Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓު ލިބުނު ގިނަ ބަޔަކު އުނިކުރުން

ފްލެޓު ލިބުނު ގިނަ ބަޔަކު އުނިކުރި މައްސަލާގައި ގިނަ ބަޔަކު މިނިސްޓްރީއަށް، އާއްމުންގެ ސުވާލުތަކަށް ޖަވާބެއް ނުދެވޭ

3 މާރިޗު 2025 | ހޯމަ 12:18

ޝަކުވާ ހުށަހަޅަން ފުރުސަތު ދިންއިރު، ސާބިތުކޮށްދޭން ފުރުސަތު ދީފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 މާރިޗު 2025 | ހޯމަ 12:18
ފްލެޓް ލިސްޓު ނެރުނު ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ހައުސިން މިނިސްޓްރީ އަށް އާއްމުން އެއްވެ އަޑު އުފުލަނީ

ފްލެޓް ލިސްޓު ނެރުނު ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ހައުސިން މިނިސްޓްރީ އަށް އާއްމުން އެއްވެ އަޑު އުފުލަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބުނު ގިނަ ބަޔަކު އުނިކުރުމުން ނުރުހުން ފާޅުކޮށް، އެތައް ބަޔަކު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއަށް އެއްވެ ނުރުހުންފާޅުކޮށްފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު ގިނަ އަަދަދެއްގެ އާއްމު ރައްޔިތުން ވަނީ މިނިސްޓްރީއަށް އެއްވެފައެވެ.

Advertisement - newsAdvertisement

ފްލެޓުގެ މައްސަލާގައި ސަރުކާރުން އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި، ކުރިން ޝަރުތު ހަމަވި ގިނަ ބަޔަކު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި، ލިސްޓް އާއްމުކޮށްފައިވަނީ ކޮން އުސޫލަކުންކަން ސާފުކޮށް ދިނުމަށް އެމީހުން ވަނީ ގޮވާލާފައެވެ.

މިމައްސަލައާ ގުޅިގެން އެއްވި މީހުން ބުނެފައިވަނީ ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ޖަވާބުދާރީވާންޖެހޭ ކަމަށާއި، ބައްދަލުކޮށް ދިނުމަށް އެދުނު ނަމަވެސް ފުރުސަތު ދީފައިނުވާ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމަށް އެއް މަސްދީފައިވާއިރު، ޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށް އެއްވެސް ލިޔެކިއުމެއް ހުށަނޭޅޭގޮތް ހަދާފައިވާ ކަމަށާއި، މިއުސޫލު ދެކޮޅު ނުޖެހޭ ކަމަށް އެމީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ބައެއް މީހުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވަނީ ދަރިންގެ ބައިން ޕޮއިންޓު މަދު ކުރުމަށްފަހު ކަމަށާއި، އެއުސޫލު ވެސް ސާފުކޮށްދިނުމަށް އެދިފައިވެއެވެ.

މިއީ ރޯދަ މަހާ ދިމާކޮށް ދިން އިތުރު މާޔޫސް ކަމެއް. އަޅުގަނޑުމެން މަޑުކުރިން 12:30 ވަންދެން. އެކަމަކު އެދެވޭ ޖަވާބެއް ވެސް ނުދެވޭ މިނިސްޓްރީގެ ބޭފުޅުންނަށް. އަޅުގަނޑުމެން މި ބުނަނީ ޖަވާބުދާރީވާން ފުރުސަތު ދޭށޭ އެކަން ސާބިތުކޮށްދެވޭ ގޮތަށް. އެބޭފުޅުން އެބަ ބުނޭ 15 އަހަރު އަހަރުމެން މާލޭގައި ދިރިނުޅޭ. ކުރިން ހުށަހެޅި ލިޔުންތައް ވެސް ބާތިލް. ދެން މިފަހަރު ޖަވާބުދާރީވާން ވެސް ލިޔެލަންވީ 15 އަހަރަށް ވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅުނީމޭ. އެގޮތަށް ކަންތައް ކުރަން އެބޭފުޅުން އެ ވިދާޅުވަނީ. އެހެންވީމަ ކިހިނެތް މިއުސޫލު ހަމަޖެހޭނީ. އަޅުގަނޑުމެން ކުރާ ސުވާލުތަކަށް ވެސް ޖަވާބެއް ނުދެވޭ އެބޭފުޅުންނަށް.
ފްލެޓު މައްސަލާގައި ކަންބޮޑުވުންފާޅު ކުރި އާއްމުންގެ މީހެއް

ސޯޝަލް މިޑީއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ވަގުތީ ހައުސިން މިނިސްޓްރީގެ ރިސެޕްޝަން އޭރިޔާގައި ގިނަ ބަޔަކު މަޑުކޮށްގެން ތިބެއެވެ. އެތަނުގައި ފުލުހުން ވެސް ތިބިއިރު، މިނިސްޓްރީގެ ސިޔާސީ ބޭފުޅެއް، އެމީހުންނަށް ޖަވާބުދެމުން ގެންދާ މަންޒަރު ފެނެއެވެ. އަދި އާއްމު ރައްޔިތުންގެ ޝަކުވާތަކަށް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެބޭފުޅާ ވިދާޅުވެފައިވެއެވެ.

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް އިއުލާނުކުރި ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ފްލެޓު ލިބޭނީ 1,820 މީހުންނަށެވެ. އަދި 3119 މީހުންނަށް ފްލެޓު ނުލިބޭކަން ހާމަކޮށް ލިސްޓް 27 ފެބްރުއަރީ 2025 ގައި ވަނީ އާއްމުކޮށްފައެވެ.

ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތައް ދޫނުކޮށް މިސަރުކާރުން ހިފަހައްޓަމުންދާއިރު، ފްލެޓުތަކުގެ މައްސަލާގައި އާއްމު ރައްޔިތުން މުޒާހަރާ ކުރަމުންދާތާ އަހަރަކަށް ވުރެ ވަނީ ގިނަ ދުވަސްވެފައެވެ. އިންސާފުވެރިކަމާއެކު ފްލެޓު ދޫކުރާނެ ކަމަށާއި، ރީ-އިވެލުއޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކަމަށް ބުނެ ފްލެޓު ލިސްޓު ހިފެހެއްޓި ނަމަވެސް ފްލެޓު ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ވެސް ބަލާފައިނުވެއެވެ. އަދި މިސަރުކާރުން ވަނީ ދެ ކޮޓަރި 8,000 ރުފޔާއަށް, ތިން ކޮޓަރި 10,500 ރުފިޔާއަށް ކުލި ވެސް ބޮޑު ކޮށްފައެވެ. ކުރީ ސަރުކާރުން ކުރި އިއުލާނުގައި އޮތީ ދެ ކޮޓަރި އެޕާޓަމަންޓަކަށް 5,000 ރުފިޔާ އަދި މެއިންޓެނަންސް ފީއަށް 1000 ރުފިޔާއެވެ. އަދި ތިން ކޮޓަރި އެޕާޓްމަންޓަކަށް 7,000 ރުފޔާ އަދި މެއިންޓެނަންސް ފީއަށް 1,000 ރުފިޔާއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް