Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑްރަގް ވިޔަފަރި ކުރުން

ޑްރަގްގެ "ބޮޑު ސޭފް" ގެ ގޮތުގައި ޒުވާނުންނާއި ކުޑަކުދިން: ނޭނގި ހުއްޓައި އުމުރަށް ޖަލަށް!

ޖަލުގައި ޙުކުމް ތަންފީޒުކުރާ ގިނަ މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2023 | ބުދަ 06:49
ޑްރަގްގެ "ބޮޑު ސޭފް" ގެ ގޮތުގައި ޒުވާނުންނާއި ކުޑަކުދިން ދަނީ ބޭނުން ކުރަމުން

ޑްރަގްގެ "ބޮޑު ސޭފް" ގެ ގޮތުގައި ޒުވާނުންނާއި ކުޑަކުދިން ދަނީ ބޭނުން ކުރަމުން

މަސްތުވާތަކެތީގެ ލީޑަރުންނާއި ޑީލަރުން ރާއްޖޭގައިވެސް ދޭތެރެ ދޭތެރެއިން ހައްޔަރުކޮށް، އެފަދަ މީހުންނަށް ދައުވާ އުފުލައި ޝަރީއަތްތައް ކުރިއަށްގެންދާ މަންޒަރު ފެނެއެވެ.

ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެެއިން 70 އިންސައްތައަށްވުރެ ގިނަ މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކުގައި ބަންދުކޮށްފައިވާ މީހުންކަމަށް ދާދި ފަހުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ވިދާޅުވެފައިވެއެވެ.

އޭގެ ތެރެއިން ގިނަ މީހުންނަކީ ނޫކަށިފުރައިގެ ޒުވާނުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ޕެޑެލް ކުރާ މީހުންނާއި، ޓްރެފިކް ކުރާ މީހުންނާއި، ފުޅާ ދާއިރާއެއްގައި އެކަމުގެ ބޮޑުން ގޮތުގައި ފާހަގަވެފައިވާ މީހުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާ ކުރާ އެއް ބަޔަކީ "ޑްރަގް މެއިން ސޭފް" ގޮތުގައި އެ މަސައްކަތުގައި ޙަރަކާތްތެރިވާ މީހުންނެވެ. އޭގެ ތެރޭގައި ގިނައީ އާއިލާގެ އެއްބާރުލުމެއް ނެތި، މާލީ ގޮތުން ކަންކަން ފުއްދޭނެ ގޮތެއް ނެތިފައި ތިބޭ ޒުވާނުންނެވެ. ވަޒީފާގައި އުޅޭ މީހުންވެސް މިކަމުގައި ޝާމިލުވާ މިންވަރު ދަނީ އިތުރުވަމުންނެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ "މެއިން ސޭފް" އޭ ބުނެ އުޅެނީ އެ ތަކެތި ރައްކާތެރި ގޮތުގައި އެމީހެއްގެ ބެލުމުގެ ދަށުގައި ބަހައްޓައިދޭ މީހާއަށެވެ.

އެފަދަ މީހުންނަކީ ބަލާ ބެލުމަށް ކުށުގެ ރެކޯޑެއް ނޯންނަ، ފުލުހުންގެ "ރާޑަރަށްވެސް" މާ ބޮޑަށް ފާހަގަނުވާ، މުޖުތަމައުގައި އުޅޭ އާދައިގެ މީހުންނެވެ. ނުވަތަ ކުޑަކުދިންނެވެ. އެމީހުން މި މަސައްކަތުގެ ތެރެއަށް ވަންނަނީ ފައިސާގެ ބޭނުމުގައެވެ.

ގިނަ ފަހަރު އެފަދަ މީހަކު ހައްޔަރު ކުރާއިރުވެސް، އަތުލައިގަންނަ މަސްތުވާތަކެއްޗަކީ އެމީހާގެ އެއްޗެއް ނޫންކަން ފުލުހުންނަށްވެސް އެނގެއެވެ. ނަމަވެސް ޤާނޫނުގެ ބާރުގަދަ އަތްދަށުން އެ ޙާލަތުގައި އެމީހާއަށްވެސް ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެއެވެ. އެމީހަކު އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހެއެވެ. ގިނަ ފަހަރު އެކަން ނިމިގެންދަނީ އުމުރު ދުވަހުގެ ޖަލު ޙުކުމަކުންނެވެ. އެތައް މިލިއަން ރުފިޔާއެއްގެ ޖޫރިމަނާއަކުންނެވެ.

މިފަހުންވެސް އެފަދަ އެތައް މައްސަލައެއްގައި މީހުން ހައްޔަރުކޮށްފައިވެއެވެ.

ގިނަ ފަހަރު މިކަމުގައި އުޅެނީ ޅަ ކުދިންނެވެ. އެ ކުދިންނަށް ޤާނޫނުގައި އެފަދަ ކުށްތަަކަށް އޮންނަ ބޮޑު އަދަބެއް ނޭނގެއެވެ. މި ކުރެވެނީ ކިހާ ނުރައްކާތެރި، އަދި ބޮޑު ކުށެއްކަން އެނގޭއިރު އޮންނަން ޖެހެނީ ބޮޑު ޙުކުމަކާއިއެކު ޖަލުގައެވެ.

ދެން އޮތީ 18 އަހަރު ނުފުރޭ ކުޑަ ކުދިންގެ ވާހަކައެވެ. މި މަސައްކަތުގައި އެންމެ ބޮޑަށް، އެންމެ ފުޅާ ދާއިރާއެއްގައި ޝާމިލުކުރަނީ ކުޑަކުދިންނެވެ. ސަބަބުތައްވެސް ބައިވަރެވެ. ކުޑަ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، ޤާނޫނުން ލިއްބައިދޭ ލުއިތަކެއް ހުރެއެވެ. ނަމަވެސް ޅަ އުމުރު ހޭދަކުރަންޖެހެނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައެވެ.

ކުޑަކުދިންގެ ލޮލުގައި ގިނަ ފަހަރު އެޅުވިފައި ހުންނަ އަނދުނަކީ "ދޭ އާރ ދަ މޭން" ކަމަށެވެ. މިދެވެނީ ގޭންގުތަކާއި ޑްރަގް ނެޓްވޯކްތަކުގެ ލިޑަރޝިޕާ ހަރުފަތަކާ ގާތަށް ކަމަށެވެ. އަދި އެއީ މޮޅުކަމެއް ކަމަށެވެ. ކުޑަކުދިން ވާވައްދަނީ އެފަދަ ކަންކަމުގައި މަޝްހޫރު މީހުންގެ ނަމުން ނަން ހަރުކޮށްދީގެންނެވެ. ހައްތަހާވެސް އެ ވިޔަފާރި ކުރާ މީހުންގެ އަމިއްލަ ފައިދާއަށެވެ.

މިކަންކަމަކީ މުޖުތަމައުގެ ހުރިހާ ފަރާތްތަކުންވެސް ހޭލުންތެރިވެ، ލޯ ހުޅުވަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ޒުވާން ޖީލެއް މި ވަބާގެ ތެރޭގައި ހަލާކުވެގެންދާއިރު، ޒިންމާ ނަގާނެ ފަރާތެއް ނުހުރެއެވެ.

ބެލެނިވެރިންވެސް ދަރިން އުޅޭ ނޫޅޭގޮތާއި، ގެންގުޅޭ ތަކެއްޗާއި، ފައިސާ ހޯދާ ގޮތްތައް މިހާރަށްވުރެ ގާތުން ބަލަން ޖެހެއެވެ. ދޫދީގެން ތިބުމުން އެ ކުދިންގެ އަތުގައި ހިފަނީ ކުށުގެ ވެއްޓަށް އެކުދިން ދަމައިގަންނަ އަތްތަކެކެވެ. ހައްޔަރުވުމުން އެޅިގެންދާ ޤާނޫނީ ކަސްތޮޅުން ހިމާޔަތްކޮށްދޭން ބެލެނިވެރިން ކުރަންޖެހެނީ ހީވެސް ނުކުރާވަރުގެ ބޮޑު ޚަރަދެކެވެ.

މުއައްސަސާތަކާއި، ތަންފީޒީ އިދާރާތަކުންވެސް މިކަމަށް އިތުރަށް ހޭލުންތެރިވާން ޖެހެއެވެ.

މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސްކުޑަ ކުދިން

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު