Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބައްޝާރުލް އަސަދު އޮމާންއަށް ވަޑައިގަތުން

ސީރިޔާގެ ރައީސް އޮމާންއަށް ވަޑައިގެންފި

އޮމާންއަކީ ސީރިޔާއާއެކު ޑިޕްލޮމެޓިކް ގުޅުން ދަމަހައްޓާ މަދު އަރަބި ގައުމުތަކުގެ ތެރެއިން އެއް ގައުމު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2023 | އަންގާރަ 17:16
އަސަދާއި އޮމާންގެ ސުލްތާން

އަސަދާއި އޮމާންގެ ސުލްތާން

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ރަސްމީ ދަތުރުފުޅެއްގައި އޮމާންއަށް ވަޑައިގެންފިއެވެ. މިއީ ފެބްރުއަރީ 6ވަނަ ދުވަހު ސީރިޔާއަށާއި ތުރުކީއަށް ބިންހެލުން އައި ފަހުން ބައްޝާރުލް އަސަދު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

"އެރެބް ސްޕްރިންގ" އޭކިއުނު މުޒާހަރާތައް ސީރިޔާގައިވެސް ކުރިޔަށް ދިޔައިރު، މުޒާހަރާތަކާ ދެކޮޅަށް ސީރިޔާ ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާތީ 2011 ވަނަ އަހަރު ސީރިޔާ އަރަބި ލީގުން ސަސްޕެންޑްކުރުމަށްފަހު ވެސް ސީރިޔާއާއެކު އާދައިގެ ގުޅުންތައް ދަމަހައްޓާފައިވާ މަދު އަރަބި ގައުމުތަކުގެ ތެރޭގައި އޮމާން ހިމެނެއެވެ.

އަސަދުގެ އޮފީހުން ބުނެފައިވާގޮތުގައި އޮމާނުން ބައްޝާރުލް އަސަދަށް މަރުހަބާ ވިދާޅުވެފައިވަނީ ލީޑަރ، ސުލްތާން ހައިތަމް ބިން ތާރިގެވެ. އަދި އިތުރަށް ބުނެފައިވާގޮތުގައި އޮމާނުން ގެންގުޅޭ އެހެން ގައުމުތަކުގެ ޒާތީ މައްސަލަތަކާ ނުބެހުމުގެ ޕޮލިސީއަށް ރައީސް އަސަދު ވަނީ ތައުރީފްކުރައްވާފައެވެ. މީގެ އިތުރުން އަރަބި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމަށްޓަކައި އޮމާންފަދަ ގައުމުތަކުގެ ދައުރު މުހިންމުކަމަށް ވިދާޅުވެފައިވާ ކަމަށްވެސް އަސަދުގެ އޮފީހުން ބުނެފައިވެއެވެ.

ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ބައްޝާރުލް އަސަދު ވަނީ ރަޝިޔާ، އީރާން، އަދި ޔުނައިޓަޑް އެރެބް އެމިރޭޓްސްއަށް ޒިޔާރަތްކުރައްވާފައެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމާ ގުޅިގެން އަސަދުގެ ސަރުކާރާ ގުޅުން ކަނޑާލާފައިވާ އަރަބި ގައުމުތަކުގެ ތެރެއިން ޔޫއޭއީގެ ފޮރިން މިނިސްޓަރ އަބްދުﷲ ބިން ޒައިދު އާލް ނަހްޔާން ވަނީ، ބިންހެލުން އައުމަށްފަހު ރައީސް އަސަދާ ބައްދަލުކުރައްވާފައެވެ. އަދި އެހެން ބައެއް ގައުމުތަކުން ވަނީ އެހީގެ ތަކެތި ފޮނުވާފައެވެ. މީގެ ތެރޭގައި ސައޫދީ އަރަބިއްޔާ އަދި މިސްރު ހިމެނެއެވެ.

އުރުދުންގެ ޚާރިޖީ ވަޒީރުވެސް މިދިޔަ ހަފުތާގައި ދިމިޝްގަށް ޒިޔާރަތްކުރައްވައި ރައީސް އަސަދާ ބައްދަލުކުރައްވާފައި ވެއެވެ. މިއީ ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނުފަހުން އުރުދުންގެ އިސް ބޭފުޅަކު އެގައުމަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ.

2020 ވަނަ އަހަރު، 8 އަހަރުގެ މެދުކެނޑުމަކަށްފަހު އޮމާނުން ވަނީ ސީރިޔާއަށް އެމްބެސެޑަރު އަނބުރާ ފޮނުވާފައެވެ.   

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު