Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމު

ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި "ގެދޮރުވެރިންގެ ކޮމިޓީ" އުފައްދައިފި

ކޮމިޓީގެ ޗެއަރޕަރސަން އަކީ އަކްރަމް ކަމާލުއްދީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ފެބުރުއަރީ 2023 | ބުދަ 08:59
ކޮމިޓީގެ ފުރަތަމަ ބައްދަލުވުން 21 ފެބްރުއަރީ 2023 ގައި ވަނީ ބާއްވާފައި

ކޮމިޓީގެ ފުރަތަމަ ބައްދަލުވުން 21 ފެބްރުއަރީ 2023 ގައި ވަނީ ބާއްވާފައި

ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ގެދޮރުވެރިންގެ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދާފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

މިއީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

މި ކޮމިޓީގައި 5 މެންބަރުން ތިއްބަވައެވެ. އެގޮތުން ކޮމިޓީގެ ޗެއަރޕަރސަން އަކީ އަކްރަމް ކަމާލުއްދީންއެވެ. ކޯ-ޗެއަރޕަރސަންއަކީ އަލްއުސްތާޛު އަނަސް އަބްދުއްސައްތާރުއެވެ.

މެންބަރުންގެ ގޮތުގައި މަރިޔަމް ނާޒިމާ އާއި (މއ. އެރިޒޯނާ) އައިޝަތު ރަޝީދާ (ހ. ރެޖީނާ ހައުސް) އަދި މުހައްމަދު އާރިފް (ހއ. އިހަވަންދޫ ނެދުންގެ) ހިމެނިވަޑައިގަންނަވައެވެ.

ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ފަސް މެންބަރުން ހިމެނޭ މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން 21 ފެބްރުއަރީ 2023 ގައި ވަނީ ބާއްވާފައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގޮދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމާއި، މާލޭ ރައްޔިތުންނާއި މާލޭގައި 15 އަހަރަށްވުރެ ގިނަ ދުވަހު އުޅެފައިވާ ފަރާތްތަކަށް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުވާލި 4000 ފުލެޓަށް އެދި ގިނަ ބަޔަކު ކުރިމަތިލާފައިވެއެވެ.

ގެދޮރުވެރިންމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި މާލެއަށް ވަންނާނެ: ރައީސް މުއިއްޒު

15 ނޮވެމްބަރު 2025
ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި މާލެއަށް ވަންނާނެ: ރައީސް މުއިއްޒު
02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
25 ޖެނުއަރީ 2025

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަން. މިކަން ހައްލުކުރުމަށް ސަރުކާރުން އެއްބާރުލުމެއް ނުދޭ: އާޒިމް

25 ޖެނުއަރީ 2025
މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަން. މިކަން ހައްލުކުރުމަށް ސަރުކާރުން އެއްބާރުލުމެއް ނުދޭ: އާޒިމް
09 މެއި 2024

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

09 މެއި 2024
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި
04 ފެބުރުއަރީ 2024

ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް

04 ފެބުރުއަރީ 2024
ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް
05 ޑިސެމްބަރު 2023

ގެޒެޓު ލިސްޓުގައި ނަން އޮވެއްޖެނަމަ، ގޯތި އަދި ފުލެޓުވެސް ލިބޭނެ - ރައީސް

05 ޑިސެމްބަރު 2023
ގެޒެޓު ލިސްޓުގައި ނަން އޮވެއްޖެނަމަ، ގޯތި އަދި ފުލެޓުވެސް ލިބޭނެ - ރައީސް
21 ނޮވެމްބަރު 2023

ހުޅުމާލެ އަދި ގުޅިފަޅުން ދީފައިވާ ގޯތިތައް އެ ތަންތަނުން ލިބޭނެ ކަމާމެދު ސުވާލު އުފެދިއްޖެ!

21 ނޮވެމްބަރު 2023
ހުޅުމާލެ އަދި ގުޅިފަޅުން ދީފައިވާ ގޯތިތައް އެ ތަންތަނުން ލިބޭނެ ކަމާމެދު ސުވާލު އުފެދިއްޖެ!
05 ނޮވެމްބަރު 2023

ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ

05 ނޮވެމްބަރު 2023
ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ
04 ނޮވެމްބަރު 2023

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

04 ނޮވެމްބަރު 2023
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
26 އޮކްޓޯބަރު 2023

އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި

26 އޮކްޓޯބަރު 2023
އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު