމުގެ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ފާހަގަ ކުރެ އެވެ.

އޭނާ އަދި ބުނީ ކޮންމެ މެޗެއްގައި ވެސް މޮޅުވުމަށް ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.

މުބާރާތުގެ ކުރިން ޔޫތު މިނިސްޓްރީ އާއި ވޮލީބޯޅަ އެސޯސިއޭޝަން ގުޅިގެން އިއްޔެ ވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ ރޫހު އާލާކުރުމަށް ރާއްޖޭގެ ކުޅަދާނަ މޯޓިވޭޝަނަލް ސްޕީކާ އަދި ލީޑާޝިޕް ކޯޗު އަފީފް ހުސެއިންގެ ހާއްސަ ސެޝަނެއް ވެސް ބާއްވައިފަ އެވެ.

ކުޅިވަރުވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައުމީ ވޮލީބޯޅަ ޓީމު

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު